ޝައިޚް ޢަލީ ޒައިދް
ޝައިޚް ޢަލީ ޒައިދް
މާތްﷲގެ ރަހުމަތަށް އުންމީދު ކަނޑާނުލުމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް ޢަލީ ޒައިދް ގޮވާލައްވައިފިއެވެ.

މިހާރު ފެތުރެމުންދާ ކޯވިޑް-19 ގެ ރޯގާ ބަލިމަޑުކަމާއި ގުޅިގެން ޝައިޚް ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދިވެސް ކާވް ތިރިކުރެވޭނެ ކަމަށާއި "ބޭނުމީ ހިތްވަރެއް" ކަމަށެވެ. އަދި އުނދަގޫ ނަމަވެސް ކެތްތެރިވެއްޖެ ނަމަ މި ބިޔަ ރާޅުން ވެސް ސަލާމަތް ވެވޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"ﷲ ތަޢާލާގެ ރަޙްމަތަށް އުންމީދު ކަނޑާލުމެއް ނެތް." ޒައިދް ވިދާޅުވިއެވެ.

ރާއްޖެއިން ކޯވިޑް-19 އަށް މިހާތަނަށް 52 މީހުން ފައްސިވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 19 ދިވެހިންނާއި 33 ބިދޭސީންނެވެ. އޭގެތެރެއިން 16 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ރާއްޖެއިން ކޯވިޑް-19 އަށް ފައްސިވަމުންދާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، އެޗްޕީއޭ އިން މިހާރު ވަނީ މާލެ ސަރަހައްދު 14 ދުވަހަށް ލޮކްޑައުންކޮށް، ރާއްޖޭގެ އެއްރަށުން އަނެއްރަށަށް ދަތުރު ކުރުންވެސް މަނާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން