ކޯވިިޑް-19 އާއި ގުޅިގެން ހަރަކާތްތެރިވާ ޓީމެއް އެމްބިއުލާންސްގައި ދަތުރުކުރަނީ
ކޯވިިޑް-19 އާއި ގުޅިގެން ހަރަކާތްތެރިވާ ޓީމެއް އެމްބިއުލާންސްގައި ދަތުރުކުރަނީ
ވެރިރަށް މާލެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި މާބަނޑު އަންހެނަކު ހިމެނޭކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ މާލެއިން ވައިރަހަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި މާބަނޑު މީހަކު ހިމެނޭކަމަށާއި، އޭނާގެ ހާލު ވަރަށް ގާތުން ބަލަމުން ގެންދާކަމަށެވެ.

މަބްރޫކްވަނީ މާލެއިން ފެނިފައިވާ ކްލަސްޓަރތަކުގެ މައުލޫމާތު ނޫސްވެރިންނާ ހިއްސާކުރައްވާފައެވެ. އެގޮތުން، މާލެއިން 3 ކްލަސްޓަރ އެއް ފެނިފައިވާއިރު، ފުރަތަމަ ކްލަސްޓަރގައި ޖުމްލަ 6 މީހަކު އުޅޭކަން ފާހަގަކުރައްވާ މަބްރޫކް ވިދާޅުވީ ދެވަނަ ކްލަސްޓަރއިން ފެނިފައިވަނީ 5 މީހުން ކަމަށެވެ އަދި ތިންވަނަ ކްލަސްޓަރ ގައި ހިމެނެނީ 3 މީހެއް ކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ.

މީގެތެރެއިން މާބަނޑު އަންހެން މީހާއަކީ ކޮން ކްލަސްޓަރ އަކުން ފެނުނު މީހެއްކަން މަބްރޫކް ހާމަކުރައްވާފައެއް ނުވެއެވެ.

އޭގެ އިތުރުން، ދޮށީ އުމުރުގެ މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެނަމަ ކަންބޮޑުުވުން އުފެދިދާނެކަން ފާހަގަކުރައްވާ މަބްރޫކް ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަވި އެއުމުރުގެ ބައެއް މީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށް ގެންދަވާކަމަށެވެ.

މަބްރޫކް ވިދާޅުވީ ބައްޔަށް ޕޮޒިޓިވްވެގެން މިވަގުތު ފަރުވާ ދެމުންދާ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން