ޝަހީދު ހުސައިން އާދަމް ބިލްޑިންގ، ފުލުހުންގެ މައި އިދާރާ
ޝަހީދު ހުސައިން އާދަމް ބިލްޑިންގ، ފުލުހުންގެ މައި އިދާރާ
ހދ. ނޮޅިވަރަމުން، ކުޅުދުފުށީ ސިޓީއަށް ކެނޯއެއްގައި ދިޔަ ދެ ދިވެހިން ހައްޔަރުކޮށްފި އެވެ.

ފުލުހުން ރޭ ބުނީ ރާއްޖޭގައި އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްފައިވަނިކޮށް ހުއްދަ ނުހޯދައި ދެ މީހަކު ކުޅުދުއްފުށްޓަށް އެރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެމީހުންނާ ޙަވާލާދީ ފުލުހުން ބުނެފައިވަނީ، އެމީހުން ކުޅުދުއްފުއްޓަށް އެރީ، ހދ. ނޮޅިވަރަމް ހުޅަނގުފަރާތުން ކެނޯއެއްގައި ދަތުރުކުރަނިކޮށް ކެނޯ ބަންޑުން ޖަހާލައިގެންނެވެ.

އެމީހުން ކުޅުދުއްފުއްޓަށް އަރާފައިވަނީ އެ ސިޓީގެ އެއާޕޯޓް ރަންވޭގެ ހުޅަނގު ކޮޅުން ކަމަށާއި، ކެނޯއެއްގައި އެ ދެ މީހުން ދަތުރުކޮށްފައިވަނީ އެ ކެނޯގެ ވެރިފަރާތުގެ ހުއްދަ ވެސް ނެތިކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އަދި ކެނޯ ބަންޑުން ޖަހާލި ނަމަވެސް އެމީހުންނަށް އެއްވެސް އަނިޔާއެއް ވެފައި ނުވާކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ 23 އަހަރާއި 30 އަހަރުގެ ދެ ދިވެހިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ކޯވިޑް-19 އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އެއް ރަށުން އަނެއް ރަށަށް މީހުން ދަތުރުކުރުން މަނާ ކޮށްފައެވެ.

ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން