މާލެ ލޮޮޮޮޮކްޑައުން ކޮށްފައިވާާއިރު ހުރިހާ ހަރަކާތްތަކެއްވެސް ވަނީ ހުއްޓިފައި
މާލެ ލޮޮޮޮޮކްޑައުން ކޮށްފައިވާާއިރު ހުރިހާ ހަރަކާތްތަކެއްވެސް ވަނީ ހުއްޓިފައި
މިއަދު މެންދުރު 14:30 އާ ހަމައަށް މާލެއިން 16 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ، މާލެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 31 އަށް އަރައިފިއެވެ.

މިއަދު މި ބައްޔަށް ޕޮޒިޓިވް ވެފައި ވަނީ ބަންގްލަދޭޝްގެ 14 މީހަކާއި، އިންޑިޔާ ދެމީހެކެވެ.

މިއަދު މާލެއިން ފުރަތަމަ ޕޮޒިޓިވް ވެފައިވާ ބަންގްލަދޭޝްމީހާ އަކީ ރޯގާގެ ޢަލާމާތްތައް ހުރެގެން އިއްޔެ ފްލޫ ކްލިނިކަށް ދައްކާފައިވާ މީހެކެވެ. އޭނާ އަކީ މިމަހުގެ 12 ވަނަ ދުވަހު އަމީންހިޔާގެ ސްޓާފް ކުއާޓާއަށް ބަދަލުކޮށްފައިވާ މީހެއް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. ފަނަރަ ވަނަ ދުވަހު އެމީހާގެ ގައިން ބަލީގެ އަލާމާތް ފެނިގެން ފާމަސީއަކަށް ގޮސް ބޭސް ކެއި ކަމަށާއި، އޭނާ ފްލޫ ކްލިނިކަށް ދެއްކީ އޭގެ ފަހުން ކަމަށް ޑޮކްޓަރ ވިދާޅުވިއެވެ. މި މީހާއަކީ އެއްވެސް ޑޮކިއުމަންޓެއް ނެތް މީހެއްކަމަށް މިއަދުގެ ނޫސް ކޮންފަރެންސް ގައި ޑރ. ނަޒްލާ ވަނީ ވިދާޅުވިއެވެ.

އޭގެ އިތުރުން މިއަދު އެއްފަހަރާ ޕޮޒިޓިވްވީ ކަމަށް އިޢުލާންކުރި ބަންގްލަދޭޝް 13 މީހުންނަކީ އެއް ތަނެއްގައި ދިރިއުޅޭ 13 މީހުން ކަމަށާއި، އެއީ ލީލީގެ މުވައްޒަފުން ކަމަށް މިއަދުގެ ނޫސް ކޮންފަރެންސްގައި މަބްރޫކް ވަނީ ވިދާޅުވެފައެވެ. އެމީހުން އުޅެމުން އައީ އެ ގޭގެ ދެ ފަންގިފިލާގައި ކަމަށާއި، އެމީހުން ވަނީ އެ ކުންފުނީގެ ޑެލިވަރީގައިވެސް ޙަރަކާތްތެރިވެފައި ކަމަށް މަބްރޫކް ވިދާޅުވިއެވެ. މި 13 މީހުންނަކީ ކޯވިޑް-19 އަށް 27 ވަނައަށް ޕޮޒިޓިވްވި މީހާގެ ކްލޯޒް ކޮންޓެކްޓްސްގެ ގޮތުގައި ޓެސްޓް ކުރި މީހުން ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.

މިއަދުގެ ނޫސް ކޮންފަރެންސް ގައި ޑރ. ނަޒްލާ ވިދާޅުވީ، ރޭ 35 ވަނަ އަށް ބައްޔަށް ޕޮޒިޓިވްވި މީހާ އަކީ ވެސް ލިލީގެ ޕޮޒިޓިވްވީ މީހުންނާ ގުޅުން ހުރި މީހެއް ކަމަށް މިހާރު ބެލެވިފައިވާ ކަމަށެވެ.

އަދި ކޯވިޑް-19 އަށް މިއަދު ޕޮޒިޓިވްވި އިންޑިއާގެ ދެ ރައްޔިތުންނަކީ އޭސީ ރިޕެއާ ކުރުމުގެ މަސައްކަތުގައި އުޅޭ ބައެއް ކަމަށާއި، އެމީހުންނަކީ ބްރައިޓް ބްރަދާސް ގައި މަސައްކަތް ކުރާ ބައެއްކަމަށް އެޗްޕީއޭ އިން ބުނެއެވެ. މި މީހުންނަކީ 28 ވަނައަށް ބައްޔަށް ޕޮޒިޓިވްވި މީހާގެ ހައިރިސްކް ކޮންޓެކްޓްސްގެ ގޮތުގައި ޓެސްޓް ކުރެވިފައިވާ ބައެއް ކަމަށާއި، އެމީހުން ގޮސްފައިވާ ތަންތަން ކޮންޓެކްޓް ޓްރޭސިން މަރުހަލާގައި މޮނިޓަރިންއަށް ގެންނާނެ ކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައިވެއެވެ.

އެޗްޕީއޭ އިން އިތުރަށް ބުނީ، ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުން ކަރަންޓީނަށް ގެންދިއުމުގެ މަސައްކަތްވެސް ކުރަމުން ދާ ކަމަށެވެ.

މިއަދު ޕޮޒިޓިވްވި 16 މީހުންނާއެކު މާލެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 31 އަށް އަރާފައެވެ. އަދި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަކީ 51 އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން