ކޮމިއުނިޓީ ސްޕްރެޑަކަށް ދިއުމުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިޔަށް ގެންދިއުމަކީ ކުރެވިދާނެ ކަމެއް ނޫންކަމަށާއި މިހާރު އޮތް ހަމައެކަނި ގޮތަކީ ގޭގައި ތިބުން ކަމުގައި ޑރ. އިބްރާހިމް ޔާސިރު ވިދާޅުވެއްޖެއެވެ.
މާލޭގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުން ދިއުމާއެކު އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ޑރ. އިބްރާހިމް ޔާސިރު ވިދާޅުވީ މިފަދަ ޙާލަތެއްގައި ކޮންމެ މީހަކީވެސް ބައްޔަށް ޕޮޒިޓިވް ވެދާނެ މީހެއް ކަމަށެވެ. އެހެން ކަމުން އެންމެ ރައްކާތެރި ގޮތަކީ އެންމެންވެސް ގޭގައި ތިބުމެވެ.
ޑރ. ޔާސިރުގެ ޓްވީޓްގައި ވަނީ އެންމެން ގުޅިގެން ކޯވިޑް-19 އާ ދެކޮޅަށް މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.
އަދި ހަލުވި ކަމާއެކު މުޖްތަމަޢުގެ ތެރޭގައި ބަލި ފެތުރެމުން ދާނަމަ، ބަލިޖެހިފައިވާ މީހުން ދެނެގަތުމަށް ކޮންޓެކްޓް ޓްރޭސިން ހެދުން ނޫނީ ބަލިޖެހިފައިވާ މީހުންނާ އެކިގޮތްގޮތުން ބައްދަލުވެފައިވާ މީހުން ދެނެގަތުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަކީ ނާދިރު ކަމެއްކަމަށް ޑރ. ޔާސިރު ފާހަގަ ކުރެއްވާފައި ވެއެވެ.
ކޯވިޑް -19 އާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް ރޭ ބޭއްވި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ޑ. ޝީނާއާއި ޑ. ނަޒުލާ ވެސް ވިދާޅުވެފައިވައި ކޮމިއުނިޓީގެ ތެރޭގައި ހަލުއިކަމާއެކު ބަލި ފެތުރެން ފަށައިފިނަމަ ކޮންޓެކްޓް ޓްރޭސިންގ ހެދުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. މާލޭގައި މިހާރު ފެތުރެމުންދާ ބާރުމިނަށް ބަލާއިރު އަދި އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގައިކަން ދެ ޑޮކްޓަރުންވެސް ރޭ ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މިހާރު މިދާ ބާރު މިނުގައި ބަލި ފެތުރެމުން ދާނަމަ ރާއްޖޭގެ ޞިއްޙީ ނިޒާމުގެ ވަސީލަތްތަކަށް ކަތާވަރު ނުވާނެ ކަމުގައިވެސް ދެ ޑޮކްޓަރުން ފާހަގަ ކުރެއްވިއެވެ.
އަދިވެސް މި ހާލަތު ބަދަލުކުރެވޭނީ ޞިއްޙީ މާހިރުން އިރުޝާދު ދެއްވާ ގޮތަށް މަގުމައްޗަށް ނުނުކުމެ ތިމާ ދިރިއުޅޭ ތަނުގައި ތިބެގެން ކަމަށާއި އެއްއިމާރާތެއްގައި ދިރިއުޅުނު ކަމުގައި ވިޔަސް އެހެން ބައިބަޔަށް ނުގޮސް ތިމާ ދިރިއުޅޭ ތަނުގައި މަޑުކުރުމަށް ޑޮކްޓަރުން ރޭ ވެސް ވަނީ އިރުޝާދު ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު