މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ)
މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ)
ސަރުކާރުގެ ޢަމަލުތައް ހުރީ އެމްޑީޕީގެ ފިކުރާއި އެއްގޮތަށް ނޫން ކަމަށާއި، މިއީ އެމްޑީޕީގެ ފިކުރުނެތް "ވަޅޯ ކޯލިޝަނެއް" ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް 24 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދިޔަ އަބްދުﷲ ސޮފްވަތު ދޫކޮށްލި މައްސަލަ އަށް އިޝާރާތް ކުރަށްވައި ބޮންޑޭ ވިދާޅުވީ ސަރުކާރު ކޯލިޝަންގައި އެމްޑީޕީން ބައިވެރިވީ، ޖަޒީރާ ދިރިއުޅުމުގެ ވަޢުދުތައް ފުއްދައިދިނުމުގެ އުންމީދުގައި ކަމަށެވެ. ނަމަވެސް ސަރުކާރުގެ ތެރެއިން ތަކުރާރުވަމުން ދަނީ އެހެން މަންޒަރުތަކެއް ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

"މިފަދަ ކަންތައްތައް ތަކުރާރުވާނަމަ ކޯލިޝަނެއްގެ ގޮތުގައި އޮތަސް އޮންނާނީ އެމްޑީޕީގެ ފިކުރުނެތް ވަޅޯ ކޯލިޝަނެއް." ބޮންޑޭ ވިދާޅުވިއެވެ.

24 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި 25 އަހަރަށް ޖަލަށް ލާން ހުކުމްކުރި ހ. އެވާޕީސް، ސޮފްވަތު ދޫކޮށްލާފައިވަނީ މިދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހު އެވެ. އަދި އެ މައްސަލާގައި ހައްޔަރުކުރި ގ. ޓްރަސްޓް ހޯމް އިސްމާއީލް މޫސާގެ މައްޗަށް ވެސް އެ މައްސަލައިގައި 25 އަހަރަށް ޖަލަށް ލާން ހުކުމް ކުރި އެވެ. އެނގިފައިވާ ގޮތުގައި، އޭނާ ދޫކޮށްލުމަށް ކުރަން ޖެހޭ ކަންކަން ދަނީ ކުރަމުންނެވެ.

2014 ވަނަ އަހަރު އީރާނުގެ ބޯޓެއްގައި ގެނައި ޑިންގީއެއްގެ ތެރޭގައި ފޮރުވައިގެން އެތެރެ ކުރި އެ މަސްތުވާތަކެތީގެ މައްސަލާގައި 18 މީހަކު ހައްޔަރު ކުރި ނަމަވެސް ހެކި ނެތުމުގެ ސަބަބުން، އިސްމާއިލް އާއި ސޮފްވަތު ފިޔަވައި ބާކީ ތިބި އެންމެންނަށް ދައުވާ ނުކޮށް ވަނީ ދޫކޮށްލައިފަ އެވެ.

މިމައްސަލައިގައި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ 24 ކިލޯގެ މަސްތުވާ ތަކެތި ރާއްޖެ އެތެރެކޮށްގެން 2017 ވަނަ އަހަރު ޖަލަށް ހުކުމް ކުރި މީހަކު މިސަރުކާރުން ދޫކޮށްލީ ކަޑައެޅިގެން ޤާނޫނާ ޚިލާފަށްކަމަށެވެ. މިމައްސަލައިގައި ވަރަށް ގިނަ ބަޔަލު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

މިކަމާ ބެހޭގޮތުން ސަރުކާރުގެ ކަމާބެހޭ އެއްވެސް ފަރާތަކުން އަދި ބަހެއް ނުބުނެއެވެ. ކުޑަކުއްޖަކާއެކު ބަދުއަޚުލާގީ އަމަލެއް ހިންގައިގެން ޖަލަށް ހުކުމް ކޮށްފައި ހުރި މީހަކު ސަލާމަތް ކުރުމަށްފަހުވެސް މި ސަރުކާރުން ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ. މިކަމާ ގުޅިގެން ފަހުން މީޑިއާއަކަށް ދެއްވި ބަސްދީ ގަތުމެއްގައި ރައީސް ޞާލިހުވަނީ އެކަމަކީ އެމަނިކުފާނަށް ވަރަށް ގޯސްކޮށް ކުރެއްވުނު ކަމެއް ކަމަށް ވިދާޅުވެ އެކަމާ މެދު ހިތާމަ ކުރަށްވާ ކަމުގައި ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


1

ކިނބޫ

07-Dec-2020

ތީ ފަކުރު ކޯލިޝަނެއް.


-6

ކަޅުކާޅު

05-Dec-2020

މިހާރު މިއޮތީ ނުބަިވިއްޔާ ވީހާ ކަމަކަށް ތަރުހީބު ދޭ ސަރުކާރެއް, ދީނަށް ފުރައްސާރަކުރި ބައެއް މީހުން މި ސަރުކާރުގެ މަތީ މަގާމު ތަކުގާ ގެންގުޅުމަކީ މިކަމުގެ އަލިގަދަ ދަލީލެއް.



ޓްރެންޑިން