ޔޫތު މިނިސްޓަރު، މަހްލޫފް ގޭބިސީތަކަށް މުދާ ޑެލިވަރ ކުރުމުގައި ހަރަކާތްތެރިވެ ވަޑައިގަންނަވަނީ
ޔޫތު މިނިސްޓަރު، މަހްލޫފް ގޭބިސީތަކަށް މުދާ ޑެލިވަރ ކުރުމުގައި ހަރަކާތްތެރިވެ ވަޑައިގަންނަވަނީ
މާލޭގެ ފިހާރަތަކުގައި ޑެލިވަރ ނުކުރެވި ހުރި ސާމާނު ގޭބިސީތަަކަށް ޑެލިވަރ ކޮށްދިނުމުގެ މަސައްކަތް ވޮލަންޓިއަރުންގެ އެހީއާއެކު ޔޫތު މިނިސްޓްރީންވެސް ފަށައިފިއެވެ.

ޔޫތު މިނިސްޓަރ، އަޙްމަދު މަހްލޫފްގެ ފޭސްބުކްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވޮލަންޓިއަރުންނާއެކު، ޔޫތު މިނިސްޓްރީން މާލޭގެ ބައެއް ފިހާރަތަކުގައި ހުރި މުދާތައް އޯޑަރު ދީފައިވާ ގޭބިސީތަކަށް ގެންގޮސްދިނުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.

އެގޮތުން މިނިސްޓަރު ވިދާޅުވީ އެންމެ ފުރަތަމަ ފެއްޓެވީ އިހުސާން ފިހާރައިގައި ހުރި ޑެލިވަރީތަކުން ކަމަށާއި، ވީބީ މާޓުގައި ހުރި ޑެލިވަރީތައް ކުރުން މިރޭގެ 08:30 ގައި ފަށާފައިވާ ކަމަށެވެ.

ހަމައެއާއިއެކު، މިނިސްޓަރު މަހްލޫފް ވަނީ، ޑެލިވަރީ ކުރުމުގައި އެހީއަށް ބޭނުންވާ ފިހާރަތަކުން އެ މިނިސްޓްރީއާއި ގުޅުމަށް އެދިވަޑައިގެންފައެވެ. އެގޮތުން އެފަދަ ފިހާރަތަކުން 7335426 ނަންބަރު ފޯނާ ކުޅުމަށް މަހްލޫފް ވަނީ އެދިވަޑައިގެންފައެވެ.

ފޭސްބުކްގައި މަހްލޫފް ޝާއިއުކުރެެއްވި ފޮޓޯތަކުން ފެންނަގޮތުގައި، ޑެލިވަރީ ކުރުމުގެ މަސައްކަތުގައި ވޮލަންޓިއަރުންނާއިއެކު، މަހްލޫފްވެސް ދަނީ ހަރަކާތްތެރިވެ ވަޑައިގަންނަވަމުންނެވެ.

މާލޭގައި ކޯވިޑް-19 ފެތުރެން ފެށުމާއެކު މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން އެންމެ ބޮޑު ބުރުލެއް އެރީ ދުވަހުން ދުވަހަށް އާންމުންނަށް ބޭނުންވާ ސާމާނު ފިހާރަކުން ޑެލިވަރ ކޮށްދިނުމަށެވެ. ނަމަވެސް ފުލުހުންނާއި ސިފައިންނާއި ވޮލެންޓިއަރުންގެ އެހީއާއެކު މިހާރު ވަނީ އެ މައްސަލަ ވަރަށް ބޮޑަށް ހައްލު ކުރެވިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން