މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)
މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)
މުޖުތަމަޢަށް އޮންނަ ނުރައްކާ ނުފެންނަ މީހުން މަޤާމުން އެކަހެރިކުރަން ޖެހޭ ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ.

އެއް ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި ފަސް މީހެއްގެ ބަންދުގެ މުއްދަތު 9 ވަނަ ފަހަރަށް އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން، އެ މީހުންގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް އޮތް ކަމަށް ނުފެންނަ ކަމަށް ބުނެ ކޯޓުން އެމީހުން ވަނީ ދޫކޮށްލާފައެވެ.

އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވީ، މަސްތުވާތަކެތި އެތެރެކުރި މީހުން ދޫކޮށްލިޔަސް މުޖުތަމައަށް ނުރައްކަލެއް އޮތް ކަމަށް ނުފެންނަ މީހާއަށް ނުރައްކަލެއް އޮތްކަމަށް ފެންނާންދެން މަގާމުން އެކަހެރިކުރާން ޖެހޭނެ ކަމަށެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު 1 ކިލޯގެ މަސްތުވާތަކެއްޗާއެކު ފުލުހުން 7 މީހަކު ހައްޔަރު ކުރިއެވެ. އެމީހުން ކޯޓުން ދޫކޮށްލާފައިވާއިރު، 8 ފަހަރަށް ކޯޓުން އެމީހުންގެ މުއްދަތު އިތުރުކޮށް ދިނުމުންވެސް ފުލުހުންނަށް އެމީހުންގެ މައްސަލައިގެ ތަޙުޤީޤު ނިންމައި ދަޢުވާކުރުމަށް ފޮނުވިފައެއް ނުވެއެވެ.

މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި ހައްޔަރު ކުރެވޭ މީހުންގެ ތަހުގީގު ރަނގަޅަށް ނުހިންގައި އެފަދަ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުންގެ ނާގާބިލުކަމާއި ދޯދިޔާކަން ފާހަގަކޮށް ގިނަ ބަޔަކު އަންނަނީ ފުލުހުންނަށް ފާޑު ކިޔަމުންނެވެ. މިފަދަ މައްސަލަ ތަކުގައި އާންމުންނާއި މަޖިލިސް މެންބަރުންގެ ފާޑުކިއުންތައް އިތުރުވާން ފެށުމުން ފުލުހުން ވަނީ އެއިދާރާގެ މޫނުމަތި ރީތިކުރުމަށްޓާ ޑްރަގްގެ "ޑަމީ" އޮޕަރޭޝަނެއް ވެސް ހިންގާފައެވެ. މިއީ އެ އިދާރާއިން ބޭނުންވާ ގޮތަށް ޚަބަރުތައް ރިޕޯޓްކުރާ ބަޔަކު ގޮވައިގެން ހިންގި ޑްރަގާ ގުޅޭ "ޑަމީ" އޮޕަރޭޝަނެއް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ މީސް މީޑިއާގައި އެ އޮޕަރޭޝަނަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

މީގެ ކުރިން ރާއްޖެއަށް 24 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދިޔަ އަބްދުﷲ ސޮފްވަތު ދޫކޮށްލި މައްސަލަ އަށް އިޝާރާތް ކުރަށްވައި މީގެކުރިން ބޮންޑޭ ވިދާޅުވެފައިވަނީ ސަރުކާރު ކޯލިޝަންގައި އެމްޑީޕީން ބައިވެރިވީ، ޖަޒީރާ ދިރިއުޅުމުގެ ވަޢުދުތައް ފުއްދައިދިނުމުގެ އުންމީދުގައި ކަމަށެވެ. ނަމަވެސް ސަރުކާރުގެ ތެރެއިން ތަކުރާރުވަމުން ދަނީ އެހެން މަންޒަރުތަކެއް ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

2014 ވަނަ އަހަރު އީރާނުގެ ބޯޓެއްގައި ގެނައި ޑިންގީއެއްގެ ތެރޭގައި ފޮރުވައިގެން އެތެރެ ކުރި އެ މަސްތުވާތަކެތީގެ މައްސަލާގައި 18 މީހަކު ހައްޔަރު ކުރި ނަމަވެސް ހެކި ނެތުމުގެ ސަބަބުން، އިސްމާއިލް އާއި ސޮފްވަތު ފިޔަވައި ބާކީ ތިބި އެންމެންނަށް ދައުވާ ނުކޮށް ވަނީ ދޫކޮށްލައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން