މާލެ 26 ސެކްޓަރ އަކަށް ބަހާލައިގެން، ޒަރޫރީ ބޭނުންތަކުގައި ބޭރަށް ދާން ހުއްދަ ދޫކުރުމަށާއި މިގޮތަށް ބޭރަށް ދެވޭނެ ވަކި ސަރަހައްދަކާއި ބޭރުގައި އުޅެވޭނެ ވަކި ގަޑިއެއް ކަނޑައަޅަން ނިންމައިފިއެވެ.
މާލޭގައި ކޯވިޑް-19 ފެތުރެމުންދާތީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ވަނީ މާލެ ސަރަހައްދު 14 ދުވަހަށް ލޮކްޑައުން ކޮށްފައެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވީ، މިއަދުން ފެށިގެން ޒަރޫރީ ބޭނުންތަކަށް މަގުމައްޗަށް ނުކުންނަން ހުއްދަ ދޭން ފަށާނެ ކަމަށާއި ހުއްދަ ދޭނީ ވަކި ސަރަހައްދަކަށް ވަކި ވަގުތެއް ވަންދެނެވެ.
އެގޮތުން ކޮންމެ ތިން ދުވަހަކުން އެއް ދުވަހު މާލޭގެ ކޮންމެ ގެއަކުން ވެސް އެކަކަށް ޟަރޫރީ ބޭނުމަށް ބޭރަށް ނުކުތުމަށް އެއްގަޑިއިރު ދޭން ނިންމާފައިވާ ކަމަށް އެސިސްޓަންޓް ކޮމިޝަނާ އަބްދުﷲ ފައިރޫޝް ވިދާޅުވިއެވެ.
"މިގޮތަށް ހެދީމަ މަގުމަތީގައި އުޅޭ އުޅުން މަދުވެގެންދާނެ، އިޖްތިމާއީ ގައިދުރުކުރުމާއި ފިހާރަތަކަށް ވެސް ލުއިތަކެއް ލިބިގެންދާނެ،" ފައިރޫޝް ވިދާޅުވިއެވެ.
މީގެ ކުރިން ފުލުހުން ހުއްދަ ދޫކުރަމުންއައީ އެކަމަށް އެދި ހުށަހަޅާ ފަރާތަކުން އެދޭ ކަމަކަށް ބެލުމަށްފަހު މާލޭގެ ކޮންމެ ހިސާބަކަށް ވެސް ދެވޭނެ ގޮތަށެވެ.
އެކަމަށް ބޭނުން ކުރަން ޖެހޭނީ ކުރިން ވެސް ބޭނުން ކުރަމުން އަންނަ ފުލުހުންގެ ޕާމިޓް ޕޯޓަލެވެ. އެ ޕޯޓަލް އަށް ވަދެ ފޯމެއް ފުރުމުން މީހާ އެޕޯޓަލްގައި ރެޖިސްޓްރީ ކުރެވި، ގެއިން ނުކުމެގެން ދެވޭނެ ސަރަހައްދަކާއި ގެއިން ނުކުމެގެން އުޅެވޭނެ ވަގުތުވެސް އެނގޭނެއެވެ.
"މަސައްކަތް ކޮށްފިން މި ލެވެލްއަށް ކޮންޓްރޯލް މެޝާސް ނުުގެނެސް މަގުމަތި ކޮންޓްރޯލް ކުރުމަށް. ބޮޑަށް މިވިސްނީ ޑެލިވަރީ ސިސްޓަމް އިތުރަށް ހަރުދަނާ ކޮށްގެން މިކަން ކުރަން. އެހެންނަމަވެސް ފާހަގަކުރެވުނީ މިހާތަނަށް 2788 ފަރާތަކަށް ޑެލިވަރީ ކުރުމުގެ ހުއްދަ އިޝޫ ކުރެވި އަދި އާންމު ބައެއް ކަހަލަ ހިދުމަތްތަކަށް ވެސް ފުރުސަތު ދެވިފައި އޮތްއިރުވެސް ހަމަ މަގުމައްޗަށް ނުކުންނަންޖެހޭ މީހުން ބޭރަށް ނުކުންނަންޖެހޭކަން،" އޭސީޕީ ފައިރޫޝް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މާލެ 26 ސަރަހައްދަކަށް ބަހާލައިގެން މިއަދު އެމަސައްކަތް ފަށާނެ ކަމަށެވެ. އަދި މާލެ ބަހާލުމުގައި ވެސް މާލޭގެ އާބާދީއަށާއި ފިހާރަތައް ހުރި ނިސްބަތަށް ބަލައިގެން ފަސޭހައިން މީސްމީހުންނަށް އެބޭނުންވާ ސާމާނު ގަތުމަށް ދެވޭނެ ގޮތެއް ފަހިކޮށްދިނުމަށް އިސްކަންދީފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު