މާލެ ލޮޮޮޮކްޑައުން ހާލަތުގައި
މާލެ ލޮޮޮޮކްޑައުން ހާލަތުގައި
މާލެ ސިޓީގައި ފުރަބަންދުގެ ހާލަތު އުޢުލާން ކޮށްފައި ވަނިކޮށް ޤަވާޢިދާ ޚިލާފަށް މަގުމައްޗަށް ނުކުމެ އުޅުނު 92 މީހަކު މިއަދުގެ މިހާތަނަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ، މާލޭގެ މަގުމައްޗަށް ނުކުތުން މަނާކޮށްފައިވާއިރުވެސް، މޯލްޑިވްސް ޕޮލިސް ސާވިސްއިން 92 މީހަކު މާލޭގެ މަގުމަތިން ފުލުހުންގެ ބެލުމުގެ ދަށަން ގެންގޮސްފައިވާކަމަށާއި، އިތުރު މީހަކު ޖޫރިމަނާވެސް ކޮށްފައިވާކަމަށެވެ.

ހުކުރު ދުވަހުގެ ރޭގަނޑު 8:30 އިން ފެށިގެން މާލޭގެ މަގުމަތީގައި ގަވާއިދާއި ޚިލާފަށް އުޅޭ މީހުންނާއިމެދު ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ވިދާޅުވެފައިވާއިރު، ފުލުހުން ބުނީ މަގުމަތިން ފެންނަ ފަރާތްތައް ޖޫރިމަނާ ކުރެވޭނެކަމަށާއި އަދި ބައެއް ހާލަތްތަކުގައި ހައްޔަރުވެސް ކުރެވޭނެކަމަށެވެ.

މާލެއިން ކޯވިޑް-19 ގެ ޕޮޒިޓިވް ކޭސްތައް ފެނުމާއެކު، މާލެ ސަރަހައްދުގައި ވަނީ 14 ދުވަހުގެ ފުރަބަންދެއް އިއުލާނުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން