ޝައިޚް އިމްރާން އަބްދުﷲާ (ވ) އާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ- އިމްރާނަކީ އިދިކޮޅުގައި ހުންނެވިއިރު އިންޑިއާގެ ސިޔާސަތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި ބޭފުޅެއް
ޝައިޚް އިމްރާން އަބްދުﷲާ (ވ) އާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ- އިމްރާނަކީ އިދިކޮޅުގައި ހުންނެވިއިރު އިންޑިއާގެ ސިޔާސަތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި ބޭފުޅެއް
ކޯވިޑް-19 ގެ މި ނާޒުކު ދަނޑިވަޅުގައި މާފުށީ ޖަލު ހަލަބޮލި ކުރުމަށް ބަޔަކު ކުރި މަސައްކަތްތަކެއް ނާކާމިޔާބު ކޮށްލެވިއްޖެ ކަމަށް ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޝައިޚް ޢިމްރާން ވިދާޅުވީ، ޖަލު ހަލަބޮލި ކޮށްލަން ރޭ ބަޔަކު ކުރި މަސައްކަތުގައި ގައިދީންނާއި އޮފިސަރުންނަށް ބޮޑެތި އަނިޔާތަކެއް ނުވެ ކޮންޓްރޯލް ކުރެވިފައިވާކަމަށެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ މާފުށީ ޖަލުގެ ޔުނިޓު 9 ގައި ތިބި ގައިދީންނަށް ކާންދިނުމަށްޓަކައި ރޭ އެ ޔުނިޓު ހުޅުވި ވަގުތު ބައެއް ގައިދީން ގަދަކަމުން ޔުނިޓުން ނުކުތީއެވެ.

މިހާދިސާގައި ގައިދީއެއްގެ އިތުރުން ދެ އޮފިސަރަކަށް އަނިޔާވެފައިވާ ކަމަށް ވެސް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުންޏެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައިދީންތަކެއް ހިންގަން މަސައްކަތްކުރި ހަމަނުޖެހުންތަކަކާ ގުޅިގެން ދާޚިލީ ވަޒީރު ޢިމްރާން ޢަބްދުﷲ އާއި އެކު ޖަލަށް ޒިޔާރަތް ކުރެއްވި ކަމަށާއި، ޖަލު އޮފިސަރުން އެކަންތައް ކޮންޓްރޯލު ކޮށްފައިވާ ކަމަށެވެ.

މިކަމާގުޅިގެން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނު ވިދާޅުވީ، "ކޯވިޑް-19 އާއެކު މުއައްސަސާތަކަށް ބާރު ބޮޑުވެ، ނާޒުކުވި ވަގުތު ޖަލު ހަލަބޮލި ކޮށްލަން ކުރި މަސައްކަތް ގައިދީންނާއި އޮފިސަރުންނަށް ބޮޑު ގެއްލުމެއްނުވެ ކޮންޓްރޯލް ވުމަކީ ﷲ ގެ ވާގިފުޅާއެކު އޮފިސަރުންގެ ކުޅަދާނަކަން. ސަރުކާރުގެ އަމާޒަކީ އިންސާނީ ކަރާމާތަށް އިސްކަންދީގެން ޖަލު ބެލެހެއްޓުން،" ކަމަށެވެ.

ކަރެކްޝަންސުން ކޮށްފައިވާ ޓްވީޓެއްގައި ވަނީ، ޖަލުގައި ހިންގަން މަސައްކަތް ކުރި ހަމަނުޖެހުން ކޮންޓްރޯލް ކުރުމުގެ ތެރޭގައި ގައިދީއަކަށާއި ދެ އޮފިސަރަކަށް އަނިޔާވެފައިވާ ކަމަށެވެ. އަދި އެކަން ހިނގައިދިޔަ ގޮތް ބަލަމުން އަންނަ ކަމަށް އެ ސާވިސް އިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު


-7

ހަސަން

20-Apr-2020

ނެތީތަ އަޅެ މިނޫން ފޮޓޯ އެއް



ޓްރެންޑިން