ރަށްރަށަށް ބޭނުންވާ މުދާ ބަލައި މާލެއަށް އާދެވޭނެ ކަމަށާއި އެކަމުގެ އިންތިޒާމުތައް ހަމަޖެހިފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ބުނީ ރަށްރަށާއި ރިސޯޓްތަކަށް ބޭނުންވާ މުދަލާއި ފެން ބަލައި އަންނަ އަޅަނދު ފަހަރަށް މާލޭ ނޯތު ހާބަރަށް ވަދެވޭނެ ކަމަށެވެ.
އެހެންނަމަވެސް އެފަދަ އުޅަނދުތަކުގެ ފަޅުވެރިން ފިޔަވައި އިތުރު ބަޔަކު އުޅަނދުގައި އައިސްގެން ނުވާނެ ކަމަށާއި، އަދި އެފަދަ ދަތުރުތައް ފެށުމުގެ ކުރިން އެ ރަށެއްގެ ކައުންސިލަށް އެކަން އަންގަން ޖެހޭނެކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ކޯވިޑް-19 އަށް މާލެއިން ބަޔަކު ޕޮޒިޓިވްވުމާ އެކު، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން 14 ދުވަހަށް މާލެ ސިޓީ ލޮކްޑައުންކޮށް، މާލެ ސިޓީގެ ހުޅުމާލެ އަދި ވިލިމާލެއަށް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ.
ރަށްރަށަށް ބޭނުންވާ މުދާ މާލެއިން ގެންދެވޭނެ އިންތިޒާމް ހަމަޖެއްސިއިރު، ހުއްދަ ނެތި އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ވެސް މިހާރު އޮތީ ރާއްޖޭގައި މަނާކޮށްފައެވެ. އަދި ގިނަ މީހުން އެއްވެގެން އެއްވެސް ރަށެއްގައި ހަރަކާތްތައް ނުހިންގުމަށް ވެސް އޮތީ އަންގައިފަ އެވެ.
މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން، ގޭގެއަށް ބޭނުންވާ މުދަލާއި ކާބޯތަކެތި ޚާއްސަ ހުއްދައެއްގެ ދަށުން ޑެލިވަރީ ކުރެވޭނެ ގޮތް ވެސް އެޗްޕީއޭ އިން ވަނީ ހަމަޖައްސައިފަ އެވެ. އަދި މިކަމުގައި ރާއއްޖޭގެ ސަލާމަތީ ޚިދުމަތްތަކުން އަންނަނީ ޙަރަކާތްތެރި ވަމުންންެވެ.

ކިޔުންތެރިންގެ ހިޔާލު