މާލޭގައި ބިދޭސީން ތޮއްޖެހިގެން ދިރިއުޅޭ ތަނެއް- ސަރުކާރުން މިހާރު ވަނީ މިފަދަ ތަންތާނގައި އުޅޭ މީހުން ރަނގަޅު މާހައުލު ތަކަށް ބަދަލު ކުރަން ފަށާފަ
މާލޭގައި ބިދޭސީން ތޮއްޖެހިގެން ދިރިއުޅޭ ތަނެއް- ސަރުކާރުން މިހާރު ވަނީ މިފަދަ ތަންތާނގައި އުޅޭ މީހުން ރަނގަޅު މާހައުލު ތަކަށް ބަދަލު ކުރަން ފަށާފަ
ބިދޭސީންނަށް ކާބޯތަކެތި ނުވިއްކާ، ބައެއް ދިވެހިން އެމީހުންނާއިމެދު އިހާނެތިކޮށް ހިތަމުން އަންނަކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ނަސީރު މިރޭ ކުރައްވާފައިވާ ފޭސްބުކް ޕޯސްޓެއްގައި ވަނީ ބިދޭސީ މަސައްކަތު މީހުންނަށް ފިހާރަތަކުން ކާބޯތަކެތި ނުވިއްކައި އެމީހުން ފިހާރަތަކުން ނެރެމުން އަންނަ ކަމަށެވެ.

ބިދޭސީން ފިހާރަތަކަށް ދިއުމުން އޮންލައިންކޮށް އޯޑަރ ކުރުމަށް އެންގުމަށްފަހު، އެމީހުން ފިހާރައިން ނެރެލުމަކީ ވަރަށް ދެރަ ކަމެއް ކަމަށް އުމަރު ސިފަ ކުރަށްވާފައިވެއެވެ. އަދި އޮންލައިންކޮށް ތަކެތި ހޯދުމުގައި ދިވެހީންނަށްވެސް އުފުލަންޖެހޭ ތަކްލީފަށް ބަލާއިރު ބިދޭސީންނާ މެދު އެގޮތަށް ޢަމަލު ނުކުރުމަށް އުމަރު ވަނީ އެދިވަޑައިގެންފައެވެ.

"އެތައް ބިދޭސީންނެއް ތިބީ ބަނޑުހައި ހޫނުކަން މަތީ. ސަރުކާރުން މިކަމަށް އަވަސް ފިޔަވަޅުތަކެއް އަޅުއްވައި ދެއްވުމަށް ދަންނަވަން." އުމަރު ވިދާޅުވެފައި ވެއެވެ.

ރާއްޖޭގައި އެތައްހާސް ބިދޭސީންނެއް އުޅެމުން އަންނައިރު، އޭގެ ތެރެއިން ގިނަ މީހުން ރާއްޖޭގައި އުޅެނީ ވަރަށްދަތި ޙާލުގައެވެ. އެމީހުން ނިންދަވަނީ ވަރަށް ކުދި ތަންތަން ކޮޅުގައި ތޮއްޖައްސުވައިގެންނެވެ. އަދި އެމީހުންނަށް ބަރާބަރަށް މުސާރަ ނުދިނުދޭތާ ދިރިއުޅޭނެ ރަނގަޅު މާހައުލެއް ނުދެއްކުން ފަދަ މައްސަލަތަކަކީ ރާއްޖޭގައި ފެންމަތުވަމުން އަންނަތާ އެތައް ދުވަހެއް ވެފައިވާ މައްސަލަ ތަކެކެވެ.

ސަރުކާރުން މިހާރު ވަނީ ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން، އެމީހުންގެ ޤައުމަށް އަނބުރާ ފޮނުވާލުމުގެ މަސައްކަތް ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު


4

ޢަސްލަމު ހަސަނު

21-Apr-2020

ހުރިހާމީހުންވެސް އެކަކު އަނެކަކަށް އެހީތެރިވޭ,,ﷲ ތާލާ ހުރިހާ އިންސާނުންވެސް ހެއްދެވީ,,,އާދޭސް ކުރަން އިންސާނިއްޔަތުކަން ބަހަޓާ,,ހަމަދިވެހިންގެ ތެރޭގައިވެސް އެބަތިބި ނިދުމުގަ ދަތިތަކެއް ތިމާވެފަ ތިބިމީހުން,,


1

ވިސްނާ

21-Apr-2020

ޢިންސާނުންގެ ތެރެއިން ވާ މިފަދަ ކިތަންމެ ބައެފާޅުކުރައްވާ ބޭޒާރުވެގެންދާނެ..



ޓްރެންޑިން