ހަނދުގައި ގައުމީ ދިދައެއް ހަރުކުރި ދެ ވަނަ ގައުމުގެ ޝަރަފް ޗައިނާއިން ހޯދައިފިއެވެ.
ވައިރޯޅިއެއް ނެތް ހަނދުގެ ސަތަހައިގައި ޗައިނާގެ ދިދަ ހުރި މަންޒަރުގެ ފޮޓޯއެއް އެ ގައުމުގެ ނޭޝަނަލް ސްޕޭސް އެޑްމިނިސްޓްރޭޝަނުން ވަނީ އާއްމުކޮށްފަ އެވެ. އެ ފޮޓޯ ނަގާފައި ވަނީ ހަނދުން ސާމްޕަލް ނަގަން ޗައިނާ އިން ފޮނުވި އުޅަނދު ޗަންގުއޫ-5ގައި ހަރުކޮށްފައިވާ ކެމެރާއަކުންނެވެ. ހަނދުން ސާމްޕަލް ހިފައިގެން އެ އުޅަނދު ބުރާސްފަތި ދުވަހު ވަނީ ދުނިޔެ އަށް މިސްރާބު ޖަހައިފަ އެވެ.
ޗައިނާ އިން މީގެ ކުރިން ހަނދަށް ދިޔަ ދެ ފަހަރެއްގައި އުޅަނދުގެ ބޭރު ކޯޓިންގައި ޗައިނާގެ ދިދަ ހުއްޓެވެ. އެއީ ޗަންގްއޫ-3 އަދި ޗަންގްއޫ-4 މިޝަންގަ އެވެ. ޗަންގްއޫ-4 އިން ހަނދުގެ ދުރު ފަޅިއަށް މިދިޔަ އަހަރު ކުރި ދަތުރުގައި ވެސް ޗައިނާގެ ދިދައެއް ގެންދިޔަ އެވެ. ނަމަވެސް މިއީ އެ ގައުމުން ހަނދުގައި ދިދަ ޖެހި ފުރަތަމަ ފަހަރެވެ.
ޗައިނާގެ އިތުރުން ދެން ހަނދުގައި ދިދަ ޖަހާފައި ވަނީ އެމެރިކާއިންނެވެ. އެމެރިކާއިން ހަނދުގައި ދިދަ ޖަހައިފައި ވަނީ އެޕޯލޯ 11 މިޝަންގައި 1969 ވަނަ އަހަރު އެވެ.
ނަމަވެސް، އެކަން ގަބޫލު ނުކުރާ ގިނަ ބަޔަކު އުޅެއެވެ. އެކި މީހުން ދައްކަނީ އެކި ސަބަބެވެ.

ކިޔުންތެރިންގެ ހިޔާލު