މާލެއިން ފުރަތަމަ ބައްޔަށް ޕޮޒިޓިވްވި 21 ވަނަ މީހާއާއި ކޮންޓެކްޓް ވެގެން ބައްޔަށް ޕޮޒިޓިވް ވި މީހަކު ކޮންޓެކްޓް ޓްރޭސިންގ ގައި މައުލޫމާތު ދިނުމުގައި އެއްބާރުލުން ނުދޭ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ކޯވިޑް-19 ޓާސްކް ފޯސްގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އެމައްސަލަ ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ.
މަބްރޫކް އިތުރަށް ވިދާޅުވީ، މިހާރު ފުލުހުން މެދުވެރިކޮށް އޭނާއާއި މުއާމަލާތް ކުރަމުންދާ ކަމަށާއި، އެގޮތަށްވެސް އެއްބާރުލުން ނުލިބިއްޖެ ނަމަ، ޑައިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ޤާނޫނީ ބާރުގެ ދަށުން މިރޭ އެމީހާގެ މައުލޫމާތު އާންމުކޮށް އިޢުލާނު ކުރައްވާނެ ކަމަށެވެ.
މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ތަކުގައި، ޑޮކްޓަރުންގެ ޓީމުންވެސް ވަނީ ކޮންޓެކްޓް ޓްރޭސިންގައި ތެދު މަޢުލޫމާތު ހާމަ ކުރުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރަށްވާފައެވެ.
އަދި މިއީ ތިމާއާއި މުޅި މުޖްތަމަޢުގެ ރައްކާތެރިކަމަށް ކުރެވޭ ކަމެއްކަން ތަކުރާރުކޮށް ގެންދަވަނީ ހަނދާން ކޮށްދެއްވަމުންނެވެ.
ނުރައްކާތެރި ބައްޔެއް ނުވަތަ ގައިންގަޔަށް އަރާ ބައްޔެއް ފެތުރުނަ ނުދިނުމަށްޓަކައި ވަކި މީހެއްގެ މައުލޫމާތު ހާމަކުރުމާ ބެހޭ އުސޫލުތައް ބަޔާންކުރާ ގަވައިދު އެޗްޕީއޭ އިން ޢާއްމު ކުރެއްވީ މި ހަފްތާގައެވެ.
މި ޤަވާއިދުގައިވާ ގޮތުން، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ވަކި ހާލަތްތަކެއްގައި މީސްމީހުންގެ ނަން ހާމަކުރުމުގެ ބާރު ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވެއެވެ. އެގޮތުން ވަކި ހާލަތްތަކެއްގައި ނުރައްކާތެރި ބައްޔެއް ނުވަތަ ގައިންގަޔަށް އަރާ ބައްޔެއް ފެތުރުނަ ނުދިނުމަށްޓަކައި ވަކި މީހެއްގެ ނަން ހާމަކުރުމުގެ ބާރު ލިދިދެވޭނެ ކަމަށް އެ ޤާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު