ދިވެހިރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކޮށް، ރަށްތަކުގެ ފެހިކަން އިތުރުކުރުމަށް ސަރުކާރުން އިސްނަގައިގެން ފަށާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން، މިހާތަނަށް 2.55 މިލިއަނަށްވުރެ ގިނަ ގަސް އިންދައި އަމާޒުގެ ބޮޑުބައެއް ހާސިލުކޮށްފިއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް މުޅި ރާއްޖޭގައި ޖުމްލަ 2,556,340 ގަސް ވަނީ އިންދާފައެވެ. މިއީ މުޅި މަޝްރޫޢުގެ ދަށުން އިންދުމަށް ކަނޑައެޅިފައިވާ ޢަދަދުގެ ދެބައިކުޅަ އެއްބަޔަށްވުރެ ވެސް އިތުރު އަދަދެކެވެ. މި މަޝްރޫޢުގެ ޖުމްލަ ލަނޑުދަނޑިއަކީ 6،343،562 ގަސް އިންދުން ކަމަށްވާއިރު، މި ލަނޑުދަނޑި ފުރިހަމަކުރުމަށް ދެން އިންދަން ޖެހެނީ 3.7 މިލިއަން ގަހެވެ.
ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ނެތެމުންދާ ގަސްގަހާގެހި އަލުން އާލާކުރުމުގެ މުހިންމު ބޭނުމުގައި މި ބިޔަ މަޝްރޫޢު ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. އެމަނިކުފާނު މި ޕްރޮގްރާމް ފައްޓަވައިދެއްވީ މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަސް ކަމުގައިވާ ޖޫން މަހުގެ 5 ވަނަ ދުވަހުއެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް މިހާތަނަށް ފެށުނު ތިމާވެށީގެ އެންމެ ބޮޑު އަދި އެންމެ ފުޅާ ހަރަކާތެވެ.
މި ޤައުމީ ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދަނީ ވަރަށް ބޮޑު އެއްބާރުލުމެއް ދެމުންނެވެ. އެގޮތުން މިހާތަނަށް އެންމެ ގިނަ ގަސް އިންދާފައިވަނީ ރޯޒްވުޑް އިންނެވެ. އެ ފަރާތުން 1.47 މިލިއަން ގަސް އިންދާފައިވެއެވެ. މީގެއިތުރުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކުރެ ކޮންމެ ކުންފުންޏަކުން އެއް މިލިއަން ގަސް އިންދާފައިވާއިރު، އެސްޑީއެމް ފާމުން 750،000 ގަސް އަދި ސްޓެލްކޯއިން ވަނީ 500،000 ގަސް އިންދާފައެވެ.
މި މަޝްރޫޢަކީ ދެމެހެއްޓެނިވި ގޮތެއްގައި ބާރަށް ކުރިއަށްދާ ޕްރޮގްރާމަކަށް ހެދުމުގެ ގޮތުން، ގަސް އާލާކުރާނެ ނާސަރީތައް ބިނާކުރުމަށް ރާއްޖޭގެ 10 ރަށަކަށް ސަރުކާރުން މިހާރު ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ހުޅުމާލޭގައި ޒަމާނީ ފެންވަރުގެ ޚާއްޞަ 'ގްރީން ނާސަރީ' އެއް ޤާއިމުކުރުމުގެ މަސައްކަތްވެސް ތިމާވެއްޓާ ބެހޭ ވުޒާރާއިން މިހާރު އަންނަނީ ހަލުވިކަމާއެކު ކުރަމުންނެވެ.
މި މަސައްކަތުގައި ރަށްރަށުގެ ކައުންސިލްތަކާއި، މަދަރުސާތަކާއި، ޓޫރިސްޓް ރިސޯޓުތަކުގެ އިތުރުން މަދަނީ ޖަމްޢިއްޔާތަކާއި ބޭރު ޤައުމުތަކުގެ އެމްބަސީތަކުންވެސް ފާހަގަކޮށްލެވޭ ފަދަ ބައިވެރިވުމެއް ދަނީ ދައްކަމުންނެވެ. އަދި ރާއްޖޭގެ އަވައްޓެރި ޤައުމުތައް ކަމަށްވާ އިންޑިއާ، ބަންގްލަދޭޝް އަދި ޕާކިސްތާނުންވެސް ވަނީ މި ޕްރޮގްރާމަށް އެކި ބާވަތުގެ ގަހާއި ގަހުގެ މުޑުވަށް ހަދިޔާކޮށް، ދިވެހިރާއްޖޭގެ ފެހިކަން އިތުރުކުރުމުގެ މި ދަތުރުގައި އަގުހުރި އެހީތެރިކަމެއް ފޯރުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު