އިދިކޮޅު ކޯލިޝަންގެ ސްޓިއަރިންގ ކޮމިޓީގެ އިންތިޚާބު ކުރިޔަށް ދަނީ
އިދިކޮޅު ކޯލިޝަންގެ ސްޓިއަރިންގ ކޮމިޓީގެ އިންތިޚާބު ކުރިޔަށް ދަނީ
އިދިކޮޅު ކޯލިޝަންގެ ސްޓިއަރިން ކޮމިޓީތަކުގެ އިންތިޚާބު މިއަދު ބާއްވައިފި އެވެ.

އެގޮތުން މިއަދު ކުރިއަށް ގެންގޮސްފައިވަނީ 18 ކޮމިޓީއެއްގެ އިންތިހާބުކަމަށާއި، އޭގެ ތެރޭގައި ރަށްރަށުގެ ކޮމެޓީތަކާއި މާލޭގެ 2 އަވަށަކާއި، ވިލިމާލެއާއި ހުޅުމާލޭގެ އިންތިޚާބު ހިމެނޭ ކަަމަށް އިދިކޮޅު ކޯލިޝަނުން މަޢުލޫމާތު ދެއްވައެވެ. މާލޭގައި މިއަދު ހަވީރު 6 ޖެހުމާ ހަމައަށް ކުރިއަށް ގެންދިޔަ އިންތިޚާބުގައި ވޯޓުލުން ކުރިޔަށް ގެންދިޔައީ ޢިއްޒުއްދީން ސުކޫލުގަ އެވެ.

އިދިކޮޅު ކޯލިޝަންގެ ސްޓިއަރިންގް ކޮމެޓީތަކުގެ އިންތިހާބުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 1100 އަށްވުރެ ގިނަ ކެނޑިޑޭޓުން ވާދަ ކުރެއެވެ. އެގޮތުން ރަށުގެ އާބާދީގެ ނިސްބަތުން 7 މެމްބަރުންނާއި 9 މެމްބަރުން އަދި 11 މެމްބަރުން ހިމެނޭ ގޮތުން ކޮމިޓީތައް އެކުލަވާލާއިރު އަންހެނުންނަށާއި ޒުވާނުންނަށް ޚާއްސަ ސްލޮޓެއް ވެސް މި ކޮމެޓީތަކުގައި ކަނޑައަޅާފައިވެއެވެ.

މި އިންތިޚާބުގައި 1100 ކެނޑިޑޭޓުން ވާދަކުރި ނަމަވެސް މިއަދު އިންތިޚާބު ބާއްވާފައި ނުވާ ދާއިރާތަކަކީ ކަނޑައެޅިފައިވާ އަދަދަށް މެމްބަރުން ކުރިމަތިލާފައިވާ ދާއިރާތައް ކަމަށާއި، މި ކޮމިޓީތަކުގެ ބޭނުމަކީ އެ ކޯލިޝަނުގެ ހަރަކާތްތައް ރަށްރަށުގައި އިތުރަށް ފުޅާކޮށް ވަރުގަދަ ކުރުން ކަމަށް އެ ކޯލިޝަނުން މަޢުލޫމާތު ދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން