ރައީސް ޞާލިޙް ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އޮތް ބަލި މީހަކާއި ވާހަކަ ދައްކަވާލައްވަނީ
ރައީސް ޞާލިޙް ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އޮތް ބަލި މީހަކާއި ވާހަކަ ދައްކަވާލައްވަނީ
މިއަދު އެކަނި ވެސް 6 ވެންޓިލޭޓަރު ރާއްޖެ އަށް ގެނެސްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

ކޯވިޑް-19 ގެ އެންމެ ފަހުގެ މަޢުލޫމާތު ހާމަ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ތަރުޖަމާން މަބްރޫކް ޢަޒީޒް ވިދާޅުވީ މިވަގުތު ރާއްޖޭގައި 97 ވެންޓިލޭޓަރު އެބަ ހުރި ކަމަށެވެ. އަދި މިއަދު 6 ވެންޓިލޭޓަރ ރާއްޖެ ގެނެސްފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން މިމަހުގެ 21 އަދި 22 ގައި އިތުރު ވެންޓިލޭޓަރު ލިބޭނެ ކަމަށާއި، މީގެއިތުރުން މިމަހުގެ 28 ގައި ވެސް ވެންޓިލޭޓަރު ގެނެވޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އިތުރަށް މަޢުލޫމާތު ދެއްވަމުން މަބްރޫކް ވިދާޅުވީ، ރަށްރަށުގައި ކޯވިޑް-19 އަށް މިހާރު ވެސް ސާމްޕަލް ނެގޭނެ ކަމަށާއި، އެކަމުގައި ޓްރެއިންވެފައި ތިބި މީހުން ވެސް ތިބޭނެ ކަމަށެވެ. އެހެން ނަމަވެސް ސާމްޕަލް ގެނެސްގެން ޓެސްޓް ހަދަނީ މާލޭގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ހުރި ޓީބީއަށް ޓެސްޓް ކުރާ މެޝިން ތަކުން ކޯވިޑް-19 އަށް ޓެސްޓް ކުރެވޭނެ ގޮތަށް މެޝިންތަކަށް ކާޓްރިޖްތައް އުފެއްދުމުގެ މަސައްކަތް ޑަބްލިއުއެޗްއޯ އިން ދަނީ ކުރަމުން ކަމަށް މަބްރޫކް މިއަދު ވިދާޅުވިއެވެ. އޭގެ ތެރެއިން ބައެއް ރާއްޖެއަށް ވެސް ލިބޭނެ ކަމަށާއި، ރާއްޖޭގައި 3500 ޕީސީއާރު ކިޓް މިވަގުތު އެބަ ހުރި ކަމަށާއި 580 ބްލަޑް ސާވިސް ނަގައިގެން ޓެސްޓް ކުރެވޭ ކިޓްވެސް އެބަހުރި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން އައިސޮލޭޝަނަށް ގެންދާ މީހުންނަށް ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދިނުމުގެ މަސައްކަތް ރެޑް ކްރޮސެންޓުން ދަނީ ކުރަމުން ގެންދާ ކަމަށް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭ އިން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން