ކޯވިޑް-19 އާ ގުޅިގެން ރާއްޖެ ނާދެވި ރާއްޖޭން ބޭރުގައި ތާށިވެފައި ތިބި ދިވެހިންނަށް އެ މީހުންގެ ޢާއިލާތަކުން ފޮނުވި 1601 ކެއަރ ޕެކޭޖް ފޯރުކޮށްދީފައިވާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ ޕެކޭޖް ތަކަކީ ސްރީ ލަންކާ އާއި އިންޑިއާ އަދި މެލޭޝިއާގައި ތިބި ދިވެހިންނަށް އެ މީހުންގެ އާއިލާތަކުން ފޮނުވައިދޭން އެދުނު ޕެކޭޖްތައް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
އެ މިނިސްޓްރީން ބުނީ، ތިން ގައުމުގައި ތިބި މީހުންނަށް ވެސް ޕެކޭޖްތައް ފޯރުކޮށްދިނީ ވަރަށް ދަތި އުނދަގޫ ހާލަތެއްގައި، ބުރަ މަސައްކަތްތަކެއްގެ ތެރެއިން ކަމަށެވެ. ޚާއްސަކޮށް، ކޯވިޑް-19 އާ ގުޅިގެން އެ ގައުމުތަކުގެ ހާލަތު ވެސް ދަތިވެފައިވާ މި ނާޒުކް ވަގުތުގައި ތަކެތި ފޯރުކޮށްދިނުމަކީ ބުރަ ކަމެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
އެގޮތުން ލަންކާގައި ތިބި އާއިލާތަކަށް ގެންދިޔަ ޕެކޭޖްތައް، އެ ގައުމުގެ ފްރައިޓް އެޖެންސީއެއް މެދުވެރިކޮށް ރައްދު ކޮށްދިން އިރު، އެ ތަކެތި ހިފައިގެން ދަތުރުކުރި އުޅަނދުތައް ކޮންމެ ޕޮލިސް ޗެކްޕޮއިންޓަކަށް މަޑުކުރުވައި ބަލައި ފާސްކުރި ކަމަށް މިނިސްޓްރީން ބުންޏެވެ.
އެހެންކަމުން މިހާތަނަށް ލަންކާ އަށް ފޮނުވި 586 ޕެކޭޖާއި، އިންޑިއާ އަށް ފޮނުވި 144 ޕެކޭޖާއި، މެލޭޝިއާ އަށް ފޮނުވި 331 ޕެކޭޖް އޭގެ ވެރިފަރާތްތަކަށް ފޯރުކޮށްދެވިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި މިހާތަނަށް ލަންކާގައި ދިރިއުޅޭ ފަރާތްތަކަށް ރައްދު ނުކުރެވި 36 ޕެކޭޖް ބާކީ ހުރި ކަމަށް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
ރާއްޖެއިން މިހާތަނަށް ކޯވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ ޢަދަދު 34 ގައި އުޅޭއިރު ވެރިރަށް މާލެ އިން އެކަނި ވެސް މިދިޔަ ބުދަ ދުވަހުން ފެށިގެން މިއަދާ ހަމައަށް 14 މީހަކު ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެފަ އެވެ. އެ 14 މީހުންގެ ތެރެއިން އެކަކީ ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބަންގްލަދޭޝްގެ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު