ކޯވިޑް-19 ގައި މަރުވާމީހުންގެ ކަށުކަމާކެމީގެ ކަންކަން ކުރާނެ ގޮތް ކިޔައިދެނީ
ކޯވިޑް-19 ގައި މަރުވާމީހުންގެ ކަށުކަމާކެމީގެ ކަންކަން ކުރާނެ ގޮތް ކިޔައިދެނީ
ކޯވިޑް-19 ގައި ރާއްޖެ އިން މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން ކުރިއަށް ގެންދަންވީ ގޮތް ކަމާބެހޭ ފަރާތްތަކަށް އިސްލާމިކް މިނިސްޓްރީން މިއަދު ކިޔައިދީފި އެވެ.

އިސްލާމިކް މިނިސްޓްރީން ކުރި ޓްވީޓެއްގައިވަނީ ކޯވިޑް-19 ގައި ރާއްޖެއިން މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން ކުރިއަށް ގެންދާނެ ގޮތް އެ މިނިސްޓްރީގެ އިލްމުވެރިން ކިޔައިދިނީ އެމްއެންޑީއެފް އިން އެކަމަށް ކަނޑައަޅާފައިވާ ފަރާތްތަކަށެވެ. އަދި އެކަން ކުރިއަށް ގެންދިިޔައީ ޑޮކްޓަރުންގެ ލަފާގެ މަތިން ކަމަށް ވެސް އެ ޓްވީޓްގައިވެ އެވެ.

މީގެ ކުރިން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފައި ވަނީ ކޯވިޑް-19ގައި މަރުވާ މީހުންގެ އާއިލާތަކަށް އެ މީހުންގެ މޫނު ބެލުމުގެ ފުރުސަތު ދެވޭނެ ކަމަށެވެ. އަދި މަރުވާ މީހުން ހިނެވުމުގެ ކަންކަން އައިސޮލޭޝަން ފެސިލިޓީތަކުގައި އިންތިޒާމް ކޮށްފައި ހުންނާނެ ކަމަށް އެންއޯއީސީން ވަނީ ބުނެފަ އެވެ.

ކޯވިޑް-19 އަށް ރާއްޖެއިން މިހާތަނަށް 52 މީހަކު ޕޮޒިޓިވްވެފައި ވެއެވެ. އަދި މާލެއިން އެ ބައްޔަށް ގިނަ ބަޔަކު ޕޮޒިޓިވް ވެފައިވާތީ މާލެ ސަރަހައްދު ވަނީ ލޮކްޑައުންކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން