ކޯވިޑް-19 އަށް ފަރުވާދިނުމަށް ބޭނުންވާ މެޑިކަލް ސާމާނު ދުބާއީން ގެނެސްފިއެވެ.
މޯލްޑިވިއަން އިން ބުނެފައިވަނީ މިރޭގެ ފްލައިޓުގައި 5000 ކިލޯގެ ސާމާނު ގެނެސްފައިވާ ކަމަށާއި މީގެ ތެރޭގައި މައިގަނޑުގޮތެއްގައި ހިމެނެނީ ކޮވިޑަށް ފަރުވާ ދޭނެ މެޑިކަލް ސަޕްލައިސް ކަމަށެވެ. މިތަކެތި ރާއްޖެ ގެނެސްފައިވަނީ މޯލްޑިވިއަންގެ ފްލައިޓެއްގައެވެ.
ކޯވިޑް-19 އާ ގުޅިގެން، ރާއްޖެއަށް ބޭނުންވާ ޒަރޫރީ މުދާ، ކާގޯގެ ގޮތުގައި ގެނައުމަށް މޯލްޑިވިއަނުން ދަނީ ކާގޯ ފްލައިޓުތައް ބާއްވަމުންނެވެ.
އެގޮތުން ސްރީލަންކާ، ތައިލެންޑް، އިންޑިއާ އަދި ބެންކޮކަށް މޯލްޑިވިއަންގެ ކާގޯ ފްލައިޓުތައް ބާއްވަމުންދާކަން ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން ރާއްޖެއިން ބޭރުގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުން ރާއްޖެ ގެނައުމަށް ސަރުކާރާ ގުޅިގެން މޯލްޑިވިއަނުން ވަނީ ފްލައިޓުތަކެއް ބާއްވައިފައެވެ. ނަމަވެސް މާލެ ލޮކްޑައުން ކުރުމާއެކު މި ދަތުރުތައް މިހާރު ވަނީ މެދުކަނޑާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު