ރާއްޖޭގައި ފުޅާދާއިރާއެއްގައި ލަޤްޒަރީ ޔޮޓާއި ލޯންޗު ބަނުމުގެ ވިޔަފާރިކުރާ ޔޫއޭއީގެ ގަލްފު ކްރާފްޓް މޯލްޑިވްސްއިން، ރާއްޖޭގައި ބިޔަ އިންވެސްޓްމަންޓެއް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ގަލްފް ކްރާފްޓް މޯލްޑިވްސްއިން މާލެ އަތޮޅު ފަޅެއް ހިއްކައިގެން ތަރައްޤީކުރާ "ގަލްފް ލެގޫން" މަޝްރޫޢަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ހަވާލުކުރުމަށް ގަލްފް ކްރާފްޓް މޯލްޑިވްސްއިން އިއްޔެ ވަނީ ރާއްޖޭގެ އެސްއޭއެސްއީ ކޮންސްޓްރަކްޝަން ކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ތިލަފުށީގައި ހުންނަ ގަލްފް ކްރާފްޓް މޯލްޑިވްސްގެ ބޯޓުޔާޑުގައި އޮތް ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި އެސްއޭއެސްއީ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސައުދުﷲ އަހުމަދުއެވެ. ގަލްފް ކްރާފްޓް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗެެއަރމަން އަދި ޔޫއޭއީގެ ކުރީގެ ފޮރިން މިނިސްޓަރ މުހައްމަދު ހުސެއިން އަލްޝާލީއެވެ.

މާލެ އަތޮޅު ފަޅެއް ހިއްކައިގެން ކުރިއަށްގެންދާ މިމަޝްރޫޢަށް ގާތްގަނޑަކަށް 300 މިލިއަން ޑޮލަރާއި 400 މިލިއަން ޑޮލަރު ޚަރަދުކުރާއިރު، މި މަޝްރޫއުގެ ދަށުން އަށް ރަށެއް ހިއްކާނެއެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި އެކުންފުންޏަށް ދީފައިވާ ފަޅުގައި ފަށާ މިމަޝްރޫޢުގެ ތެރޭގައި 4 ރިސޯޓެއްވެސް ހިމެނެއެވެ. އަދި ގަލްފް ކްރާފްޓުން ބޯޓު ބަންނަ ހާއްސަ ފެކްޓްރީއެއް އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކުރާއިރު، ސަފާރީތަކާއި ޔޮޓު ތަކަށް ހާއްސަ ބަނދަރެއް ތަރައްޤީކުރާނެއެވެ. މީގެއިތުރުން ޒުވާނުން ބޯޓިންގ ދާއިރާއިން ތަމްރީން ކުރުމަށް މެރިޓައިމް ސްކޫލެއްވެސް ބިނާކުރަން ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން