މަޝްހޫރު އެމޭޒަން ކުންފުނީގެ ފައުންޑަރ އަދި ސީއީއޯ ޖެފް ބޭޒޯސްގެ ޕްރައިވެޓް ޔޮޓް ރާއްޖެއައިސްފިއެވެ.
400 މިލިއަން ޑޮލަރުގެ "ފްލައިންގ ފޮކްސް" ނަމަކަށް ކިޔާ މިޔޮޓަކީ ދުނިޔޭގެ އެންމެ އަގުބޮޑު ޔޮޓެވެ. މި ޔޮޓުގެ ވެރިފަރާތަކީ ދުނިޔޭގެ އެންމެ މުއްސަނދި މީހާ، އެމޭޒަން ކުންފުނީގެ ފައުންޑަރ އަދި ސީއީއޯ ޖެފް ބޭޒޯސްއެވެ.
ހަބަރުތައް ބުނާގޮތުގައި މިޔޮޓް ރާއްޖެއަށް އައިސްފައިވަނީ މީގެ ހަތަރު ދުވަސް ކުރިންނެވެ. އަދި ކުރިއަށް އޮތް ދުވަސް ތަކުގެ ތެރޭގައި ދިވެހި ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަށް ޖެފް ބޭޒޯސް ރާއްޖެ އައުމަށް ހަމަޖެހިފައިވާކަމަށްވެސް ހަބަރުތައް ބުނެއެވެ.
ބޮޑުމިނުގައި 136 މީޓަރު ހުންނަ މި ޔޮޓު ފަރުމާކޮށްފައިވާގޮތުން، މިޔޮޓުގައި ސްވިމިންގ ޕޫލަކާއި، ސްޕާއަކާއި، ޖިމް އަކާއި، ސިނަމާއަކާއި، ޑައިވް ސެންޓަރެއްގެ އިތުރުން ހެލިކޮޕްޓަރު ޖެއްސުމަށް ދެ ހެލިޕެޑް ހިމެނެއެވެ. މި ޔޮޓުގައި 54 ކްރޫއިން ހަރަކާތްތެރިވާއިރު، ގެސްޓުންގެ ގޮތުގައި 22 މީހުންނަށް ބޭނުންކުރެވޭ ގޮތަށް 11 ކޮޓަރި ހުރެއެވެ.
ކޮވިޑުގެ ބަލިމަޑުކަން ފެތުރުމުގެ ކުރިންވެސް ރާއްޖެއަށް މިޔޮޓް އައިސްފައިވާކަމަށް ހަބަރުތަށް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު