ޑެލިވަރީގެ ޚިދުމަތް ބޭނުން ކުރުމުގައި ރައްކާތެރިވުމަށާއި ފައިސާގެ މުއާމަލާތްތަކުގައި ނަގުދު ފައިސާ ބޭނުން ނުކުރާ ވަސީލަތްތައް ބޭނުން ކުރުމަށް އެޗްޕީއޭއިން އިރުޝާދު ދީފިއެވެ.
އެޗްޕީއޭއިން ވަނީ ޑެލިވަރީ ކުރުމާއި ޑެލިވަރީ ކުރާ އެއްޗެހި ބަލައިގަތުމުގައި ވެސް ރައްކާތެރިވުމަށް ބަލަންޖެހޭ ކަންތައްތަކުގެ އިރުޝާދާއި އަމަލުކުރަންވީ ގޮތް އާންމުކޮށްފައެވެ.
މިއަދު އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ވަނީ، ތަކެތި ޑެލިވަރީ ކުރުމާއި ބަލައިގަތުމުގައި ފައިސާގެ ބަދަލުގައި ކޭޝް ކާޑް ނުވަތަ އެނޫންވެސް އިންޓަރނެޓް ބޭންކިންގ ފަދަ ނަގުދު ފައިސާ ބޭނުން ނުކޮށް ފައިސާގެ މުއާމަލާތްތައް ކުރޭވެ ގޮތްތައް އިހުތިޔާރު ކުރުމަށް އިލްތިމާސްކޮށްފައެވެ.
އަދި ޑެލިވަރ ކުރާ ތަކެތި ގެނަސް ބެހެއްޓުމަށް ވަކި ގޮނޑިއެއް ނުވަތަ މޭޒެއް ގޭގެެ އެންމެ ތިރީ ފަންގިފިލާގައި ބެހެއްޓުން އެދެވިގެންވާ ކަމަށްވެސް އެޗްޕީއޭއިން ބުނެފައި ވެއެވެ.
މީގެ އިތުރުން، ތަކެތި ލިބުމުން ކޮތަޅުން ނަގާ ކޮތަޅު އެއްލާލުމަށްފަހު ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުމަށްވެސް އިރުޝާދު ދީފައިވެއެވެ.
މިއަދުގެ މެންދުރާ ހަމައަށް މާލެއިން 12 މީހަކު ކޯވިޑް-19 އަށް ފައްސި ވެފައިވާއިރު، ރާއްޖެއިން މި ބައްޔަށް ފައްސިވި ޖުމްލަ މީހުންގެ އަދަދު މިހާރު ވަނީ 32 އަށް އަރާފައެވެ.
މާލެއިން މިދިޔަ ބުދަ ދުވަހު ފުރަތަމަ ފަހަރަށް ކޯވިޑް-19 އަށް މީހަކު ފައްސިވުމާ ގުޅިގެން، ފާއިތުވި ދެ ދުވަހު މާލެ ސަރަހައްދު އޮތީ 24 ގަޑިއިރުގެ ލޮކްޑައުންގެ ހާލަތުގައެވެ. ނަމަވެސް އެ މުއްދަތު 14 ދުވަހަށް އިތުރުކުރަން އެޗްޕީއޭ އިން ވަނީ ނިންމާފައެވެ.
އަދި އިއްޔެ ހަވީރު 6:00 އިން ފެށިގެން ޟަރޫރީ ބޭނުމެއް ނެތި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލަން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ވަނީ އަންގަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު