ހއ. އުލިގަމު މީހެއްގެ ގައިން ނެގި ފުރަތަމަ ސާމްޕަލް ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވެއްޖެއެވެ. މިއާއެކު އަތޮޅު ތެރެއަށް މި ބަލި ފެތުރުމުގެ ނުރައްކާ ބޮޑުވެ، އުލިގަން ވަނީ މޮނިޓަރިންގެ ޙާލަތަށް ގެނެސްފައެވެ.
ކޯވިޑް-19 ގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޯވިޑް-19 ޓާސްކްފޯސްގެ ތަރުޖަމާން މުޙައްމަދު މަބުރޫކް އަޒީޒް ވިދާޅުވީ އުލިގަމުން ނެގި ސްކްރީނިން ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވެފައިވާކަމަށެވެ. އަދި ކޯވިޑް-19 އަށް ޓެސްޓް ހަދާފައިވާކަމަށާއި، ނަތީޖާ ލިބުމުން ހިއްސާކުރައްވާނެކަމަށް ވިދާޅުވި އެވެ.
މި ނޫސްކޮންފަރެންސްގައި މައުލޫމާތު ދެއްވި ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ސްކްރީނިންގައި ޕޮޒިޓިވް ވެފައި ވަނީ އެ ރަށު މީހެއް ކަމަށެވެ.
އުލިގަމުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހާއަކީ މިމަހުގެ 15 ވަނަ ދުވަހުގެ ހެނދުނު ބޯޓެއްގައި އުލިގަމަށް ދިޔަ މީހެއްކަމަށެވެ. އެމީހާއާއެކު ބޯޓުގައި ދަތުރުކުރި މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށާ އެ މީހާއަށް ބަލި ޖެހުނު ގޮތް ވެސް ބަލަމުންދާ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.
މިވަގުތު އުލިގަމު އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. އަދި އެ ބޯޓު ޖެއްސި ހއ. އިހަވަންދޫ، ނޮޅިވަރަންފަރު، ތުރާކުނު އަދި ވައިކަރަދޫ ވެސް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.
އޭނާގެ ފުރަތަމަ ޓެސްޓްކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފައި ވާއިރު، އޭނާއަކީ ބަލިޖެހިފައިވާ މީހެއް ކަމަށް ކަނޑައަޅާނީ ސީދާ ކޯވިޑް-19 އަށް ކުރެވޭ ޓެސްޓުގެ ނަތީޖާއަށް ބެލުމަށްފަހުއެވެ. އޭނާގެ ދެވަނަ ސާމްޕަލް ވެސް ޕޮޒިޓިވް ވެއްޖެނަމަ، މި ކޭސް ވެގެންދާނީ، މާލެއިމް ބޭރުން، މީހުން ދިރިއުޅޭ ރަށަކުން ޕޮޒިޓިވްވި ފުރަތަމަ މީހާ އަށެވެ.
ކޯވިޑް-19 ގެ ކޭހެއް މާލެއިން ފުރަތަމަ ފެނުނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އެއާއެކު މާލެ ވަނީ ލޮކްޑައުން ކޮށްފައެވެ. އަދި މިމަހުގެ 15 ވަނަ ދުވަހުގެ ފަހުން މާލެއިން ރަށްރަށަށް ދަތުރުކޮށްފައިވާ މީހުން އަމިއްލަ އަށް އެކަހެރިވުމަށް އެޗްޕީއޭ އިން ރޭ ވަނީ އަންގައިފަ އެވެ.
މާލެއިން ފެނުނު ކޮވިޑް-19ގެ 31 ކޭސްއާ އެކު އެ ބައްޔަށް މިހާރު ވަނީ ރާއްޖެއިން ޖުމްލަ 51 މީހަކު ޕޮޒިޓިވް ވެފަ އެވެ. އަދި މާލެއިން ޕޮޒިޓިވްވީ 31 މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 15 މީހަކާއި، އިންޑިއާ ދެ މީހުންގެ އިތުރުން 14 ދިވެހިންނެވެ.

ކިޔުންތެރިންގެ ހިޔާލު