މާލޭގެމަގު މަތީގައި ފުލުހުން ބިދޭސީ ބަޔަކާއި ސުވާލު ކުރަނީ
މާލޭގެމަގު މަތީގައި ފުލުހުން ބިދޭސީ ބަޔަކާއި ސުވާލު ކުރަނީ
މިރޭ މާލޭގެ މަޖީދީމަގަށް ވެއްޓިފައި އޮތް ބިދޭސީ މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

މިކަމާ ބެހޭގޮތުން ފުލުހުން ބުނެފައވަނީ ފުލުހުން މަގުމަތި ޕެޓްރޯލް ކުރަމުން ދަނިކޮށް ބަންގުލަދޭޝް މީހާ ވެއްޓިފައި އޮއްވާ ފެނުނީ މިރޭ 8:31 ހާއިރު މާފަންނު އޯޑިއޯން ކައިރިއަށެވެ. ފުލުހުން ބުނީ އެއީ އުމުރުން 50 އަހަރުގެ މީހެއް ކަމަށެވެ.

ބަންގްލަދޭޝް މީހާއާ ގުޅޭ އިތުރު މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ.

ސެނަހިޔާގެ ޑޮކްޓަރުންނާ ހަވާލާދީ އެމްއެންޑީއެފުން ބުނީ، އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން