މިފްކޯއިން ވިއްކާ ތަކެތި މާލެއާއި ހުޅުމާލެއަށް ޑެލިވާކޮށްދޭން ފަށައިފިއެވެ.
މިފްކޯއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުން މިފްކޯގެ އުފެއްދުންތައް ގަތުމަށް 3351002 ނަންބަރު ފޯނަށް ގުޅުމަށް. އަދި މާލޭގައި ދިރިއުޅޭ ރައްޔިތުންނާއި، ގޭދޮށު ފިހާރަތައް ހިންގާ އަދި ހޯލްސޭލް ކުރާ ފަރާތްތަކުން މިފްކޯގެ ތަކެތި ގަތުމަށް ގުޅާނީ 3335533 ނަންބަރު ފޯނަށެވެ.
މިފްކޯގެ ދެ އައުޓްލެޓެއް މާލޭގައި ހުންނައިރު ހުޅުމާލޭގައިވެސް އެކުންފުނީގެ އައުޓްލެޓެއް ހުރެއެވެ.
ކޯވިޑް-19 އަށް މާލެއިން މިއަދު މީހަކު ޕޮޒިޓިވްވުމާއެކު ބަލީގެ ނުރައްކާތެރިކަން ވަނީ ބޮޑުވެފައެވެ. އަދި ކޮންމެހެން ނުކުންނަން ޖެހިގެން ނޫނީ ގެއިން ނުނިކުތުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން ސިއްހީ މާހިރުން އަންނަނީ އިޖުތިމާއީ ގައިދުރުކަމަށް އަމަލުކުރުމަށާއި ތޮއްޖެހިފައިވާ ތަންތަނަށް ނުދިޔުމަށް ކެނޑިނޭޅި އިލްތިމާސްކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު