އެޕިސޯޑް 21
...............
[އަހަންނަށް...ވިސްނިއްޖެ...އިތުރަށް ތިވާހަކަ ނުދައްކާ...އަހަރެން މޮޔަވެދާނެ...އަހަރެންގެ ނަޞީބު ކިހާދެރަ. އިންތިޒާރުކޮށްކޮށް ވަރުބަލިވީއިރުވެސް، އުންމީދުކުރި ލޯތްބެއް ނުލިބުނު.] މާއިޝާއަށް ގިސްލެވުނެވެ.
[އަދޫގެ ހިތުން އަހަންނަށް މަޤާމެއް ނުދެވުނީތީ އަދޫ ތި ޤަޞްދުކުރަނީ އަދޫގެ ދިރިއުޅުމުން އަހަރެން ބޭރުކޮށްލަންތަ؟] މާއިޝާ ގިސްލަ ގިސްލާފައި ރޮމުން އެއްސެވެ.
[ނޫން....އަހަރެން ކިހިނެއްތަ ހަދާނީ....] އެއަށްފަހު އަދުހަމް ލަމްހާގެ ހުރިހާ ވާހަކައެއް މާއިޝާއަށް ކިޔާދިނެވެ. ޙަޤީޤަތުގައި ލަމްހާ އޭނާއަށް ބޭވަފާތެރިނުވާކަމާއި އޭނާ އަދިވެސް އަދުހަމަށްޓަކައި ހުރިކަމަށް ބުންޏެވެ.
[އަހަރެން ނުބުންޏަސް މާއިޝާއަށް އެނގޭނެ، އަހަރެން ލަމްހާދެކެ ލޯބިވަނީ ކިހާވަރަކަށްކަން. އަހަރެން ބޭނުން ލަމްހާ އަހަރެންގެ ދިރިއުޅުމަށް ގެންނަން. މާއިޝާ މިކަން މަނާނުކުރާތި.....] އަދުހަމް އެނދުން ތެދުވެގެން ހިނގައިގަތެވެ.
[ނޫން...ނޫން...ތިހެން ނުބުނޭ...އަހަރެންގެ ލޯބިވާ ފިރިމީހާ އެހެން އަންހެނަކާއެކު ދިރިއުޅުން ޙިއްޞާ ކުރާތަން ދުށުމަކީ އަހަންނަށް ކުޅަދާނަވާވަރުގެ ކަމެއް ނޫން.] މާއިޝާ ބާރުބާރަށް ރޯންފެށިއެވެ. ނަމަވެސް، އޭރު އޭނަގެ ރުއިމުގެ އަޑު އިވޭ ހިސާބަކު އެކަކުވެސް ނެތެވެ. އޭރު އަދުހަމް ނުކުމެގެން ހިނގައްޖެއެވެ.
ދުވަސްތަކަކަށްފަހު، ދިމްނާ އެގެއަށް އައީ މާއިޝާ އެގޮތަށް ރޯން އޮއްވައެވެ.
[މާއިޝާ!؟ ކިހިނެއްވީ؟] ދިމްނާ އެނދުގެ މަގަތުގައި އިށީންނަމުން އެއްސެވެ. އޭރުވެސް މާއިޝާ ގިސްލަ ގިސްލާފައި ރޮނީއެވެ. އޭގެފަހުން ދެތިންފަހަރު ދިމްނާ ތަކުރާރުކޮށް ސުވާލު ކުރުމުން، މާއިޝާ ރޮއިރޮއިފައި ކުރިމަތިވާން އުޅޭ ޠޫފާނީ ދުވަސްތަކުގެ ވާހަކަ ކިޔާދިނެވެ.
[އަދުހަމަކީ ކޮންކަހަލަ މީހެއް. އޭނާގެ ހިތުގައި ރަޙުމުގެ ޒައްރެއްގެ މިންވަރުވެސް ނެތީތަ؟ ފިރިހެނެއްގެ ހިތުގައި ރަޙުމް ނުއުފެދުނަސް، އަންހެނުންގެ ހިތް ވަރަށް ތަފާތުވާނެ....މާއިޝާ ގުޅަންވީ ތިބުނާ ލަމްހާއަކަށް...ހިއެއްނުވޭ ބުއްދިވެރި އަންހެނަކު، އަންހެނެއްގެ ހިތުގައި ޖައްސާފައި އުފާތަކެއް ނިގުޅައިގެންފާނެއެކޭ.....] ދިމްނާ ޚިޔާލުދިނެވެ.
[އަހަރެން ލަމްހާއަށް ގުޅާފައި އާދޭސް ކުރާނަން...] މާއިޝާ އަތުގެ ނުފުށުން ލޯ ފޮހެލިއެވެ. ނަމަވެސް، އޭނާ ލަމްހާއަށް ގުޅީ ދިމްނާ އޭނާއަށް ހިތްވަރާއި ނަޞޭޙަތްދީފައި ދިޔުމުންނެވެ.
އޭނާ ގުޅީ ސީދާ ލަމްހާގެ މޯބައިލަށެވެ. ރިންގުވީތަނާހެން ލަމްހާގެ އަޑު އިވުނެވެ.
[ލަމްހާ.....މީ މާއިޝާ...ލަމްހާ އަދުހަމްދެކެ ލޯބިވާކަންވެސް އަދި އަދުހަމް ލަމްހާދެކެ ލޯބިވާކަންވެސް އެނގޭ....އަހަރެންވެސް އަދުހަމްދެކެ ހަމަ އެވަރަށް ލޯބިވޭ. އާދޭސްކުރަން ލަމްހާ....އަހަރެމެން ދެމަފިރިންގެ ދޭތެރެއަށް ލަމްހާ ނުވަދޭ....އަންހެނެއްގެ އިޙްސާސްތައް ރަނގަޅަށް ލަމްހާއަށްވެސް އެނގޭނެ.] މާއިޝާ ރޮމުން ވާހަކަ ދެއްކިއެވެ.
ލަމްހާ ހުރީ ފޯނު ކަންފަތުގައި ޖެއްސިގޮތަށް ގަނޑުވެފައި ކަހަލަ ގޮތަކަށެވެ.
[ރަނގަޅަށް ތިބުނީ...އަހަރެން އަދުހަމްދެކެ ވަރަށް ވަރަށް ލޯބިވޭ....އެކަމަކު....އަހަންނަކީ އަދުހަމްގެ ލޯބި ޙައްޤުވާވަރަށްވުރެން ނިކަމެތި މީހެއް...އަހަރެން މިހާރުވަނީ އެލޯތްބާ މާދުރުގަ.....] ލަމްހާ ރޮއިގަންނަމުން ފޯނު ކަނޑާލިއެވެ. ލަމްހާ ހީކުރިއެވެ. އޭނާގެ ޙަޤީޤީ ޙާލަތު އަދުހަމާއި މާއިޝާއަކަށް އަދި ނޭނގޭނެއެވެ.
އެހެން ނަމަވެސް، ކުއްލިއަކަށް މާއިޝާ އެގުޅީ ކީއްވެގެންބާވައޭ ހިތަށްއެރިއެވެ. ސުވާލު އުފެދުނެވެ. އަނެއްކާ އަދުހަމަށް ޙަޤީޤަތް އެނގި، އޭނާ މާއިޝާ ގާތު އެވާހަކަ ދެއްކީބާއެވެ؟ އެފޯންކޯލަށްފަހު، ލަމްހާ ވިސްނަން ފެށިއެވެ. ދޭތެރެ ދޭތެރެއިން މާއިޝާގެ އާދޭހުގެ އަޑު، އޭނާގެ ސިކުނޑީގައި އެނބުރިގަނެއެވެ.
ޙަޤީޤަތުގައި އެއްވެސް މީހެއްގެ އުފާތަކަށް އަރައިގަތުމަކީ އޭނާ ކުރަން ބޭނުންވާ ކަމެއް ނޫނެވެ. މާއިޝާއަކީވެސް އޭނާފަދަ އިންސާނެކެވެ.
[ދަރިފުޅާ ކިހިނެއްވެފަ ތިއޮތީ؟] ކޮޓަރިއަށް ވަންއިރު، ލަމްހާ އޮތްގޮތުން މަންމަ ޒައިނަބް އެއްސެވެ. ލަމްހާ އެނދުގައި ބަންޑުން އޮވެ ރޮނީއެވެ.
[ދަރިފުޅާ ރޮނީތަ؟] ޒައިނަބް އައިސް ލަމްހާ އޮތް އެނދުގެ މަގަތުގައި އިށީނެވެ.
[އަހަންނެއް ނުރޮން...ރޮނީ އަހަރެންގެ ހިތް. އަހަރެން ކިތަންމެ ހިތްވަރުކުރިޔަސް، ހިތަށް ހާދަ އަސަރުކުރެޔޭ....] ލަމްހާއަށް ރޮވޭތީ ކެތްނުވެގެން މޫނުމަތީގައި ދެއަތްއަޅާ މޫނު ފޮރުވިއެވެ. އެވަގުތު އަނެއްކާވެސް ލަމްހާގެ ފޯނު ރިންގްވާން ފެށިއެވެ.
ފޯނު ރިންގްވުމާއެކު، ފޯނަށް ބަލައިލުމަށްފަހު ފިސާނާ ހިނިތުންވެލިއެވެ. ޒީހާންގެ ފޯންކޯލަކަށް އޭނާ އިންތިޒާރު ކުރާތާ މިހާރު އެތައް ދުވަހެއް ވެއްޖެއެވެ. އުފާވެފައި ހުރެ ފިސާނާ ރިސީވަށް ފިއްތާލުމަށްފަހު ކަންފަތުގައި ޖައްސާލިއެވެ.
[ފިސާނާ...ކިހިނެއް...ކުއްލިއަކަށް ހިތަށްއެރީ ފިސާނާއަށް ގުޅާލާނީއޭ...ނަދީމާ....އެބައުޅޭތަ.] ޒީހާން ވާހަކަ ފަށާނެ ގޮތެއް ނޭނގިހުރެ ކަހަލަ ގޮތަަކަށް ފެށިއެވެ.
[ނަދީމާ އުޅެނީ މިގެއަކު ނޫނޭ....ނަދީމާއަށް ގުޅަންތަ ތިގުޅީ....ނަދީމާގެ ނަމްބަރު ދެންތަ؟] ފިސާނާހުރީ ހިސާބަކަށް ފިނިވެފައެވެ.
[އުނހު....ނަދީމާ ހޯދާކަށް ނޫން...އަހަރެން ކޮންމެހެން މިގުޅީ، އަހަރެން އޮފީސް ވަތްގަނޑުން އަހަރެންގެ ވަރަށް އަގުބޮޑު އެއްޗެއް ގެއްލިގެން. ފިސާނާ އެ ދުށިންތޯ އަހާލަން ކަމަށް. ނާޒިމް ބުނި، ފަހަރެއްގައި ފިސާނާވެސް ނަގާފާނޭ.] ޒީހާނަށް އެހެން ބުނެވުނުއިރު، ހިނިގަނޑު ފަޅައިގެން ނުދިޔައީ ކިރިޔާއެވެ.
[އޭނ....ކޯއްޗެއް، އަހަންނެއް ނުނަގަން. އަހަރެން ޒީހާންގެ ވަތްގަނޑު ނުވެސް ހުޅުވަން. އެހެން ނޫނަސް އެ ހުންނަނީ ތަޅުވެސްލާފައެއްނު.] ފިސާނާ ނިކަން ހާސްވެއްޖެއެވެ.
[ބޭންކް ފަޅާ މީހުންވެސް އެތަން ފަޅާ ވައްކަން ކުރަނީ، އެތަން ހުޅުވާފައި ހުންނާތީއެއް ނޫނޭ. ވަގުންނަށް ތަޅުލެވޭތަ؟] ޒީހާން ބޭނުންވީ އަދިވެސް ފިސާނާ ތަޅުވާލާށެވެ.
[އަހަރެން ވައްކަމެއް..ނުކުރަން...ނާޒިމް އެއީ ކޮންކަހަލަ މީހެއް. އަހަރެންގެ ބޮލުގައި ވަގު ބަދުނާމް އަޅުވާކަށް ނުވާނެއެއްނު.] ފިސާނާއަށް ރޮވުނެވެ.
[ނާޒިމް ބުނީތީއެއް ނޫން. އަހަންނަށްވެސް ވަރަށް ޔަޤީން، ފިސާނާކަން އެ ނެގީ. އެހެން ނޫންނަމަ، އަހަރެންގެ ޟަމީރު ފިސާނާއަށް ގުޅުމަށް ބާރެއްނާޅާނެ.] ޒީހާން ހީވަނީ މީހަކު ކިޔައިދީގެން ވާހަކަ ދައްކާހެންނެވެ. އެހާވެސް އެތުރުންގަނޑު ރަނގަޅެވެ.
[އަހަރެން ދުވަހަކުވެސް އެހެން މީހެއްގެ ވަތްގަނޑެއް ނުހުޅުވަން. ކީއްވެތަ ޒީހާންވެސް އަހަރެންގެ ބޮލުގައި ތިފަދަ ބޮޑު އިލްޒާމެއް ތި އަޅުވަނީ.] ފިސާނާއަށް ރަނގަޅަށްވެސް ރޮވިއްޖެއެވެ.
[ފިސާނާ...އަޅެ...އަޅެ ނުރޮއިބަލަ. ފިސާނާ އެއްފަހަރުވެސް އަހާބަލަ ކޯއްޗެއްހޭ ގެއްލިގެން ތިއުޅެނީ.] ފިސާނާ ރޯން ފެށުމުން ޒީހާންގެ ސަމާސާގެ ރާގު ބަދަލުވިއެވެ.
[ކޯ...ންޗެއް؟.....] ފިސާނާ ބުންޏެވެ. ފިސާނާއަށް ވެފައިވާ ގޮތުން ޒީހާންގެ ގާތަށް ހިނިވެސްއައެވެ.
[ގެއްލިގެން މިއުޅެނީ އަހަރެންގެ މިލްކިއްޔާތުގައިވާ އެންމެ އަގުހުރި މުދާގަނޑު......އެއީ އަހަރެންގެ ހިތް. ބުނެބަލަ، ފިސާނާއެއް ނޫންތަ، އަހަރެންގެ ހިތްނެގީ....ކޮންމެހެން ހިތް އަނބުރާ ހޯދާކަށް ނޫނޭ، މިހެން މިއަހަނީ. ފިސާނާ ނެގިއްޔާ، ފިސާނާގެ ޙަވާލުގައި ބާއްވާ....އެކަމަކު އޭގެ ބަދަލުގައި ފިސާނާ ޖެހޭނެ، ފިސާނާގެ ހިތް އަހަންނާ ޙަވާލުކުރަން.] ޒީހާން ލުއިލުއިކޮށް ހީލިއެވެ.
[އަހަރެން ޙަވާލުކުރުމުގެ ކުރިން ޒީހާންވަނީ އެ ހިތް ނަގާފަ....] ޒީހާންގެ ޙަޤީޤީ މަޥްޟޫޢު އެނގުމުން، ފިސާނާ ހަމައަކަށް އެޅުނެވެ.
އިރުއިރުކޮޅާ މާއިޝާ ލަމްހާއަށް އެބަ ގުޅައެވެ. ލޯބި ގެއްލިގެން ހިނގައިދާނެތީ ބިރު ހީވެގެންނެވެ. މާއިޝާ ލަމްހާ ގާތު އާދޭސް ކުރަނީއެވެ. އޭނާއަށްޓަކައި އަދުހަމްގެ މަތިން ހަނދާން ނައްތާލުމަށް އެދިއެވެ.
[މާއިޝާ...އަހަރެންވެސް ހާދަ ލޯބިވެޔޭ އަދުހަމްދެކެ....ދުވަހަކުވެސް އެހެން މީހަކުދެކެ އަހަންނަކަށް ލޯތްބެއް ނުވެވޭނެ.] ލަމްހާއަށްވެސް ރޮވުނެވެ.
[ނޫން...ލަމްހާ ތިހެން ނުބުނޭ....މިހުރިހާ ދުވަހުވެސް ކެތްކުރިގޮތަށް ލަމްހާއަށް އަދުހަމާނުލާ ކެތްކުރެވިދާނެ.] މާއިޝާ ރޮއިރޮއިފައި ވާހަކަ ދެއްކިއެވެ.
[މާއިޝާ ނުރޮއޭ....އަހަރެން މިޙާލުގައި ހުއްޓާ، ކޮން ފިރިހެނަކު އަހަރެން ބޭނުންވާނީ....] ލަމްހާއަށް ކުރި އަސަރެއްގެ ބޮޑުކަމުން، ފޯން އޮފްކޮށްލެވުނެވެ. އޭރު އޭނަޔާ ދާދި ގާތުގައި މަންމަ ޒައިނަބް، މަންޒަރު ބަލަން ހުއްޓެވެ.
ލަމްހާއާ ދޭތެރޭ އެންމެބޮޑަށް ވިސްނާ މީހަކީ ޒައިނަބެވެ. އޭނާ އަބަދުވެސް ދަރިފުޅުގެ ޙާލަތާ ދޭތެރޭ ވިސްނަ ވިސްނާފައި ރޮއިހަދައެވެ.
[ދަރިފުޅާ....މަންމަގެ ކުރިމަތީގައި ތިވަރަށް ދަރިފުޅު ހިތްވަރު ދެރަނުކޮށްބަލަ...މިމަންމަގެ ހިތް ހަލާކުވެދާނެ.] ޒައިނަބް، ލަމްހާ އޭނާގެ މޭގައި ޖައްސާލިއެވެ. ފަހަކަށްއައިސް ކޮންމެ ދުވަހަކުވެސް ލަމްހާގެ ކަރުނައިން މަންމަގެ ހެދުން ތެންމާލައެވެ.
[އަޅެ މަންމާ...އެ މާއިޝާ ކޮންމެފަހަރަކު އަހަންނަށް އެ ގުޅަނީ އަހަރެން ދެރަކުރަންތަ؟ އޭނައަށް ނޭނގެނީތަ، އަހަންނަކީ ނުކުޅެދޭ މީހެއްކަން.] ރޮއިރޮއިފައި ލަމްހާ ބުންޏެވެ.
[އޭނަ ގުޅީމާ، ދެންވެސް ދަރިފުޅު މަންމަގެ އަތަށް ފޯނުދީބަލަ.] ޒައިނަބް ބުންޏެވެ. ލަމްހާގެ ހުރިހާވެސް ހިތްވަރަކީ އެ މަންމައެވެ. މަންމަ އެކިގޮތްގޮތުން އޭނާއަށް ހިތްވަރުދީ ނަޞޭޙަތްތެރިވެއެވެ.
މިހާރު ދެން ބޭބެ ޒީހާންވެސް އޭނާއަށް ހިތްވަރުދެއެވެ.
ޒީހާން ކޮންމެ ދުވަހަކުވެސް އޮފީސް ނިންމާފައި ދަމުން އެގެއަށް ވަދެ، ކޮއްކޮގެ ޙާލު ބަލައިލައެވެ.
ޙަޤީޤަތުގައި ލަމްހާއަކީ ޒީހާންވެސް ކޮއްކޮއަކު ބޭނުންވެފައި ހުއްޓާ ލިބުނު ކޮއްކޮއަކަށްވުމުން، އޭނާވެސް ލަމްހާދެކެ ނިކަން ލޯބިވެއެވެ.
[މަންމާ...ބޭބެ އަންނަ ގަޑި އަދި ނުޖެހެނީތަ. ބޭބެ ގާތު އަހަރެން އޮންނާނީ ނުރޯން ކަމަށް ވަޢުދުވެފައި. ގަޑިން ކިހާއިރެއްތަ؟] ލަމްހާ ދެލޯ ފޮހެލަމުން އެއްސެވެ.

ކިޔުންތެރިންގެ ހިޔާލު