ދިވެހިރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ، މިއަދުން ފެށިގެން ކުރިއަށް އޮތް ބުދަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށް ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން އިލްތިމާސްކޮށްފިއެވެ.
މެޓް އޮފީހުން މައުލޫމާތު ދިން ގޮތުގައި، މި މަހުގެ 11 ވަނަ ދުވަހާ ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު، ގުގުރައި އަދި ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވެއެވެ. އަދި ވިއްސާރަ ދިގުލައިގެން ދިއުމާއި ވާރޭ ބޯވުމުގެ ސަބަބުން ބައެއް ރަށްރަށުގައި ފެންބޮޑުވުމުގެ ފުރުސަތު އޮތް ކަމަށް ވެސް އެ އިދާރާއިން ފާހަގަކުރެއެވެ. އެހެންކަމުން، މޫސުމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު އަބަދުވެސް ހޯދައި، ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފައެވެ.
ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސުން ލަފާކުރާ ގޮތް ހާމަކުރަމުން އެ އިދާރާއިން ބުނީ، އުތުރާއި މެދުރާއްޖެތެރޭގެ އެކި ސަރަހައްދުތަކަށް ގުގުރުމާއެކު ވާރޭވެހޭނެ ކަމަށެވެ. ވައިގެ ބާރުމިނަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި އަދި މެދުރާއްޖެތެރެއާއި އުތުރުގެ ސަރަހައްދުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. މީގެއިތުރުން ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުމަކީ އެކަށީގެންވާ ކަމެކެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ވެސް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވަނީ ބޯކޮށް ވާރޭވެހިފައެވެ. މެޓް އޮފީހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެންމެ ގިނައިން ވާރޭވެހިފައިވަނީ ގދ. ފަރެސްމާތޮޑާއަށެވެ. އެ ރަށަށް 104.4 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ދެވަނައަށް އެންމެ ބޯކޮށް ވާރޭވެހުނު ގދ. ކާޑެއްދޫއަށް ވަނީ 63 މިލިމީޓަރުގެ ވާރޭ ރެކޯޑުކުރެވިފައެވެ.
މޫސުން ގޯސްވާ މި ދަނޑިވަޅުގައި ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުންނާއި، ފެންބޮޑުވެ ގެއްލުން ލިބިދާނެ ފަދަ ތަންތަނުގައި ދިރިއުޅޭ ފަރާތްތަކުން ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ ނުހަނު މުހިންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު