ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗްގެ އަށް ޑިޕާރޓްމެންޓަކުން އޮންލައިން ކްލިނިކްގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ހޮސްޕިޓލުން ބުނެފިއެވެ.
އައިޖީއެމްއެޗުން ނެރެފައިވާ ބަޔާނެއްގައި ވަނީ، ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސިޓީ ލޮކްޑައުން ކޮށްފައިވާތީ ޑޮކްޓަރަށް ދައްކަން ބޭނުންވާ ފަރާތްތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށް އާދިއްތަ ދުވަހުން ފެށިގެން އޮންލައިން ކްލިނިކްގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ.
މިގޮތުން ކޮންމެ ދުވަހަކުވެސް 10 އާއި 15 އާ ދެމެދުގެ ޢަދަދެއްގެ މީހުންނަށް މި ކްލިނިކް ތަކުން ޚިދުމަތް ދެވޭނެކަމަށް އައިޖީއެމްއެޗްގެ ބަޔާނުގައި ވެއެވެ.
މިހާރުވެސް އައިޖީއެމްއެޗުން އަންހެނުންގެ ބަލިތަކަށް ފަރުވާދޭ ޑިޕާރޓްމަންޓާއި، ނަފްސާނީ ބަލިތަކަށް ފަރުވާދޭ ޑިޕާރޓްމަންޓުން އޮންލައިން ކްލިނިކްގެ ޚިދުމަތް އަންނަނީ ފޯރުކޮށްދެމުންނެވެ.
މީގެ އިތުރުން މުޅިން އަލަށް ފަށާ 8 ޑިޕާޓްމަންޓެއްގެ އޮންލައިން ކްލިނިކްތަކުގެ ޚިދުމަތް ކޮންމެ ހޯމަ، ބުދަ އަދި ހޮނިހިރު ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 1:00 އަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު