ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުއްﷲ
ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުއްﷲ
ސަރުކާރަށް ދެ އަހަރު ވީއިރު ރައްޔިތުން ބިކަވެއްޖެ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއް ރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރަށް ދެއަހަރު ފުރުމާ ގުޅިގެން އެކަން ފާހަގަ ކުރަށްވައި ކުރެއްވި ޓްވީޓެއްގައި އަދުރޭ ވިދާޅުވީ، ސަރުކާރަށް 2 އަހަރުވީ އިރު ގައުމު ބަނގުރޫޓުވެ ރައްޔިތުން ބިކަވެއްޖެ ކަމަށެވެ. އަދި ޒުވާނުން މަގުމަތި ވެއްޖެ ކަމަށާއި، މިނިވަންކަން ގެއްލި އަޅުވެތިވެފައިވާ ކަމަށް އަބްދުއް ރަޙީމް ވިދާޅުވިއެވެ.

އަބްދުއްރަޙީމް އިތުރަށް ވިދާޅުވީ، މި ސަރުކާރުން ލާދީނިއްޔަތަށް މަގު ފަހިކޮށްފި ކަމަށާއި، ޢަދުލު އިންޞާފު ގެއްލި، އަނިޔާވެރިކަން ޢާންމުވެއްޖެ ކަމަށެވެ. އަދި ވައްކަން އިންތިހާއަށް ހިނގައްޖެ ކަމަށް އަބްދުއް ރަހީމް ވިދާޅުވިއެވެ.

އަދުރޭ މިގޮތަށް ވިދާޅުވެފައިވާއިރު ސަރުކާރުން މަޖިލީހަށް ހުށައެޅި 34.7 ބިލިއަން ރުފިޔާގެ ބަޖެޓަކީ ފާސްކުރަން ހެޔޮވާވަރުގެ ބަޖެޓެއް ނޫން ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ. ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށައެޅި ބަޖެޓަކީ 15.5 ބިލިއަން ރުފިޔާ އިން ޑެފިސިޓް ބަޖެޓެކެވެ.

ސަރުކާރަށް ދެއަހަރު ވުމުން ލިބުނު ކާމިޔާބީތަކަށް އިދިކޮޅުން ދިނީ އެފް ރިޕޯޓެކެވެ. މިކަމާ ގުޅިގެން އިޤްތިޞާދީ ވަޒީރު ވިދާޅުވީ އިދިކޮޅުން ސަރުކާރަށް ސީ ރިޕޯޓެއް ދިން ނަމަ އެކަމާ ވިސްނަން ޖެހުނީސް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން