ކްރިސްޓިއާނޯ ރޮނާލްޑޯ: ދުނިޔޭގެ ފުޓްބޯޅައިގެ ތާރީޚު ދުށް އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ
ކްރިސްޓިއާނޯ ރޮނާލްޑޯ: ދުނިޔޭގެ ފުޓްބޯޅައިގެ ތާރީޚު ދުށް އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ
ޕޯޗުގަލްގެ ފުޓުބޯޅަ ލެޖެންޑް ކްރިސްޓިއާނޯ ރޮނާލްޑޯ، ޤައުމީ ޓީމަށް ކުޅުން ހުއްޓާލައި ބައިނަލްއަޤްވާމީ ފުޓުބޯޅައިން ރިޓަޔަރކުރިކަން ރަސްމީކޮށް އިޢުލާނުކޮށްފިއެވެ.

އުމުރުން 41 އަހަރުގެ ތަޖުރިބާކާރު ފޯވާޑް ޤައުމީ ޓީމާ ވަކިވާން ނިންމިކަން ހާމަކުރީ، މީސްމީޑިއާ މެދުވެރިކޮށް ޢާންމުކުރި ޚާއްޞަ ވީޑިއޯ މެސެޖެއްގައެވެ.

2003 ވަނަ އަހަރު ޤައުމީ ޓީމުން ފުރަތަމަ ފަހަރަށް ފުރުޞަތު ހޯދި ރޮނާލްޑޯ ވަނީ، ވޭތުވެދިޔަ 23 އަހަރު ދުވަހުގެ ތެރޭގައި ޕޯޗުގަލްގެ ޤައުމީ ޖާޒީގައި 234 މެޗު ކުޅެ، 146 ލަނޑު ކާމިޔާބުކޮށްދީފައެވެ. މިއީ ބައިނަލްއަޤްވާމީ ފިރިހެން ފުޓުބޯޅައިގެ ތާރީޚުގައި ވެސް އެންމެ ގިނަ މެޗު ކުޅުމާއި، އެންމެ ގިނަ ލަނޑު ޖެހުމުގެ ދުނިޔޭގެ ރެކޯޑެވެ.

ރޮނާލްޑޯގެ ކެޕްޓަންކަމުގެ ދަށުން ޕޯޗުގަލްއިން ވަނީ އެ ޤައުމުގެ ފުޓުބޯޅަ ތާރީޚުގައި ފުރަތަމަ ފަހަރަށް ބޮޑު މުބާރާތެއްގެ ތަށި އުފުލާލައި، 2016 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބުކޮށްފައެވެ. މީގެއިތުރުން 2019 އަދި 2025 ވަނަ އަހަރުގެ ޔޫއެފާ ނޭޝަންސް ލީގު ޕޯޗުގަލްއިން ކާމިޔާބުކުރީ ވެސް އޭނާގެ މޮޅު ލީޑަރޝިޕްގެ ދަށުންނެވެ.

ޤައުމީ ޓީމުގެ މަޝްހޫރު 7 ނަންބަރު ޖާޒީގައި ފީފާ ވޯލްޑް ކަޕްގެ 6 މުބާރާތެއްގައި ވާދަކޮށް، ކޮންމެ މުބާރާތެއްގައި ވެސް ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ތާރީޚީ ޝަރަފު ވެސް ޙާޞިލުކޮށްފައިވަނީ ރޮނާލްޑޯއެވެ.

ބައިނަލްއަޤްވާމީ ފުޓުބޯޅައިން ވަކިވި ނަމަވެސް، ކްލަބް ފެންވަރުގައި ރޮނާލްޑޯ އަދިވެސް ފެންނާނީ ސަޢޫދީ ޢަރަބިއްޔާގެ އަލް ނަޞްރުގެ ޖާޒީގައެވެ. އެ ކްލަބާއެކު އޭނާގެ ކުޅުން ކުރިއަށް ގެންދާނެ ކަމަށް ވަނީ ހާމަކޮށްފައެވެ.





ކިޔުންތެރިންގެ ހިޔާލު