މާލެއިން ބައްޔަށް ޕޮޒިޓިވްވި މީހުން ވޭތުވެދިޔަ ފަސް ދުވަހުގެ ތެރޭގައި ގިނަ ތަންތަނަށް ޒިޔާރަތްކޮށްފައިވާ ކަމަށާއި އެމީހުންނާ ކޮންޓެކްޓް ފަރާތްތައް ހޯދުމަށް ކުރާ މަސައްކަތުގައި ތެދު މައުލޫމާދު ދިނުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.

މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މާލެއިން ބަލިޖެހުނު މީހުންނާ ސީދާ ކޮންޓެކްޓް ވެފައިވާތީ ހައިރިސްކް ކޮންޓެކްޓްސްގެ ގޮތުގައި 75 މީހުން އެކަހެރި ކޮށްފައިވާ ކަމަށެވެ.

މިއަދުގެ ނޫސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އެޗްޕީއޭއިން ބުނީ މާލެއިން ޕޮޒިޓިވް ވި މީހުންނާ ކޮންޓެކްޓް ވެފައިވާ 207 މީހުން ފާހަގަ ކުރެވިފައިވުމީ ކޯވިޑް-19 އާއި ގުޅިގެން އެޗްޕީއޭއިން ދީފައިވާ ލަފަޔާ އިރުޝާދަށް ރައްޔިތުން ބޯނުލަނބާ ވަރު ދޭހަވާ ކަމެއް ކަމުގައެވެ. ވޭތުވެދިޔަ ފަސް ވަރަކަށް ދުވަހުގެ ތެރޭގައި މާލެއިން ޕޮޒިޓިވް ވި މީހުން ވަރަށް ގިނަ ތަންތަނަށް ޒިޔާރަތްކޮށްފައިވާކަން ފާހަގަ ކުރެވިފައިވާ ކަމުގައި އެޗްޕީއޭއިން ބުނެފައި ވެއެވެ. ގޭގައި މަޑުކޮށްގެން ތިބެން އަންގާފައިވީ ނަމަވެސް އެއްވެސް ވަރަކަށް ގޭގައި މަޑު ނުކޮށް ޕާޓީ ބޭއްވުމާއި ދަތުރު ދިއުމާއި ގޭގެއަށް ވިޒިޓްކޮށް ރައްޓެހިންނަށް ވިޒިޓްކޮށް ހަދާފައިވާކަން މަބްރޫކް ފާހަގަކުރައްވާފައިވެއެވެ.

ޕޮޒިޓިވް ވި މީހުންނާއި ކޮންޓެކްޓްވި މީހުންނާ ގުޅޭ ހައި ރިސްކް އަދި މީޑިއަމް ރިސްކް ހުރިހާ އެންމެން އެކަހެރި ކުރުމަށް ނިންމާފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖޭގައި ކޯވިޑް-19އަށް ޓެސްޓް ކުރަން ބޭނުންކުރާ ނިޒާމަކީ އެންމެ ޔަގީންކަން ބޮޑު އެއް ނިޒާމު ކަމުގައި މަބްރޫކް ވިދާޅުވިއެވެ. މިވަގުތު ވާވަރަށް ޓެސްޓް ކިޓް އެބަހުރި ކަމަށާއި ޗައިނާއިން ހަދިޔާ ކޮށްފައިވާ ޓެސްޓް ކިޓާ ޖެކް މާ ގެ ހަދިޔާގައި ހިމެނޭ ޓެސްޓްކިޓްތައްވެސް ވަރަށް އަވަހަށް ރާއްޖެ ގެނެވޭނެ ކަމަށް ލަފާ ކުރެވޭ ކަމުގައި މަބްރޫކް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ދަންނަވަނީ ގެއިން ބޭރަށް ނުނުކުންނަވާށޭ. ޕާޓީ ނުބާއްވާށޭ، މަސްދަތުރު ނުދާށޭ. އެގޮތަށް ކަންކަން ނުކުރީމަ މިހާ ގިނަ ކޮންޓެކްޓް ޓްރޭސިންއަށް ދާން މިޖެހުނީ." ބައްޔަށް ޕޮޒިޓިވްވި މީހުން ވޭތުވެދިޔަ ފަސް ދުވަހުގެ ތެރޭގައި އެމީހުންގެ ހަރަކާތްތައް ހުރި ގޮތް ސިފަ ކުރައްވަމުން މަބްރޫކް ވިދާޅުވިއެވެ.

މާލެއިން ޕޮޒިޓިވް ވި މީހާ ނުފެނިއްޖެ ނަމަ ބެލެވޭނީ ކޮމިއުނިޓީ ސްޕްރެޑެއްގެ ގޮތުގައި ކަމަށާއި މިހާރު ކުރަމުން މިދާ މައިގަނޑު މަސައްކަތަކީ އެފަރާތް ދެނެގަތުމަށް ކުރެވޭ މަސައްކަތް ކަމުގައި އެޗްޕީއޭއިން ބުނެފައި ވެއެވެ. މުހިންމު ކަމަކީ ޕޮޒިޓިވް ވި މީހުންނަށް ބަލި ޖެހުނު ގޮތް ހޯދުން ކަމުގައި އެޗްޕީއޭއިން ބުނެފައިވޭ.

ތަފުސީލް އަންނަނީ..



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން