ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު
މިމަހު 15ގެ ފަހުން މާލެ ސަރަޙައްދުން ރަށަށް ދިޔަ މީހުން 14 ދުވަހަށް އައިސޮލޭޓް ވުމަށް ނުވަތަ ތަނެއްގައި އެކަހެރި ވުމަށް އެޗްޕީއޭއިން އަންގައިފިއެވެ.

އެޗްޕީއޭ އިން ނެރުނު އެންގުމެއްގައި ވަނީ މިމަހުގެ 15 އިން ފެށިގެން މާލެ، ހުޅުމާލެ، ވިލިމާލެ، ގުޅީފަޅު ނުވަތަ ތިލަފުށިން ރާއްޖޭގެ އެހެން ރަށަކަށް މީހަކު ގޮސްފައިވާނަމަ އެމީހަކު އެރަށަކަށްދާ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަށް އެ މީހަކު ދިރިއުޅޭ ތަނެއްގައި ނުވަތަ އެނޫން ވެސް ތަނެއްގައި އެކަހެރިވުމަށް އަންގާފައެވެ.

އޭގެ އިތުރުން މިމަހުގެ 15 އިން ފެށިގެން މާލެ، ހުޅުމާލެ، ވިލިމާލެ، ގުޅީފަޅު ނުވަތަ ތިލަފުއްޓަށް ވައިގެ މަގުން ނުވަތަ ކަނޑުމަގުން އުޅަނދު ފަހަރުގައި މުދާ ބޭލުމަށް ނުވަތަ މުދާ އެރުވުމަށް އުޅަނދުގެ މީހަކު ފައިބައިގެން އުޅުނު ކަމުގައިވާނަމަ އެމީހަކު ވެސް 14 ދުވަހުގެ މުއްދަތަށް އެމީހަކު ދިރިއުޅޭ ތަނެއްގައި ނުވަތަ އެނޫން ވެސް ތަނެއްގައި އެކަހެރި ވުމަށް ވެސް އެޗްޕީއޭއިން އަންގާފައި ވެއެވެ. އަދި އެކަމުގައި އަމަލުކުރަން ޖެހޭނެ ގޮތް ކައުންސިލްތަކުން ސާފުކުރުމަށް ވެސް މި އެންގުމުގައި ވެއެވެ.

މިގޮތުން މިމަހުގެ 15 ވަނަ ދުވަހުގެ ފަހުގެ ތާރީޚެއްގައި މާލެ ސަރަހައްދުން ރަށްރަށަށް ޒިޔާރަތްކޮށްފައިވާ ފަރާތްތަކުން ސިއްހީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް މި އެންގުމުގައި އަންގާފައިވައެވެ. އަދި މި އެންގުމާ އެއްގޮތަށް އެފަދަ ރާތްތަކުން ޢަމަލުކުރާކަން ކައުންސިލްތަކުން ކަށަވަރު ކުރުމަށްވެސް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރަށްވާ ނެރުއްވި އަމުރުގައި ވެއެވެ.

މާލެއިން ކޯވިޑް-19 ފެނުމާއި ގުޅިގެން ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރުން ވަނީ 14 ދުވަހަށް މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައެވެ. އަދި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ފުރާލެފުންވެސް ވަނީ މަނާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން