(ކުރީގެ އަދަދާއި ގުޅޭ)
[ތެދެއް ޝަހްލާ އެބުނީ....ތިހެދުން ތާރާޔާ ވަރަށް ގުޅޭ.....] ތާރާގެ މަންމަ ޞަފޫރާވެސް ތަޢުރީފް ކުރިއެވެ. ތާރާ އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއެވެ.
[ހިތް އަވަސްވަނީދޯ؟ އަދި ކައިވެނިކޮށްދޭ މީހުން އަންނަ ގަޑި ނުޖެހެޔޭ. ކެތްތެރިވޭ...ދެން މާގިނައިރުތަކެއް ނުވާނެ.] ޝަހްލާ ދިމާކޮށްލިއެވެ. ތާރާ ގަޑިއަށް ބަލައިލިއެވެ. ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ ތާރާގެ ގޭގައެވެ.
ކައިވެނި ކުރުމަށް ހަމަޖެހިފައިވާ ވަގުތަކީ ހަތެއް ޖަހާއިރެވެ. ބޯޅަދަނޑުގައި ޕާޓީގެ ޙަފްލާގެ ފެށުން ހަމަޖެހިފައިވަނީ އަށެއް ޖަހާއިރުއެވެ.
މި އުފާވެރި ރޭގެ އެންމެ އުފާވެރި ވަގުތާ ކުރިމަތިވާއިރުވެސް އަރްފާން އެހުންނަނީ ކޮންމެވެސް ހާސްކަމެއްގެ ތެރޭގައެވެ. ހީވާކަހަލައެވެ. މިރެޔަކީ އޭނާގެ ޙަޔާތަށް އަންނަ މާ އުފާވެރި، ފާހަގަކުރެވޭނޭ ރެއެއް ނޫނެވެ. ނުވަތަ މިރޭ ދިމާވެދާނޭ ކަމަކާމެދު އޭނާގެ ފިކުރުބޮޑުވަނީއެވެ.
[އަރުފާން...ކޮންމެވެސް ކަމަކާ ކަންބޮޑުވެފައި ހުންނަހެން ހީވަނީ. އަނެއްކާ އަހަންނާ އިނުމަކީ މަޖުބޫރީ ޙާލަތެއްގައި ކުރަން އުޅޭ ކަމެއްތަ؟] ކޮޓަރިތެރޭ ފިކުރުބޮޑުވެފައި އޮތް އަރްފާން ސިހުނީ ކުއްލިއަކަށް ކޮޓަރިއަށް ވަން ތާރާގެ އަޑުންނެވެ.
[އަހަރެންގެ ހުރިހާވެސް ފިކުރަކީ މިރޭ އަހަންނަށް ލިބެން މިއުޅޭ އުފަލަކީ އަހަރެންގެ ޙަޔާތުގެ ދާއިމީ އުފަލަކަށް ނުވެދާނެތީ ކުރެވޭ ފިކުރު. ހިތަށްއަރަނީ، ތާރާ ކޮންމެވެސް ދުވަހަކުން އަހަރެންގެ މަތިން ފޫހިވެ، އަހަންނާ ވަކިވެދާނެޔޭ....އަޅެ ތާރާ އަހަންނާ ވަކިނުވައްޗޭ. އަހަރެން ތާރާދެކެ ވަރަށް ލޯބިވޭ.] އަރުފާން ތާރާގެ އަތުގައި ހިފައި އޭނާގެ ގާތަށް ލަފާލިއެވެ.
[އިރާދަކުރެއްވިއްޔާ ދުވަހަކުވެސް އަހަރެން އަރުފާނާ ވަތްކެއް ނުވާނަން. ތިހެން ހިތަށް އަރުވާކަށްވެސް ނުވާނެ. ދަރިފުޅުމެންނޭ ގަޑިޖެހިއްޖެ. އަވަހަށް ނިކުމެގެން އާދޭ.] ތާރާގެ ވާހަކައިގެ ތެރެއިން މަންމަގެ އަޑު އިވުނެވެ. ތާރާއާއި އަރުފާން ތެޅިގެންފައި ބޭރަށް ނިކުތެވެ. އޭރު ޤާޟީއާއި ހެކިވެރިން އައިސް ތިއްބެވެ.
ކައިވެނި ކުރެވުނުއިރުވެސް އަރުފާން ހުރީ ވަރަށް ބޮޑަށް ހާސްވެ ކަންބޮޑުވާފަދަ ގޮތަކަށެވެ. ބެލެވޭގޮތުން ކުރިމަތިލާން ޖެހިދާނެ ކަމަކަށް އޭނާގެ ފިކުރު ހިންގެނީއެވެ.
ކައިވެނި ޕާޓީގެ ފޯރިގަދަ ޙަފްލާ ފެށުނީ އަށެއް ޖެހިއިރެވެ.
ގިނަ ޢަދަދެއްގެ ބަޔަކަށް ދަޢުވަތު އެރުވިފައިވާ ޕާޓީއަކަށްވުމުން، އެކި މިޒާޖުގެ ތަފާތު ޢުމުރުގެ މީހުން އަންނާނެކަން އެނގޭތީ، އަރުފާންގެ ނަޒަރު އަބަދުވެސް ހުއްޓިފައި ހުންނަނީ މެހްމާނުން ވަންނަން ހަމަޖެހިފައިވާ ދޮރާ ދިމާއަށެވެ.
އަރުފާން އެންމެ ކަންބޮޑުވީ ފޮޓޯ ކެމެރާއެއް ކޮނޑުގައި އަޅުވައިގެން އައިސް ފޮޓޯގްރާފަރަކު އައިސް ވަނީމައެވެ. ހަމަގައިމުވެސް އެއީ އެއްވެސް ވަރަކަށް އޭނާ ކުރަން ބޭނުންވާ ކަމެއް ނޫނެވެ. އެކަމުގެ ސަބަބުން ފަހަރުގައި އޭނާގެ މި އުފާވެރި ދިރިއުޅުމުގައި ނިމުމުގެ ސިއްކަވެސް ޖެހިދާނެއެވެ.
[ތާރާ؟ ކާކުތަ ފޮޓޯގްރާފަރަކަށް ދަޢުވަތު ދިނީ. ހަމަގައިމުވެސް އަހަރެން ފޮޓޯގްރާފަރަކަށް ނުކިޔަން.] އަރުފާން ކަންބޮޑުވިއެވެ. އެހެން ނަމަވެސް، އޭނާ ކަންބޮޑުވުމުގެ އަސަރެއް ތާރާއަކަށް ނުދައްކައެވެ.
[ބައްޕަ...އަހަރެން އަޑުއެހިން ފޮޓޯނަގާ މީހަކު ގެންނަ ވާހަކަ ބައްޕަ ދައްކަނިކޮށް....އަނެއްކާ ފޮޓޯ ނަގަން އަރުފާން ހިތްހަމަނުޖެހެނީތަ؟] ތާރާ އަރުފާންގެ މޫނަށް ބަލައިލިއެވެ.
[ނޫނޭ...މައްސަލައެއް ނެތް. ފޮޓޯ ނެގިޔަސް. އެކަމަކު ފޮޓޯ ނެގުމަކީ އަހަރެން އެހާ ގަޔާވާ ކަމެއް ނޫން. ދެން އަޅާނުލާ.....] އެއީ ފޮޓޯގްރާފަރު ކެމެރާ އަރުފާނާ ދިމާއަށް ދިއްކުރުމަށްފަހު ފްލޭޝް ކަނޑާލި ވަގުތެވެ.
[އަހަރެން ނުވެސް އަރާނެ ފޮޓޯއަކަށް.] ސަމާސާ ރާގެއްގައި އަރުފާން ފޮޓޯނަގާ މީހާ އާދެ! އިދުރީހާ ވާހަކަ ދެއްކިއެވެ.
[މުސްކުޅިން ބުނާތީ އަޑުއަހަން، ޖިންނީން ފޮޓޯއަކަށް ނާރާނެޔޭ. ތިޔައީވެސް ޖިންނިއެއްދޯ.] އިދުރީސް އަނެއްކާވެސް ފޮޓޯއެއް ނަގަމުން އަރުފާންގެ ސަމާސާގައި ބައިވެރިވިއެވެ.
[ޖިންނި ފޮޓޯއަށް ނާރާ ވާހަކަ އެބުނަނީ ޖިންނިން އެ އެއްޗެހިތަކުގެ އަޞްލު ސިފައިގައި އުޅޭއިރު. އިންސާނެއްގެ ސިފައިގައި އުޅޭއިރު އިންސާނުންގެ ހަމަޔަށް ޖިންނިވެސް ފެތޭނެ.] އަރުފާން ކިޔައިދިނެވެ. އަރުފާން ހީވަނީ ދަންނަ މޮޅު ފަންޑިތަވެރިއެއް ހެންނެވެ.
އަރުފާނާއި ތާރާގެ ކައިވެނީގެ ޙަފްލާ އެރޭ ނިމިދިޔައީ ވަރަށް އުފާވެރި ޙަފްލާއެއްގެ ގޮތުގައި ކުރިއަށް ދިޔުމަށްފަހުގައެވެ.
[މިރެއަކީ ކިހާ އުފާވެރި ރެއެއް. މިރެއަށްފަހު އަހަރެންގެ މުޅި ދިރިއުޅުން މިވަނީ ވަރަށް ބޮޑަށް ބަދަލުކުރަން ޖެހިފައި. އުނދަގޫތަކެއް ކަޑައްތު ކުރަން ޖެހުނަސް އަހަރެން އެގޮތަށް ބަދަލުވާނަން.] އާ ކައިވެނީގެ ރެޔަށްޓަކައި ތައްޔާރު ކުރެވިފައިވާ ކޮޓަރީގައި އޮވެ އަރުފާން ތާރާއާ ވާހަކަ ދެއްކިއެވެ.
[އަރުފާން....ތިދައްކަނީ ކޮން ބަދަލެއްގެ ވާހަކަތަ؟ އަރޫ ތިކިޔާ އެއްޗެއްގެ މާނައެއް އަހަންނަކަށް ނުވިސްނޭ.....] ޙަޤީޤަތުގައިވެސް ތާރާއަކަށް ނުވިސްނެއެވެ.
[ތާރާ މީހަކާ އިނީކީ ބޮޑުވެ ތަޞައްރަފު ފުދިގެނެއް ނޫންދޯ؟ ކައިވެންޏަށްފަހު އަހަންނަކަށް ކުރިން އުޅެމުން އައިގޮތަށް ފައިސާއިން ކުޅިވަރު ކުޅެމުން، އެއްވެސް ހަމައެއް ލަމައެއްނެތި ޚަރަދުތައް ކުރަމުންނެއް ނުދެވޭނެ. މިކަހަލަ ކިތަންމެ ކަމެއް ޖެހޭނެ ބަދަލުކުރަން.] އަރުފާން ބުންޏެވެ.
[ތިޔައީ ދެން އެހާވަރަށް ވިސްނަންޖެހޭ ކަމެއްތަ؟ ދެން ހިނގާބަލަ ނިދަން....] ތާރާ ނިދަން އޮށޯތެވެ. ތާރާ ނިދަން އޮށޯތުމާއެކު، އަރުފާން ހުސްނުހީނާ ގަހާ ދިމާއަށް ހުރި ކުޑަދޮރު ހުޅުވާލިއެވެ. އެޔާއެކު ހިތްގައިމު ވައިރޯޅިއަކާއެކު ހުސްނުހީނާ މަލުގެ ވަސް މުޅި ކޮޓަރިއަށް ފެތުރިގެންދިޔައެވެ.
އެރޭ ފާއިތުވެގެންދިޔައީ އެދެމަފިރިންނަށް ނުހަނު އުފާވެރި އިޙްސާސީ ރެއެއްގެ ގޮތުގައެވެ.
[ވަރަށް އުފާވެފައިދޯ ތިހުންނަނީ....ކޮބާ އަރުފާން؟] ޝަހްލާ ވާހަކަ ދެއްކީ ތާރާއާއެވެ. އެއީ ޖެހިގެން އައި ދުވަހުގެ ހެނދުނެވެ.
[ދެން އުފާވާނެތާ....ދެން ޝަހްލާވެސް މީހަކާ އިންނަންވެއްޖެކަންނޭނގެ. ހުޝާމް ފަހުން ނުގުޅާތަ؟] ތާރާ އެއްސެވެ.
[އަހަރެން ނޫނެކޭ ބުނީމަކާ ދެނެއް ނުގުޅާނެއެއްނު.] ޝަހްލާ ތާރާ އިން ސޯފާގެ އެއްކޮޅުގައި އިށީނެވެ.
[ޝަހުލާ ކީއްވެތަ ނޫނެކޭ ބުނީ. ހުޝާމަކީ ގޯސް މީހެއް ނޫނޭ.] ތާރާ ބޭނުންވަނީ އޭނައެކޭ އެއްފަދައިން ރަޙްމަތްތެރިޔާވެސް ޒަވާޖެއް ފަށައި، އުފާވެރި ދިރިއުޅުމެއްގައި އުޅޭ މަންޒަރު ދެކޭށެވެ.
[މީހަކު ހަމަ ރައްޓެހިވާން އަހާއިރަށް، ނުވާނެ ރައްޓެހިވާކަށް. އަހަރެން އޭނާ ގާތަކު ނުބުނަންދޯ ސީދާ ރައްޓެހިނުވާނަމެކޭ. އަހަރެން ބުނީ ވަގުތު ބޭނުންވާނޭ، އަހަރެން ޖެހޭނޭ ވިސްނަން. ވިސްނާފައި ޖަވާބެއް ދޭނަމޭ.....] ޝަހްލާ ބުންޏެވެ.
[މިހާރު ވިސްނައިފިންތަ.....؟]
[ވިސްނަމުން މިދަނީ. އޭނާގެ ކިބައިގައި ހުރޭ އަހަރެން ލައިކްވާ ސިފަތަކެއް. ސިފަތަކެއް ހުއްޓަސް އެބަޖެހޭ މިޒާޖާއި އޭނާގެ ދިރިއުޅުމަށް ބަލަން. އަހަރެން ދިނިން މުހުލަތެއްވެސް. ކޮބައިތަ އަރުފާން؟] ޝަހުލާ ކޮންމެ ކަމެއް ކުރިޔަސް ކުރަނީ ވަރަށް ބޮޑަށް ވިސްނުމަށްފަހުގައެވެ.
[އަރުފާން ދިޔައީ ވަޒީފާއެއް ލިބޭތޯ. ރޭބުނި ހެރެތެރެއަށް އެޕްލައި ކުރާ ވާހަކަ. ހެނދުނު ދިޔަގޮތަށް އަދި ޚަބަރެއްނުވޭ. ވަޒީފާ ހަމަނުޖެހިއްޖެއްޔާ މިރަށު ދޯންޏަކުން މަހަށްދާ ވާހަކަ ބުނި.] ތާރާ ބުންޏެވެ.
[ލާރި ލިބެންޏާ ކޮންމެ މަސައްކަތެއްވެސް ރަނގަޅު. މައްސަލައަކީ އެކަށީގެންވާ ގޮތަށް ލާރި ހޯދަން މަސައްކަތް ނުކުރެވޭތީ.] ޝަހްލާ ބުންޏެވެ. އެއީ އަރުފާން ގެޔަށް އައިސް ވަން ވަގުތެވެ. އޭނާ އައިސް ދެއްކީ ހެރެތެރޭގެ މުސާރަތައް ކުޑަ ވާހަކައާއި، އެމުސާރަ ހޯދަން އެތަނުގެ ވަޒީފާއަކަށް އޭނާ ދާން ބޭނުންނުވާ ވާހަކައެވެ.
[އަހަރެން ނިންމައިފިން، މަހަށް ދާން. އަހަރެން މިއައީ އިބްރާހީމް ކެޔޮޅާ ވާހަކަ ދައްކާފައި. އޭނާ އެއްބަސްވެއްޖެ، އެދޯނިން އަހަރެން ގެންދަން.] އަރުފާން ބުންޏެވެ. އެކަމަކު އެއީ އަރުފާނާ ތާރާ ރައްޓެހިވެގެން އުޅުނު ދުވަސްވަރު އޭނާ އެއްވެސް ވަރަކަށް ވިސްނި މަސައްކަތެއް ނޫނެވެ.
[އެންމެ ރަނގަޅު...ދިރިއުޅުމަށް ބޭނުންވާ ފައިސާ ވައްކަން ނުކޮށް ހޯދަންޏާ، އަހަރެންގެ އެއްވެސް މައްސަލައެއް ނެތް. ހިނގާ ސައިބޯން...ޝަހްލާވެސް ދާންވާނީ ސައިބޮއިގެން.] ތާރާ ބަދިގެފަރާތަށް ދިޔުމަށްޓަކައި ހިނގައިގެންފިއެވެ.
ކައިވެނީގެ ގުޅުމަށްފަހު އަރުފާން އެންމެ ބޮޑަށް ބޭނުންވަނީ ވަކި ދިރިއުޅުމެއް ފަށްޓާށެވެ. ނަމަވެސް އެއީ ތާރާ ރުހޭކަމަކަށް ނުވާނެއެވެ. ތާރާއަކީ ޝަފީޤާއި ޞަފޫރާގެ ހުރި ހަމައެކަނި ދަރިފުޅު ކަމަށްވުމާއެކު، މަންމައާއި ބައްޕަ އެކަނި ދޫކޮށްލާފައިދާކަށް ފަހަރެއްގައިވެސް ތާރާ ބޭނުމެއް ނުވާނެއެވެ.
އެހެން ނަމަވެސް، ތާރާގެ މައިންބަފައިންނާއެކު އެގޭގައި އުޅޭނަމަ، އޭނާއަށް ވަރަށް ބޮޑެތި ތުރާތަކާ ކުރިމަތިވާނެއެވެ. ދިރިއުޅުމާއިގެން ކުރިއަށްދާ ވަރަކަށް އުނދަގޫ މައްސަލަތަކެއް ނިކުންނާނެއެވެ.
އެހުރިހާ ކަމަކަށްވެސް ވިސްނަން ޖެހޭނީ އޭނާއަށް އެކަންޏެވެ.
ޖެހިގެން އައި ދުވަހު ކެޔޮޅު އިބްރާހީމާއެކު އަރުފާން މަހަށް ދިޔައެވެ. އެދުވަހުވެސް އެދޯނި ރެކޯޑު ޢަދަދަކަށް މަސް ބޭނިއެވެ. ދުވަހަކުވެސް މަހަށްނުދާ އާމީހަކަށްވިޔަސް، އެދުވަހު އެދޯނިން އެންމެ ގިނައިން މަސްބޭނީ އަރުފާނެވެ. އަރުފާންގެ ފެންވަރާއި މަސްބޭނި ސްޕީޑާމެދު އެދޯނީގެ ހުރިހާ ފަޅުވެރިންވެސް ޢަޖައިބުވެ އެވާހަކަ ދެއްކިއެވެ.
[ކަލޭ ކުރިންވެސް މަސްވެރިކަން ކުރިންދޯ؟ އަހަރެމެންނަކަށް ހިއެއްނުވޭ، ތިޔައީ އާ މީހެއް ހެނެއް. އަރުފާން ހީވަނީ މެޝިނެއް ޖައްސާލިހެން.] ކެޔޮޅު އިބްރާހީމް ވަތްފުރާ މަސް ބޭނުމަށްފަހު ދޯނި އަނބުރާލަމުން އަރްފާނާ މުޚާޠަބު ކުރިއެވެ.
[އަހަރެން ދުވަހަކުވެސް މަހަކަށް ނުދަން. އެކަމަކު އަހަރެން އަޑުއަހަން، މަސްބޭނުމަކީވެސް ހުނަރެކޭ، މިހެން ބުނާތީ. އެކަނި މަސްވެރިކަމެއް ނޫން، އަހަރެން ކޮންމެ މަސައްކަތެއްވެސް ކޮށްފާނަން. މިހާރުވެސް ދޯނީގެ ހުންގާނުދީބަލަ. އަހަރެން ބޯޓަށް ކައިރިކޮށް، ބޯޓުން ނިމިގެން ރަށުފަޅަށްވެސް ވައްދައިދޭނަން.] ފަޚުރުވެރިވާފަދަ ގޮތަކަށް އަރުފާން މިހެން ބުނީމާ، ކެޔޮޅު އޭނާއާ ހުންގާނު ޙަވާލުކުރިއެވެ.
ނަޞީބު ދިމާކުރިގޮތުން ވަރަށް ކުރިއްސުރެން ތާރާއާމެދު ވިސްނައި ދެފަހަރެއްގެ މަތިން ތާރާގެ ލޯތްބަށް އެދި ހުށަހަޅައި ނާކާމިޔާބާ ކުރިމަތިލާން ޖެހުނު ޒުވާނެއް ކަމުގައިވާ ޙަސަނަކީވެސް އެދޯނީގެ ދުވަސްވީ ފަޅުވެރިއެކެވެ.
އަރުފާން ދޯނި ބޯޓާ ކައިރިކުރި ގޮތުންވެސް އެންމެނަށް ޙައިރާންކަން ލިބުނެވެ. އެދޯނީގެ މާކެޔޮޅަށްވުރެން އޭނާ މާ ކުޅަދާނައެވެ.
[އަރުފާން ބުނަން....ކަލޭ ތީ އާދަޔާ ޚިލާފު މީހެއް. އަބަދުވެސް ވާނެ، މިދޯނިން މަހަށްދާން.] މަސް ކިރުވައި ނިމި ރަށާ ދިމާއަށް މިޞްރާބު ބަދަލުކޮށްލަމުން ކެޔޮޅު ވާހަކަ ދެއްކިއެވެ. އޭރު ޙަސަނާއި އަރުފާން މަސް ކަނޑަނީއެވެ. އަރުފާނަށް ހުރެވުނީ ސީދާ ޙަސަނާ ކުރިމަތިވާ ގޮތަށެވެ. ޙަސަނަށް ބެލެނީ އަރުފާންގެ އަތުގެ ޙަރަކާތްތަކަށެވެ. އާދަޔާ ޚިލާފު ޙައިރާންކުރުވަނިވި މަންޒަރެއް ޙަސަނަށް ފެނުނީ އެވަގުތެވެ.
މަސްކަނޑަމުންދިޔަ ވަގުތު ތޫނުވަޅި ކައްސާލައިގެން ގޮސް އަރުފާންގެ އަތުގެ މުލައްދަނޑިން ފަސް އިންޗިއަށްވުރެން ބޮޑަށް ކަފައިގެންދިޔަ މަންޒަރުން ޙަސަނަށްވެސް ސިހުން ލިބުނެވެ. ހަމައެޔާއެކު ފެނުނީ ވަޅި ބާއްވާލުމަށްފަހު، އަރުފާން މަޑުމަޑުން ކަނޑައިގެންދިޔަ ތަނުގައި ކަނާއަތުގެ ހުދުހަން ކާއްތާލިތަނެވެ. އެޔާއެކު އެމަންޒަރު ބަލަންހުރި ޙަސަނުގެ ދެލޯ ބޮޑުވިއެވެ. އޭނާ އިންތިހާއަށް ބިރުވެސްގެންފިއެވެ. މިހާރު އަރުފާނުގެ އަތަކު ކަނޑައިގެންދިޔަ ތަނެއް ނެތެވެ. އަތުގައި ޒަޚަމެއް ލެވުނުހެނެއްވެސް ހިއެއްނުވެއެވެ. ޙަސަނު ހުރީ ގަނޑުވެފައިވާފަދަ ގޮތަކަށް އެމަންޒަރު ބަލާށެވެ. އޭނާ އެގޮތަށް ބަލަން ހުއްޓާ އަރުފާން މަސްކަނޑާ ނިންމުމަށްފަހު ތަށްޓުމައްޗަށް ފެންޖަހަން ފެށިއެވެ.
[ޙަސަނާ ކަލޭ ތިހުރީ ކިހިނެއްވެފައި.] ޖެހި ބުދެއްހެން އިން ޙަސަނަށް ގޮވާލުމަށްފަހު ކެޔޮޅު އިބްރާހީމް ބުންޏެވެ. ނަމަވެސް ޙަސަނަށް އަޑު އިވުނުހެނެއްވެސް ހިއެއްނުވެއެވެ. އޭނާ އެއިންގޮތަށް އިނެވެ.
[ބަލަ ޙަސަނާ...ކަލެޔަށޭ މިގޮވަނީ. އަވަހަށް ތި މަސްކަނޑާ ނިންމާލަބަލަ.] ދެންވެސް އިބްރާހީމް ޙަސަނާ ވާހަކަ ދެއްކިއެވެ. ނަމަވެސް ޙަސަނު ގުޑާވެސްނުލިއެވެ. އޭނާ އެއިންގޮތަށް އިނީއެވެ. ޙަރަކާތް ހުއްޓިފައެވެ.
[ޙަސަނާ ތި މަސްކަނޑާ ނިންމާލަބަލަ. އަނެއްކާ ކިހިނެއްވެފައިތަ ތިއިނީ. އިދުރީސް ޙަސަނު ކައިރިއަށް ޖެހިލާފައި، އޭނާއަށް ވެފައި އިންގޮތެއް ބަލާލަބަލަ.] ކެޔޮޅު މިހެން ބުނީމާ އިދުރީސް ޙަސަނާ ކައިރިއަށް ޖެހިލުމަށްފަހު ޙަސަނުގެ ދެކޮނޑުގައި ހިފައި ތަޅުވައިގަތެވެ. އެޔާއެކު ޙަސަނުގެ އެއްވެސް ޙަރަކާތެއް ނެތްކަން އިދުރީހަށް އެނގުނެވެ.
[ޙަސަނާ....ޙަސަނާ....] އެވަގުތު މުޅި ދޯނީގެ ހުރިހާ ފަޅުވެރިންހެން ޙަސަނާ ދިމާއަށް ބޮނޑިވެގެންފިއެވެ. ވަގުތުން އެމީހުން ޙަސަނު ގޮވައިގެން ދިޔައީ ހިތަދޫގައި ހުންނަ ހޮސްޕިޓަލަށެވެ. ނަމަވެސް އެމީހުންނަށް ހޮސްޕިޓަލަށް ގެންދެވުނުއިރު ޙަސަނު އޮތީ މަރުވެފައެވެ.
[މިތަނަށް ގެނެވުނުއިރުވެސް ޙަސަނު އޮތީ މަރުވެފައި.] ޙަސަނުގެ ހަށިގަނޑު ބެލުމަށްފަހު ޑޮކްޓަރު ބުންޏެވެ.
މަސްވެރިކަމަށް ނިކުމެ އުޅުމުގެ ތެރޭގައި މަދުން ނަމަވެސް މިފަދަ މަރުގެ ޙާދިޘާތައް ހިނގައެވެ. ހަމަގައިމުވެސް ޙަސަނަށް ވީގޮތެއްވީ އަރުފާނުގެ ކިބައިން ފެނުނު އާދަޔާ ޚިލާފު ކަންތައްތަކަށްފަހުގައެވެ.
[އަރުފާން ފުރަތަމަ އެދޯނިން މަހަށްދިޔަ ދުވަހު އެދޯނިން މީހަކު އެ މަރުވީ...ކިހިނެއްތަވީ؟] އަރުފާން ފެންވަރައިގެން ނިކުތުމާއެކު ތާރާ ވާހަކަ ދެއްކިއެވެ.
[އަހަރެންގެ ކުރިމަތީގައި އޭނާ މަސްކަނޑަން އިން. އޭނާ އިނީ އަހަރެންގެ ޙަރަކާތްތަކަށް ވަރަށް ރަނގަޅަށް ބަލަން. އެހެން އިންދާ އަހަރެން މަސްކަނޑާ ނިންމާލުމަށްފަހު ތެދުވީ. އޭރުވެސް އޭނާ އިން.] އަރުފާން ކިޔައިދިނެވެ.
އެދޯނީގެ ދުވަސްވީ ފަޅުވެރިއަކު ކުއްލިއަކަށް ނިޔާވުމާ ގުޅިގެން، ޖެހިގެން އައި ދުވަހު އެދޯނި މަހަކަށް ނުދެއެވެ.
ޙަސަނުގެ މަރުގެ ޙާދިޘާގެ ވާހަކައަށްވުރެން އެދެދުވަހު ދޯނީގެ ގިނަ ފަޅުވެރިން ދެއްކީ އަރުފާނުގެ ކުޅަދާނަކަމުގެ ވާހަކައެވެ. އެންމެންވެސް ފާހަގަކުރަނީ އަރުފާނަކީ އާދަޔާ ޚިލާފު ޒުވާނެއްގެ ގޮތުގައެވެ.
ނަމަވެސް އެއްވެސް މީހަކު އަރުފާނުގެ ޙަޤީޤަތް ހޯދައި، އަރުފާނުގެ ކިބައިގައިވާ ސިފަތައް ބަލާކަށް ނޫޅެއެވެ.
[އަހަރެންގެ ކިބައިގައި އުނި ސިފަތަކެއް ހުއްޓަސް މިހާރު ދެން އެނގޭހާ ދުވަސްވެއްޖެއެއްނު. އަދިވެސް އަހަންނަށް ޖަވާބެއްދޭކަށް ނުވޭތަ؟] ހުޝާމް ވާހަކަ ދެއްކީ ޝަހްލާއާއެވެ. އޭނާ ޝަހްލާއާ ވާހަކަ ދެއްކީ ޝަހްލާގެ ގޭ ދޮރުމަތީގައި ހުރެއެވެ.
[ރަނގަޅު...މިހާރު އަހަރެން ވަރަށް ބޮޑަށް ވިސްނަމުން މިދަނީ. އެކަމަކު...އަހަރެން ޖަވާބުދޭނީ މަންމައާވެސް ވާހަކަ ދައްކާފައި.] ޝަހްލާ ބުންޏެވެ.
[މަންމަޔާ ވާހަކަ ދައްކާފައޭ!؟ ފަހުންވެސް މަންމަޔާ ވާހަކަ ދެއްކިދާނެއެއްނު. މާނަޔަކީ މަންމަ އޯކޭ ނުދެންޏަކާ ނުވާނޭދޯ؟] ހުޝާމް މާޔޫސްވިއެވެ.
[ނޭނގެދޯ؟ އެކަމަކު މަންމަ ގާތުގައި ބުނެފައި އަހަރެން ޖަވާބެއް ދޭނަން.] ޝަހްލާ އިސްއުފުލައި ހުޝާމްގެ މޫނަށް ބަލައިލިއެވެ. އޭރު ހުޝާމް ހުރީ ނުހަނު ޢިޝްޤީ އަސަރުގައި ޝަހްލާއަށް ބަލާށެވެ. ވުމާއެކު ޝަހްލާއަށް ލަދުން އިސްޖަހާލެވުނެވެ.
[އަހަރެން ވަންނަނީ....މަންމަ ގޮވާއަޑު އެބައިވޭ.] ޝަހްލާ އެތެރެއަށް ވަނެވެ. އެދުވަހު ޝަހްލާ އޭނާގެ މަންމަ ޙުސްނާ ގާތު ހުޝާމްގެ ވާހަކަ ދެއްކިއެވެ. ޙުސްނާ ބުނީ ޝަހްލާއަށް ފެންނަ މީހަކު ދިރިއުޅުމަށް ގެނައުމުގެ ފުރިހަމަ އިޚްތިޔާރު، ޝަހްލާއަށް އޮންނާނެ ކަމަށާއި، އެހެން ނަމަވެސް، އެކުއްޖެއްގެ އުޅުމަށް ބަލަންޖެހޭނެ ކަމަށެވެ.
[ޒަވާޖީ ޙަޔާތެއް ފެށްޓުމަށްޓަކައި ބައިވެރިޔަކު އިޚްތިޔާރު ކުރާއިރު، ވަރަށް ބޮޑަށް ވިސްނަންޖެހޭނެ. އެކުއްޖެއްގެ އަޚްލާޤަށް ބަލަންވާނެ. އެކުއްޖަކީ ދަރިފުޅު ގޮވައިގެން އުޅެވޭވަރުގެ ޤާބިލު ކުއްޖެއްތޯ ބަލަންވެސްވާނެ. ދަރިފުޅުގެ މިޒާޖާ ގުޅޭ މީހަކު އެނގޭނީ ހަމަ ދަރިފުޅަށް. މަންމަގެ އެއްވެސް މައްސަލައެއް ނެތް.] ޙުސްނާ ބުންޏެވެ.
[މަންމާ އަހަރެންވެސް ބައިވެރިޔަކު އިޚްތިޔާރު ކުރާނީ އެވަރު ބަލާފައޭ.] މިހެން ބުނެފައި ޝަހްލާ ގޮސް ކާކޮޓަރިއަށް ވަނެވެ.
ހުޝާމަކީ އަޚްލާޤު ރަނގަޅު، ތަޢުލީމީ ޒުވާނެކެވެ. އޭނާއަކީ ބައްޕައެއްގެ އެހީތެރިކަމަކާ ނުލައި މަންމަޔަކު ހުރިހާ ޚަރަދުތަކެއްކޮށް ބަލައި ތަރުބިއްޔަތު ކޮށްފައިވާ ހެޔޮލަފާ ޒުވާނެކެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން އޭނާގެ މަންމަ ވަރަށް ކުއްލިގޮތަކަށް ނިޔާވުމާ ގުޅިގެން އޭނާގެ ދިރިއުޅުން ރަށަށް ބަދަލުކޮށްފައި ވަނީ އޭނާގެ މަންމަގެ ހަނދާނުގައި މަންމަގެ ގޭގައި ދިރިއުޅުމުގެ މަޤްޞަދުގައެވެ.
ޝަހްލާގެ މަންމަ ހުޝާމާ ރުހުނު ކަމުގައިވިޔަސް ޝަހްލާގެ ބައްޕަ ފިރާޤުގެ ވިސްނުން ހުރިގޮތެއް އަދި ނޭނގެއެވެ.
[މަންމާ....ބައްޕަވެސް ވިސްނާނީ މަންމަ ތިޔަ ވިސްނާ ގޮތަށްބާ؟] ސައިބޯން އިނދެ ޝަހްލާ މަންމައާ ވާހަކަ ދެއްކިއެވެ.
[އާނ....ދަރިފުޅުގެ ބައްޕަގެ ޚިޔާލު ތަފާތެއް ނުވާނެ. ފިރާޤު އަބަދުވެސް ބުނޭ، ދަރިފުޅު ބޭނުން މީހަކާ ގުޅެން ދަރިފުޅަށް ފުރްޞަތު ދޭނަމޭ.]
ޙުސްނާ ޝަހްލާގެ ހިތްހަމަޖައްސައިދިނެވެ. ޙަޤީޤަތުގައިވެސް ޝަހްލާގެ ބައްޕަ ފިރާޤުގެ ވިސްނުންހުރީ އެގޮތަށެވެ.
އޭނާގެ ޒުވާން ޢުމުރުގައި ފުރަތަމަ ރައްޓެހިވީ އަންހެން ކުއްޖާގެ މައިންބަފައިން، އެމީހުންގެ ގުޅުމަށް ހުރަސްއެޅުމުގެ ސަބަބުން ދިމާވި ހިތްދަތިގޮތް އަބަދުވެސް އޭނާ ހަނދާން ހުރެއެވެ. ވުމާއެކު، އޭނާގެ ދަރިއަކަށް އެފަދަ ހިތްދަތިގޮތެއް މެދުވެރިވާކަށް އޭނާއަކަށް ނޭދެވޭނެއެވެ.
ފިރާޤަކީ ވަރަށް ޒުވާން ޢުމުރުން ފެށިގެންވެސް މިއަދާ ހަމައަޔަށްވެސް ބޭރުދަތުރުކުރާ މީހެކެވެ. މިހާރުވެސް އޭނާ ހުރީ ރާއްޖެއިން ބޭރުގައެވެ.
[މަންމާ ބައްޕަ ގާތު އަހަރެން ކުއްޖަކާ ރައްޓެހިވި ވާހަކަ ބުނާނީ ކައިވެންޏާ ހަމައަށް ދިޔައީމަ.....] ޝަހްލާ އެދުނެވެ. އެކަމަށް ޙުސްނާ އެއްބަސްވެސްވިއެވެ. ޙުސްނާއަކީ ފިރާޤާ އިނދެގެން ހުޅުދޫގައި ދިރިއުޅެމުންދާ ނޭކުރެންދޫ އަންހެނެކެވެ.
ޝަހްލާ ހުޝާމަށް އާނ ބަސް ބުނީ ޖެހިގެން އައި ދުވަހު ހުޝާމް އޭނާއަށް ގުޅީމައެވެ. ލިބުނު އުފަލާއެކު ހުޝާމަށް ފުން ނޭވާއެއް ލެވުނެވެ.
[ވަރަށް ވަރަށް އުފާވެއްޖެ. ތޭންކްސް ޝަހޫ. އަހަރެން ބޭނުން، މާދަމާ ޝަހޫއާ ބައްދަލުކުރަން ތިގެއަށް ދާން. އެންމެ ރަނގަޅުދޯ އަޔަސް.] ލިބުނު އުފަލާއެކު ހުޝާމް ވާހަކަ ދެއްކިއެވެ.
[އެންމެ ރަނގަޅު....މަންމަވެސް އުޅޭނެ. ބައްޕަވަނީ ރާއްޖެއިން ބޭރުގައި.] ޝަހްލާ ބުންޏެވެ.
އެދުވަހަކީ ޝަހްލާގެ ޙަޔާތަށްވެސް އައި އެންމެ އުފާވެރި އެއްދުވަހުގެ ގޮތުގައި ޝަހްލާގެ ޙަޔާތުގެ ޞަފްޙާތަކުގައި ލިޔެވިގެން ދިޔައެވެ.
ޙަޤީޤަތުގައި ޝަހްލާ ކިޔަވަން މާލޭގައި އުޅުނު ދުވަސްވަރުން ފެށިގެން ހުޝާމް އައީ ޝަހްލާއަށް ފާރަލަމުންނެވެ. ނަމަވެސް މާލެއިން ފެށިގެން ހުޝާމްގެ އެދުންތައް ބޮލާލާ ޖަހަމުން އައިސް މިހާރު ޝަހްލާ އެވަނީ ހުޝާމަށް އާނ ބަސް ބުނެފައެވެ. ހުޝާމް ކުރި ދިގު އިންތިޒާރެއްގެ ނިމުން އައީއެވެ.
[މަރުޙަބާ....ކުރިންވެސް އާއެކޭ ބުނިނަމަ. ހުޝާމް ނުލާހިކު ރަނގަޅުވާނެ. ރައްޓެހިވެގެން މާގިނަދުވަހު އުޅެން ހަދާނެ ކަމެއްނެތް. އަވަހަށް މެރީކުރަން އުޅޭ....] ޝަހްލާއަށް މަރްޙަބާ ކިޔަމުން ތާރާ ވާހަކަ ދެއްކިއެވެ.
[ނޫނޭ...އެކުގައި ދުވަސްކޮޅަކު އުޅެ ދަސްވީމާ ކައިވެންޏާމެދު ވިސްނާނީ. ކޮބާ އަރުފާން މަހަށް ދިޔައީތަ؟] ޝަހްލާއަކީ ކޮންމެ ކަމެއް ކުރިޔަސް، ދުރާލާ ވިސްނާ އަންހެން ކުއްޖެކެވެ.
[ހާދަ ބޯބޮޑު އަންހެނެކޭދޯ؟ ތިވަރަށް ވިސްނައިގެން ފިޔަވަޅު އަޅާނަމަ ލަނޑެއް ނުލިބޭނެ.] ތާރާއަށް މިހެން ބުނެވުނު ވަގުތަކީ އަރުފާން މަހުން އައިސް ގެޔަށް ވަން ވަގުތެވެ.
[މިއައީނު އަރުފާން...މިއަދު ކިހާ މަހެއް ބޭނުނު.] ޝަހްލާ އެހިއެވެ.
[އަހަރެން ގޮސްގެން މަސް ނުބޭނޭނެ ދުވަހެއް ނުވާނެ. މިހާރު ދޯނީގެ ވެރިން ބޭނުންވަނީ ދޯނިވެސް އަހަންނާ ޙަވާލުކުރަން. މިއަދުވެސް ވަތްފުރާ މަސް ބާނައިގެން މިއައީ.] ފަޚްރުވެރިވާފަދަ ގޮތަކަށް އަރުފާން ބުންޏެވެ.
[މިއަދު މީހަކު މަރެއްނުވޭތަ!؟] ޝަހްލާ އަރުފާނާ ދިމާކޮށްލިއެވެ. ޝަހްލާގެ އެޖުމްލައާއެކު ކުޑަކޮށް އަރުފާނަށް ސިހުން ލިބުނެވެ.
[މިއަދު އެކަހަލަ ހާދިޘާއެއް ދިމައެއްނުވޭ. އަހަރެންނަށް ހީވަނީ ޙަސަނު މަރުވީވެސް މާބޮޑަށް ލޯދިގުވީމަހެން.] މިހެން ބުނެފައި މަސްކޮޅު ހިފައިގެން އަރުފާން ބަދިގެއަށް ވަނެވެ. ޝަހްލާމެން އަރުފާން އެބުނި އެއްޗަކަށް މާބޮޑަކަށް ނުވިސްނައެވެ.
[ދަރިފުޅާ...ދަރިފުޅުމެންގެ ގެޔަށް މަސްކޮޅެއް ނުގެންދަނީތަ؟] ޞަފޫރާ ބަދިގެފަރާތަށް ބޯދިއްކޮށްލަމުން ބުނެލިއެވެ.
ކުއްލިއަކަށް ޞަފޫރާގެ އަޑުއިވުމުން އަރުފާނަށް ކޮންމެވެސްވަރެއްގެ ސިހުމެއް ލިބުނެވެ. ކައިވެންޏަށްފަހު އޭނާ އޭނާގެ މައިންބަފައިންނާމެދު އެއްވެސްވަރަކަށް ވިސްނާފައެއް ނުވެއެވެ. އެވަރަށް ސިހުން އައީ އެހެންވެގެންނެވެ.
[ނޫނޭ މިއަދު އެގެޔަށް މަހެއް ގެންދާނަން.] އަރުފާން ސިންކުތެރެއަށް އޭނާ ގެނައި ދެމަސްލުމަށްފަހު ބަދިގެއިން ނިކުމެއްޖެއެވެ.
[އެއްމަސް ކޮތަޅަށްލާފައި މަންމަ ބާއްވާނަން...އަރުފާން ފެންވަރައިގެން އާދޭ.] ޞަފޫރާ ބުންޏެވެ.
މިއާދައިގައި ދުވަސްތައް ފާއިތުވަމުން ގޮސް އަރުފާނާއި ތާރާގެ ޒަވާޖީ ޙަޔާތަށްވެސް އަހަރު ފުރެނީއެވެ. ނަމަވެސް، ފާއިތުވެދިޔަ އަހަރެއްހާ ދުވަސްތެރޭގައިވެސް ތާރާއަކަށް އަރުފާންގެ ކިބައިން އެއްވެސް އާދަޔާ ޚިލާފު އަސަރެއް ނުފެނެއެވެ. ނަމަވެސް އަރުފާންގެ އޯގާތެރިކަން ތާރާއަށް ވަރަށް ބޮޑަށް ފާހަގަކުރެވުނެވެ.
[އަރުފާން ކިހިނެއްތަ...ރަނގަޅުތަ؟] އަރުފާނާ ބެހޭގޮތުން ޝަހްލާ ތާރާއާ ސުވާލުކުރީ ތާރާގޭގެ ސިޓިންގރޫމްގައި ތިބެއެވެ.
[އަރުފާން ކަހަލަ ފިރިއަކު ނުލިބޭނެ. އެއީ ނަމޫނާ ފިރިއެއް. ވަރަށް އޯގާތެރި.] ތާރާ އަރުފާނަށް ތަޢުރީފު ކުރިއެވެ.
[އަދިވެސް ކުއްޖަކު ހޯދާކަށް ނުވޭތަ؟ ކުރީކޮޅު ކުއްޖަކު ހޯދީމާ ޒުވާން ޢުމުރުގައި ދަރިފުޅުވެސް ބޮޑުވާނެ.] ޝަހުލާ އެއްސެވެ.
[ކުއްޖަކު ހޯދޭނީ ދެމަފިރިންވެސް ބޭނުންވެގެން. ކުއްޖަކު ހޯދަން އަރުފާން ބޭނުންވާހެނެއް ހިއެއްނުވޭ. އަހަރެން ތަކުރާރުކޮށް އެވާހަކަ ދައްކައިފިން. އަހަރެން އެވާހަކަ ދައްކާއިރަށް އޭނާ ނަގަނީ މުޅިން އެހެން މައުޟޫޢެއް. އެއްވެސް ގޮތަކުން އެވާހަކަ ދެއްކިޔަކަ ނުދޭ. ނޭނގެ ކީއްވެގެން ކަމެއް.] ތާރާ ބުންޏެވެ. ޙަޤީޤަތުގައި ތާރާވެސް މިހާރު ކުއްޖަކު ބޭނުންވެއެވެ. ނަމަވެސް، އަރުފާން އަދި އެކަމަށް ބޭނުންވާހެނެއް ހިއެއް ނުވެއެވެ.
[އެކަމަކު މިހާރުވެސް އަހަންނަށް މާލަސްވެއްޖެ....ކައިވެންޏަށް އަހަރުވެގެން ދިޔައީ. އަދިވެސް އަރުފާނާ ވާހަކަ ދައްކާ...ކުއްޖަކު ލިބުނީމާ، ކައިވެންޏާމެދު އޮންނަ އިތުބާރުވެސް ބޮޑުވާނެ.] ޝަހްލާ އޭނާގެ ވިސްނުން ތާރާއާ ޙިއްޞާކުރިއެވެ.
[އަހަރެންވެސް މިހާރު ވަރަށް ބޭނުމޭ ކުއްޖަކު. މިރޭވެސް އަހަރެން އަރުފާނާ ވާހަކަ ދައްކާނަން.] ތާރާ ބުންޏެވެ.
ގިނަބަޔަކު ޤަބޫލުކުރާގޮތުގައި ކައިވެންޏަކަށްފަހު ކުއްޖަކު ލިބުމަކީ ކައިވެނީގެ ގުޅުން ވަރުގަދަވެ، ކައިވެނި ދާއިމީވުމަށް ބާރުއެޅޭނޭ ކަމެކެވެ. އެކަން ތާރާވެސް ޤަބޫލުކުރެއެވެ.
[ދެން އަހަރެން ކުއްޖަކު ހޯދާ ވާހަކަ ހުއްޓާލަބަލަ. ޝަހްލާ ހުޝާމާ އިންނަނީ ކޮންދުވަހަކުތަ؟] ތާރާ މައުޟޫޢު ބަދަލުކޮށްލިއެވެ.
[ބައްޕަ ރަށަށް އައީމަ ކައިވެންޏާ ބެހޭގޮތުން ވާހަކަ ދައްކާނީވެސް. އަދި އަހަރެމެން ބައްޕަ ގާތު ނުވެސް ބުނަން. މިހާރު މިއުޅެނީ ބައްޕަ ގާތު ބުނެގެން ރާއްޖެ އައިސްދޭށޭ.] ޝަހްލާ ބުންޏެވެ.
[އަދިވެސް ޝަހްލާ ހުޝާމާ ރައްޓެހިވެގެން އުޅޭ ވާހަކައެއްވެސް ނުބުނަންތަ؟ ތިގޮތަށް ސިއްރުކޮށްގެން ހުއްޓާ ފިރާޤުބެ އައިސް ކައިވެންޏަށް އިންކާރު ކޮށްފިއްޔާ ކިހިނެއް ހަދާނީ؟] ތާރާ ބުންޏެވެ.
[ބައްޕަ އެހެނެއް ނުވާނެ. ބައްޕަ އަހަރެން ކުރަން އުޅޭ ކަމަކަށް ހުރަހެއްނާޅާނެ. އަބަދުވެސް ބައްޕަ ބުނާތީ އަހަރެން އަޑުއަހަން، އެކުއްޖެއްގެ ޙަޔާތުގެ ބައިވެރިޔަކު އިޚްތިޔާރު ކުރާނީ އެކުއްޖަކު އަމިއްލައަށޭ.] ޝަހްލާ އޭނާގެ ބައްޕަޔަށް ކުރާ އިތުބާރު ބޮޑެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި އޭނާގެ ބައްޕަ އޭނާގެ އެފަދަ ކަމަކަށް ހުރަހެއްނާޅާނެއެވެ.
ރޭގަނޑުގެ ވަގުތެވެ. ތާރާ އޮތީ އޭނާގެ ކޮޓަރީގައި އަރުފާންގެ އިންތިޒާރުގައެވެ. އަރުފާން އޭނާގެ މަންމަ ގެޔަށޭ ކިޔާފައި ދިޔަތާ މިހާރު ކިތަންމެއިރެކެވެ.
[އަރުފާން އެދިޔައީ ކޮންތާކަށްބާ؟] އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން ތާރާ ތެދުވިއެވެ. އެއަށްފަހު އޭނާވެސް ކޮޓަރީގެ ކުޑަދޮރު ހުޅުވާލިއެވެ. އެޔާއެކު އޭނާއަށް ލިބުނީ ބޮޑު ޙައިރާންކަމެކެވެ. ހުސްނުހީނާ ގަސްދޮށުގައި ނިކަން ހަމަޖެހިލައިގެން އިނީ އަރުފާނެވެ.
[އަރުފާން ތިތާ ކީއްތިކުރަނީ. އަހަރެން އިންތިޒާރު ކުރާތާ މިހާރު ކޮންއިރެއް.] ތާރާގެ އަޑުން އަރުފާނަށް ސިހިފައި އެނބުރިލެވުނެވެ.
[ކިހާ ހިތްގައިމު ވަހެއް އެބަހުރި. ތާރާވެސް އާދޭ މިތަނަށް.] އަރުފާން ހިނިތުންވެލުމާއެކު އެދުނެވެ.
(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު