ޖަލުތަކުގައި ތިބި މީހުންނަށް އޮންލައިންކޮށް ފައިސާ ފޮނުވޭނެ އިންތިޒާމް މޯލްޑިވްސް ކަރެކްޝަންސް ސަރވިސް އިން ހަމަޖައްސައިފިއެވެ.
މިއީ ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 އާއި ގުޅިގެން ނިންމި ނިންމުމެއް ކަމަށް ކަރެކްޝަންސުން ހާމަކުރެއެވެ.
މިގޮތުން ފައިސާ ފޮނުވުމަށްޓަކައި ބީއެމްއެލްގެ އެކައުންޓުން ޓްރާންސްފާ ކުރުމަށްފަހު ޖަމާކުރި ސްލިޕްގައި ލިބެންވިމީހާގެ ނަމާއި އެޑްރެސް އަދި އައިޑީ ނަމްބަރު ޖެހުމަށްފަހު އީމެއިލް ކުރުމަށް ކަރެކްޝަންސުން ވަނީ އެދިފައެވެ.
މީގެ އިތުރުން ފައިސާ ފޮނުވިމީހާގެ މައުލޫމާތުވެސް އީމެއިލް މެދުވެރިކޮށް ފޮނުވަން ވާނެ ކަމަށްވެސް ކަރެކްޝަންސުން ބުނެއެވެ.
ކަރެކްޝަންއިން ބުނީ މިގޮތަށް އިންތިޒާމް ހަމަޖެއްސީ، މި ހާލަތުގައިވެސް ގައިދީން ބޭނުންވާ ތަކެތި ދަތިކަމެއްނެތި ގަތުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.
ހަލުވިކަމާއެކު ރާއްޖޭގައި ފެތުރެމުންދާ ކޯވިޑް-19 އާއި ގުޅިގެން މާލެ ލޮކްޑައުން ކޮށްފައި ވުމާއެކު ސަރުކާރުގެ ގިނަ ޚިދުމަތްތަށް މިހާރު ފޯރުކޮށްދެމުން އަންނަނީ އޮންލައިންކޮށެވެ.

ކިޔުންތެރިންގެ ހިޔާލު