ރާއްޖޭގައި އެކަށީގެން ނުވާ ގޮތަށް ތޮއްޖެހިގެން އުޅޭ ބިދޭސީން ވަގުތީ ހިޔާތަކަށް ބަދަލު ކުރަނީ
ރާއްޖޭގައި އެކަށީގެން ނުވާ ގޮތަށް ތޮއްޖެހިގެން އުޅޭ ބިދޭސީން ވަގުތީ ހިޔާތަކަށް ބަދަލު ކުރަނީ
މާދަމާ ރާއްޖެއަށް އަންނަ ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓުގައި ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ އެޤައުމުގެ 70 މީހަކު އަނބުރާ ގައުމަށް ގެންދާނެ ކަމަށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ބަންގްލަދޭޝް އާއި ނޭޕާލުގައި ތިބި ދިވެހިން ގޮވައިގެން މާދަމާ ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓެއް ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ.

ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު މިރޭ ކުރެއްވި ޓުވީޓެއްގައި ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ފޮނުވާލުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ. އަދި މިކަމުގައި ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު އޭ.ކޭ އަބްދުލް މޮމެންގެ ފަރާތްޕުޅުން ލިބިވަޑައިގަތް އެއްބާރުލެއްވުމަށް ޝުކުރުއަދާކުރެއްވިއެވެ.

މީގެ ކުރިން ޚާރިޖީ ވުޒާރާއިން ވަނީ، ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބަންގްލަދޭޝްގެ ބައެއް ރައްޔިތުން އަނބުރާ އެގައުމަށް ގެންދިއުމަށް، ބަންގްލަދޭޝްގެ ސަރުކާރުގެ އެހީތެރިކަމަށް އެދިވަޑައިގެންފައެވެ.



މާދާމާ އަންނަ ބަންގްލަދޭޝްގެ އަސްކަރީ ފްލައިޓުގައި ދިހަ މީހުންގެ މައްޗަށް އެކުލެވޭ މެޑިކަލް ޓީމަކާއި، އެގައުމުގައި ތިބި 53 ދިވެހިންނާއި، ނޭޕާލުގައި ތިބި 18 ދިވެހިން ރާއްޖެ އަންނާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން