ވައިރަސް ފުރަތަމަ ފެނުނު ޗައިނާގެ ވޫހާން ސިޓީއިން ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 50 އިންސައްތަ އިތުރުކޮށްފިއެވެ.

ބީބީސީން ރިޕޯޓުކޮށްފައިވާގޮތުގައި ޗައިނާއިން މިއަދު ވަނީ އެގައުމުން 1290 މީހުން އިތުރަށް މަރުވެފައިކަމަށް ރަސްމީގޮތުން އިއުލާނުކޮށްފައެވެ. ވޫހާންގެ ކަމާބެހޭ ފަރާތްތަކުން ބުނީ ޗައިނާއިން މި އަދަދުތައް އޮޅުވާލަން މަސައްކަތް ކޮށްފައި ނުވާނެކަމަށާއި، ކުރީގެ އަދަދުތަކަށް މި ބަދަލު އައިސްފައިމިވަނީ ހޮސްޕިޓަލުން ބޭރުން މަރުވި ފަރާތްތައް ހިމެނުމުން ކަމަށެވެ.

ވޫހާން ސިޓީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަދަދުތަކަށް ބަދަލު އައިސްފައިވަނީ މީހުން ވަޅުލާ ތަންތަނާއި، ޖަލުތަކުގެ ރިކޯޑުތަކަށް ރިއާޔަތް ކުރުމުންކަމަށާއި، ހޮސްޕިޓަލުން ބޭރުގައި މަރުވެފައިވާ ފަރާތްތަކުގެ މަރުތައް ރަސްމީގޮތުން ރިކޯޑުކުރެވިފައި ނުވާކަމަށެވެ.

ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުގެ ފަރާތުން ވާހަކަދެއްކެވި މީ ފެންގް ވިދާޅުވީ މަރުގެ އަދަދުތަކަށް ބަދަލު ގެނެސްފައި މިވަނީ ރޯގާގެ ތަފާސްހިސާބުތަކަށް ވަރަށް ފުންކޮށް ބެލުމަށްފަހުގައި ކަމަށެވެ.

ޗައިނާއިން މަރުވި މީހުންގެ އަދަދަށް މިއަދު މި ގެނައި ބަދަލުތަކާއެކު، އެގައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 4،632 އަށް އަރާފައެވެ. އަދި ބަލި ޖެހުނު މީހުންގެ އަދަދުވަނީ 82،692 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން