މާލޭގައި އަލަށް އިމާރާތް ކުރާ ސަލްމާން މިސްކިތް- އަންނަ ރޯދަމަހު ހުޅުވަން އޮތް މި މިސްކިތުގެ މަސައްކަތް މިހާރު ވަނީ މަޑުޖައްސާލާފައި
މާލޭގައި އަލަށް އިމާރާތް ކުރާ ސަލްމާން މިސްކިތް- އަންނަ ރޯދަމަހު ހުޅުވަން އޮތް މި މިސްކިތުގެ މަސައްކަތް މިހާރު ވަނީ މަޑުޖައްސާލާފައި
އައްޑޫސިޓީ އާއި ފުވައްމުލައް ސިޓީގައި ޖަމާޢަތުގައި ނަމާދުކުރުން ވަގުތީ ގޮތުން ހުއްޓާލަން އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ވަނީ، 18 އޭޕްރީލް 2020 ވާ ހޮނިހިރު ދުވަހުގެ މަޣްރިބް ނަމާދުން ފެށިގެން 23 އޭޕްރީލް 2020 ވާ ބުރާސްފަތި ދުވަހުގެ ޢަޞްރު ނަމާދުގެ ނިޔަލަށް އައްޑޫސިޓީ އާއި ފުވައްމުލައް ސިޓީގައި ފަރުޟު ނަމާދުގެ ޖަމާޢަތް މިސްކިތުގައި ނުހެދުމަށް އަންގާފައެވެ.

މި ޙާލަތުގައި މިސްކިތުގައި ހަމައެކަނި ބަންގި ގޮވުމަށާއި، ބަންގީގެ ފަހުގައި "ހުރިހާ ބޭފުޅުން ގޭގައި ނަމާދު ކުރައްވާ" މިފަދައިން ގޮވުމަށް އިމާމުންނަށް އެންގުމަށް ވެސް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން އިސްލާމިކް މިނިސްޓްރީން ވަނީ މާލެ ސަރަޙައްދުގެ މިސްކިތުގައި ޖަމާޢަތުގައި ނަމާދު ކުރުން ހުއްޓުވާފައި އޮތް އޮތުން 30 އޭޕްރީލް 2020 ވާ ބުރާސްފަތި ދުވަހުގެ އަޞްރު ނަމާދުގެ ނިޔަލަށް އިތުރު ކޮށްފައެވެ.

މި ދަނޑިވަޅުގައި މިސްކިތުގެ ޖަމާޢަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ކީރިތި ޤުރްއާން ކިޔަވައި، ގިނަގިނައިން ދުޢާކޮށް، އިސްތިޣްފާރު ކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ހުރިހާ ރައްޔިތުންނަށް ނަޞޭޙަތްތެރިވެފަވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން