ކަރަންޓީން ވުމަށް އެންގުމުންވެސް އެކަމަށް ދެކޮޅުހެއްދެވިކަމަށް ބުނެ ސޯޝަލް މީޑިޔާގައި ކުރެވޭ ތުހުމަތުތައް އެސްޓީއޯގެ އެމްޑީ ޙުސައިން އަމްރު ދޮގުކުރަށްވައިފިއެވެ.
ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން އިޢުލާން ކޮށްފައިވާ ކޭސް ނަމްބަރ 21 ގެ ފިރިމީހާއާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާތީ ކަރަންޓީނު ވުމަށް އެންގުމުން އަމްރު އެކަމަށް ދެކޮޅު ހައްދަވާފައިވާކަމަށް ބައެއް ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިޔާގައި ތުހުމަތުތަކެއް ކުރަމުންނެވެ.
މިކަމަށް ރައްދު ދެއްވައި އަމްރު ކުރަށްވާފައިވާ ޓްވީޓެއްގައި ވަނީ، އެއްވެސް އިރެއްގައި އޭނާ ކަރަންޓީން ވުމަށް އެއްވެސް ފަރާތަކުން އަންގަވާފައި ނުވާކަމަށެވެ. އަދި އޭނާ ކޮންޓެކްޓްވީކަމަށް ސޯޝަލްމީޑިއާގައި ބުނާ ފަރާތް ކޯވިޑް-19 އަށް ފައްސިވެފައި ނުވާކަން ޢަމްރު ފާހަގަ ކުރެއްވިއެވެ.
އެހެން ނަމަވެސް ކޭސް 21 ކޯވިޑް-19 އަށް ފައްސި ވެފައިވާތީ އޭނާ ހުންނެވީ އައިސޮލޭޝަންގައި ކަމަށް އަމްރު ވިދާޅުވިއެވެ. އަދި ސޯޝަލް މީޑިއާގައި ވާހަކައެއް ދައުރު ކުރުމުގެ ކުރިން ކަމުގެ ޙަޤީޤަތް ސާފު ކުރެއްވުމަށް އަމްރު ވަނީ އެދިވަޑައިގެންފައެވެ.
ކޯވިޑް-19 އާ ގުޅިގެން ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ވާހަކަތަށް ފަތުރަމުން ދާކަމަށް ބުނެ ކޯވިޑް-19 ޓާސްކްފޯސްގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވެސް ވަނީ ހިތްހަމަ ނުޖެހުން ފާޅުކުރަށްވާފައެވެ.
މަބްރޫކް ވިދާޅުވެފައި ވަނީ އެފަދަ ދޮގު ޚަބަރުތައް އެއްވެސް ވަރަކަށް ޖަވާބުދާރީވެ ވަޑައިގަންނަވަން ބޭނުން ނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު