މިރޭ 8:30 އިން ފެށިގެން ހަތް މިނެޓުގެ ތެރޭގައި މަގުމަތީގައި އުޅުނު 76 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ނޭޝަނަލް އިމަރޖެންސީ އޮފަރޭޝަން ސެންޓަރގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވެއްޖެއެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ މިރޭ ހައްޔަރު ކޮށްފައިވާ މީހުން ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި، އެމީހުން އަދި ކަރަންޓީނަށް ނުގެންދިޔަ ނަމަވެސް އެމީހުންނާމެދު ޢަމަލު ކުރާނެ ގޮތެއް ފުލުހުން ހާމަކުރާނެ ކަމަށެވެ.
މަބްރޫކް ވިދާޅުވީ، މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރޭގައި ބިދޭސީން ވެސް ހިމެނޭ ކަމަށެވެ. އަދި މާލޭގައި ތޮއްޖެހިގެން ދިރިއުޅޭ ބަންގްލަދޭޝްގެ ބަޔަކު ވަގުތީ ހިޔާއަށް ބަދަލު ކުރުމުގެ މަސައްކަތް މާދަމާގެ ވަގުތެއްގައި ކުރަން ހަމަޖެހިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މާލެއިން ކޯވިޑް-19 އަށް ޕޮޒިޓިވް 8 ކޭސް ފެނިފައި ވާއިރު، މި ކަމާގުޅިގެން މާލެ ވަނީ 14 ދުވަހަށް ލޮކްޑައުން ކޮށް، ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު