މާލޭ ތެރޭގައި ގާތްގަނޑަކަށް ކޯވިޑް-19 ޖެހިފައިވާ 100 ވަރަކަށް މީހުން އުޅޭނެ ކަމަށް ލަފާކުރެއްވޭ ކަމުގައި ޑރ. ނަޒުލާ ވިދާޅުވެއްޖެއެވެ.
ކޯވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރެއްވުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒުލާ ވިދާޅުވީ މިހާރު ބަލިޖެހޭ މިންވަރަށް ބަލާއިރު ކޮމިއުނިޓީ ސްޕްރެޑަކަށް ވެފައިވާތީ ކުރިން އަންދާޒާ ކުރެވިފައިވާ ވަރަށް ވުރެ ހަލުއިމިނުގައި ބަލި ފެތުރެމުންދާ ކަމަށެވެ.
ކޯވިޑް-19 ގެ އެންމެ ފަހުގެ މަޢުލޫމާތު ޙިއްސާ ކުރުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ޑރ. ޝީނާ މޫސާ ވިދާޅުވީ ގާތްގަނޑަކަށް ލައްކައެއްހާ މީހުންނަށް ރާއްޖޭގައި މިބަލި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ރާއްޖޭގެ ވަސީލަތްތައް ހުރި ގޮތުން ރާއްޖޭގައި ނުކަތާވަރަށް ބަލި ޖެހޭނަމަ މީހުންގެ ފުރާނަ ސަލާމަތްކުރަން ދަތިވާނެ ކަމަށް ޑރ.ޝީނާ ވިދާޅުވިއެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ޝީނާ ވަނީ ރާއްޖޭގައި ބަލި ފެތުރޭނެ ގޮތުގެ ޕްރެޒެންޓޭޝަނެއް ހިއްސާ ކުރަށްވާފައެވެ. އެގޮތުން ޝީނާ ވިދާޅުވީ، މިހާރު ކޮންޓެކްޓް ޓްރޭސިން ހުރި ގޮތުން ބައްޔާމެދު ވިސްނަންޖެހޭ ގޮތް ބަދަލުވެފައިވާ ކަމަށެވެ. ރާއްޖޭގައި ސޯޝަލް ޑިސްޓެންސިން އޮތް ގޮތަށް ބަލާއިރު 10 ދުވަހުގެ ތެރޭގައި އެޑްމިޓްކުރަން ޖެހޭ މީހުންގެ އަދަދު ގިނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި ގިނަ ބަޔަކު އެޑްމިޓް ކުރެވޭ ވަރުގެ ކެޕޭސިޓީ ނެތް ކަމަށާއި، މި ރޭޓުގައި ފެތުރެމުން ދާނަމަ 14 ދުވަހުގެ ތެރޭގައި ރާއްޖޭގެ ކެޕޭސިޓީ ހަމަވާނެކަމަށެވެ.
އަދި މިހާރު މާލޭގެ ޙާލަތު އޮތްގޮތުން ގައިދުރުކަން ނުބަހައްޓާ ނަމަ މުޅި ރާއްޖެއިން ކޯވިޑް-19 ޖެހޭ މީހުންގެ ތެރެއިން 2000 މީހަކު މަރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ޑރ. ޝީނާ މޫސާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު