ބަޔަކު ވަޒީފާއާއި ބެހޭ އޮފީހެއްގެ ކައިރީގައި
ބަޔަކު ވަޒީފާއާއި ބެހޭ އޮފީހެއްގެ ކައިރީގައި
ކޯވިޑް-19 އާއި ގުޅިގެން އެމެރިކާއިން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާގުޅިގެން، އެގައުމުގެ 22 މިލިއަން މީހުންގެ ވަޒީފާ ގެއްލިފައިވާކަމަށް ރިޕޯޓުކޮށްފިއެވެ.

ވޮޝިންގްޓަން ޕޯސްޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެމެރިކާއިން ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި ހޯދާފައިވާ ވަޒީފާގެ ކުރިއެރުންތައް ކޯވިޑް-19ގެ ސަބަބުން ވަނީ ނެތިގޮސްފައެވެ. އަދި އެމެރިކާގެ ރައްޔިތުން މިހާރުވަނީ ކާބޯތަކެއްޗަށް ޖެހި ފުޑް ބޭންކުތަކުގެ ބޭރުގައި ސަރުކާރުގެ އެހީހޯދުމަށް ކިޔޫ ހަދާފައެވެ.

އެމެރިކާގެ ލޭބަރ ޑިޕާޓްމަންޓުން މިއަދު ބުނެފައިވާ ގޮތުގައި މިދިޔަ ހަފްތާގައި އެކަނިވެސް 5.2 މިލިއަން މީހުން ވަޒީފާގެއްލިގެން ރިޕޯޓުކޮށްފައިވާއިރު، އޭގެ ކުރީ ހަފްތާގައި 6.6 މިލިއަން މީހުން އަދި އޭގެ ކުރީ ހަފްތާގައި 6.9 މިލިއަން މީހުން ވަޒީފާ ގެއްލިގެން ރިޕޯޓުކޮށްފައިވެއެވެ.

ވޮޝިންގްޓަން ޕޯސްޓުން ބުނީ ފެބްރުއަރީ 2010 އާއި ފެބްރުއަރީ 2020 އާއި ދެމެދު އެމެރިކާއިން އިތުރުކުރި 22.8 މިލިއަން ވަޒީފާ މިހާރު ގެއްލިއްޖެކަމަށެވެ. އަދި މިހާރު ވަޒީފާ ގެއްލިފައިވާ ފަރާތްތަކުން މިއަހަރު ނިމޭއިރުވެސް ތިބޭނީ އެގޮތުގައި ފަޒީފާ ނެތިފައި ކަމަށް އިކޮނޮމިސްޓުން ބުނެއެވެ.

އެމެރިކާއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 650،000 އަށް ވުރެ މައްޗަށް އަރާފައިވާއިރު، އެގައުމުން މަރުވި މީހުންގެ އަދަދުވަނީ 33،000 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން