އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މަގާމު އަދާލަތު ޕާޓީއަށް ދިނުމަށް އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.
މީޑިއާއަކަށް މައުލޫމާތު ދެއްވަމުން ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވީ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މަގާމު އަދާލަތު ޕާޓީއަށް ދިނުމަށް އެއްވެސް މަޝްވަރާއެއް ހިނގަމުން ނުދާ ކަމަށެވެ. އަދި ކެބިނެޓްގެ މަގާމުތަކަކީ ގާނޫނީ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން އައްޔަނުކުރައްވާ މަގާމުތަކަކަށް ވާތީ، އެކަމުގައި އެހެން ފަރާތްތަކާ އެކު މަޝްވަރާކުރަންޖެހޭ ސަބަބެއް ނެތްކަމަށް ވެސް ރައީސް އޮފީހުގެ ތަރުޖަމާނު ފާހަގަކުރެއްވި އެވެ. މީގެއިތުރުން، ޕީއެންސީން ސިޔާސީ އެހެން ޕާޓީތަކާއެކު ކުރާ މަޝްވަރާތަކަކީ ސީދާ ސަރުކާރުގެ ރަސްމީ ކަންކަމުގެ ތެރެއިން ހިންގާ ކަންކަން ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މުންދު މިހެން ވިދާޅުވެފައި މިވަނީ، 2028 ގެ ރިޔާސީ އިންތިޚާބަށް ޕީއެންސީއާއެކު ކޯލިޝަން ހަދައި ރައީސް މުޢިއްޒަށް ތާއީދުކުރުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ގަރާރެއް ފާސްކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. ހަމައެއާއެކު، ރަސްމާލެ މަޝްރޫޢާ ގުޅިގެން މިހާރުގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު އިސްތިއުފާ ދެއްވަން އުޅުއްވާ ކަމަށް ބުނެ އަޑުތަކެއް ފެތުރިފައިވީ ނަމަވެސް، އެ މަޝްރޫޢާ ގުޅޭގޮތުން ޑރ. ޝަހީމް މިހާތަނަށް މީޑިއާގައި ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު