ގޭމް އޮފް ތްރޯންސްގެ ތަރި ކްރިސްޓޮފަރ ހިވްޔޫ
ގޭމް އޮފް ތްރޯންސްގެ ތަރި ކްރިސްޓޮފަރ ހިވްޔޫ
ގޭމް އޮފް ތްރޯންސްގެ ތަރި ކްރިސްޓޮފަރ ހިވްޔޫ އާއި އޭނާގެ އަންހެނުން، ގްރީ މޮލްވޭރް ހިވްޔޫ ކޯވިޑް-19 އިން ސަލާމަތްވެފައިވާ ކަމަށާއި، މިހާރު ހާލު ރަނގަޅުކަމަށް އޭނާ ބުނެފިއެވެ.

ގޭމް އޮފް ތްރޯންސްގެ "ޓޯރމަންޑް" ގެ ރޯލުން ފެނިގެންދިޔަ ނޯރވީޖިއާގެ އެކްޓަރ، ހިވްޔޫ ރޭގައި އޭނާގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އޭނާއާއި އޭނާގެ އަންހެނުން އެތައް ހަފުތާއަކު ބަލިވެ އުޅުމަށްފަހު މިހާރު މުޅިން ރަނގަޅުވެފައިވާކަމަށެވެ.

ހިވްޔޫއާއި އޭނާގެ އަންހެނުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ މީގެ 4 ހަފްތާ ކުރިންނެވެ. ޕޮޒިޓިވްވުމަށްފަހު ކަރަންޓީނުވެފައިވާކަމަށާއި، އެދެމަފިރިންގެ ގައިން ފެނުނީ ވަރަށް އާދައިގެ އަލާމާތްތަކެއްކަން ފާހަގަކޮށް ހިވްޔޫ ބުނީ އެއީ އެމީހުންގެ ނަސީބުކަމަށެވެ.

ހިވްޔޫގެ ސްޓޭޓަސްގައި އޭނާވަނީ އިޖުތިމާޢީ ގައިދުރުކުރުމަށް އެންމެންނަށް ނަސޭހަތްތެރިވެ، ސައިބޯނިލައިގެން ގިނަގިނައިން އަތްދޮވުމަށްވެސް އިރުޝާދުދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން