މަބްރޫކް
މަބްރޫކް
ބަންގްލަދޭޝްއާއި ނޭޕާލުގައި ތިބި 68 ދިވެއްސަކު އަނބުރާ ރާއްޖެ ގެނައުމަށް މިމަހުގެ 20 ވަނަ ދުވަހު ފްލައިޓެއް ހަމަޖައްސާފައިވާކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކް ވިދާޅުވީ ބަންގްލަދޭޝްގެ ސަރުކާރުގެ އެހީއާއިއެކު، ދިވެހިން ގެނައުމަށް ބަންގްލަދޭޝްގެ މިލިޓަރީ ފްލައިޓެއް ހަަމަޖައްސާފައިވާއިރު، މި ފްލައިޓްގައި ނޭޕާލްގައި ކިޔަވަން ތިބި 18 ދަރިވަރަކާއި، ބަންގްލަދޭޝްގައި ތިބި 51 ދިވެހި ދަރިވަރުން ގެންނާނެ ކަމަށެވެ. އެއީ ނޭޕާލްގެ ކަތަމަންޑޫ އެއަރޕޯޓުން ފުރަން އޮތް، ފްލައިޓް ކެންސަލް ވުމާއެކު، ނާދެވި ތިބި 17 ދަރިވަރަކާއި، ނޭޕާލުން އަންނަން ބޭނުންވެގެން އަންނަ 1 ކުއްޖަކު ކަމަށް މަބްރޫކްވަނީ ފާހަގަ ކުރައްވާފައެވެ.

މަބްރޫކް ވިދާޅުވީ ފްލައިޓް ދާނީ ނޭޕާލުން ދަރިވަރުން ނަގައިގެން ޑާކާއަށް ކަމަށާއި، ރާއްޖެއަށް އަންނާނީ ޑާކާއިން ކަމަށެވެ.

އޭގެއިތުރުން މަބްރޫކް ވިދާޅުވީ ބަންގްލަދޭޝްއާއި ރާއްޖެއާއި ދެމެދުގައި ކުރެވުނު މަޝްވަރާތަކާއެކު، ބަންގްލަދޭޝްއިން ރާއްޖެއަށް ދޭ އެހީއެއްގެ ގޮތުގައި އެގައުމުގެ ޞިއްޙީ ޚިދުމަތްތެރިންގެ ޓީމެއްވެސް މި ފްލައިޓުން ފޮނުވާނެކަމަށާއި، މިޓީމުގައި 10 ޞިއްޙީ މާހިރުން ހިމެނޭނެކަމަށެވެ.

ދިވެހިރާއްޖެއިން މިހާތަނަށް 34 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، ވެރި ރަށް މާލެއިން މިހާރު ވަނީ 14 މީހަކު ޕޮޒިޓިވްވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


5

އަަޖާއިބު

19-Apr-2020

އަޅެ އަންތަރީހެއް ނުވޭތަ! ކޮބާތަ އެކި އެކި ރަށްރަށުން އެކި ބޭނުންތަކަށް މާމާލެއައިސް ތިއްބާ ތާށިވެފައި ތިބި ދިވެހިން. ާ އެމީހުން އެއުޅެނީ ކިހާދަތިކޮށް. ޜަމަޟާން މަސް ބޯމަތިވެފައި އޮތް އިރު އެމީހުން އަތުން މާލޭގައި ކުލީ ކޮޓަރިތަކުގަ އަތްމަތި ދަތިވެގެން އުޅޭއިރު. ޢެކަމަށް ސަރުކާރުން ހައްލެއް ނެތީ ކީއްވެ. ޙަގިގަތުގައި ސަރުކާރުން ލޮކްޑައުން ވެފައި އޮތްނަމަވެސް އިންތިޒާމެއް ހަމަޖައްސާ ރަށް ރަށަށް ނުފެވި ތިބި ރިޒޯޓް މޔވަޒަފުނާއި މާލޭގައި އެކި ކަންކަމަށް އައިސްތާށުވެފައި ތިބި މީހުން ވަކި އުސޫލެއްގެ މަތިން ގެންދަން


5

ާއަލީ

19-Apr-2020

ކީއްވެގެންތޯ ރާއްޖޭގެ ރައްރަށުން މާލެ އައިސް ތިބި ހާލުގެ ޖެހިފައި ތިބި ދިވެހީން އެމިީހުންގެ ރައްތަކަށް ގެންދާން ފްލައިޓް ހަމަ ނުޖެއްސެނީ.ވިހަން އައިސް ނުދެވިފަ ކުލީ ކޮޓަރިތަކުގަ އުޅުމަކީ ކިހާ އުނދަގޫ ކަމެެއްކަން ތިބޭފުޅުން ނުދައްނަނީ ކިީއްވެގެންތޯ! ކުރިއަށް މި އޮތީ ރޯދަމަސް



ޓްރެންޑިން