ކޯވިޑް-19 އާއި ގުޅިގެން ފްރޮންޓް ލައިންގައި މަސައްކަތް ކުރުމަށް ސިފައިން ތައްޔާރުވެފއި (ފޮޓޯ:- ޓްވިޓަރ)
ކޯވިޑް-19 އާއި ގުޅިގެން ފްރޮންޓް ލައިންގައި މަސައްކަތް ކުރުމަށް ސިފައިން ތައްޔާރުވެފއި (ފޮޓޯ:- ޓްވިޓަރ)
ސިފައިން ގެއިން ރިޓަޔާ ކޮށްފައި ތިބި މިލިޓަރީ ވެޓަރަންސް އަށް، ކޯވިޑް-19 އާ ގުޅިގެން ސިފައިން ކުރިއަށް ގެންދާ އޮޕަރޭޝަނާ ގުޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްއެންޑީއެފުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ، ކުރިން އެމްއެންޑީއެފްގެ ވަޒީފާގައި މަސައްކަތް ކުރައްވާފައިވާ ފަރާތްތަކުގެ ތެރެއިން ވަޒީފާއިން މުސްކުޅިކުރައްވާފައި ތިއްބެވި ބޭފުޅުންގެ ތެރެއިން ކޯވިޑް-19 އާއި ގުޅިގެން ހިންގާ އޮޕަރޭޝަނުގައި ބައިވެރިވެ ވަޑައިގަންނަވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން ވޮލަންޓިއަރުންގެ ގޮތުގައި ބައިވެރިވެ ވަޑައިގަންނަވަން ބޭނުންވާ ފަރާތްތަކުން އެމްއެންޑީއެފަށް ގުޅުއްވައިގެން ނަން ނޯޓު ކުރެއްވުމަށް އެމްއެންޑީއެފް ގެ ފަރާތުން އެދިފައިވެއެވެ.

މީގެ އިތުރުން އެކަމަށް ޝައުޤުވެރިވާ ކުރިން ސިފައިންގޭގައި ޚިދުމަތް ކުރަށްވާފައިވާ ބޭފުޅުންގެ މައުލޫމާތު އީމެއިލް ކުރެވިދާނެ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

ކޯވިޑް-19 އާ ގުޅިގެން ފުލުހުންނާ ސިފައިން ވަނީ ޚާއްޞަ އޮޕަރޭޝަނެއް ފަށާފައެވެ. އެގޮތުން އެ މުޢައްސަސާގެ އެލާޓް ލެވަލް ބްލޫ އަށް ޖައްސައި، ހުރިހާ ސިފައިން ވަނީ އޮޕަރޭޝަނަށް ނެރެފަ އެވެ. އަދި ހުރިހާ ސިފައިން ވެސް މިހާލަތުގައި ތިބޭނީ ހެޑްކުއާޓަރުތަކުގައި ކަމަށާއި، އާއިލާތަކާ އެއް ނުވުމަށް ވެސް ވަނީ އަންގައިފަ އެވެ.

މާލޭގައި ހަލުވި ކަމާއެކު ކޯވިޑް-19 ވަނީ ފެތުރެން ފަށާފައެވެ. މިގޮތުން މިހާތަނަށް މާލެއިން 14 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 13 ދިވެހިންނާއި، ބިދޭސީއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން