ލެވިސްޓާ ކޮފީ ބައްލަވައިގަނެގެން އެއްލައްކަ ރުފިޔާ ލިބޭ ވަރަށް ޚާއްޞަ ޕްރަމޯޝަނެއް ލޮޓަސް ފިހާރައިން ފަށައިފިއެވެ.

ރައްޖޭގައި މިހާރު ލިބެން ހުރި ކޮފީގެ ބާވަތްތަކުގެ ތެރެއިން އެންމެ މީރު އަދި އެންމެ ފެންވަރު ރަނގަޅު ލެވިސްޓާ ކޮފީގެ މި ޕްރަމޯޝަންގައި ބައިވެރިވުމަށް ލޮޓަސް ފިހާރައަށް ގެންދަވަން ޖެހެނީ ކޮފީ ދަޅުގެ މަތިގަނޑެވެ. މިއީ މީރު ކޮފީއެއް ބައްލަވައިގެން ނަސީބު ވަޒަންކޮށްލުމަށް ހަމަ ސަޅި ފުރުސަތެކެވެ.

މިފެށޭ 2021 ވަނަ އަހަރުގެ ޖަވަރީ މަހުގެ އެކަކުން ފެށިގެން 31 އޭޕްރިލް 2021 އަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ބައިވެރިވެ ވަޑައިގެންނެވުމަށް ހައްދަވަން ޖެހޭ ގޮތަކީ ލެވިސްޓާ ދަޅުގެ މަތިގަނޑު ހިފައިގެން ލޮޓަސް ފިހާރައަށް ވަޑައިގަންނަވާއިރު ކަރުދާސްކޮޅެއްގައި ފުރިހަމަ ނަމާއި، އައިޑީ ކާޑު ނަމްބަރު އަދި ގުޅޭނެ ފޯނު ނަމްބަރު ޖައްސަވައިގެން ވަޑައިގެންނެވުމަށް ލޮޓަސް ފިހާރައިން އެދެއެވެ.

މަތިގަނޑާއި ނަންޖެއްސެވި ކަރުދާސްކޮޅު ހިއްޕަވައިގެން ވަޑައިގަންނަވަން ޖެހޭނީ ފަރީދީ މަގުގައި ހުންނަ ލޮޓަސް ފިހާރައަށެވެ. މި ޕްރޮމޯޝަންގައި ކިތަންމެ ގިނަ މަތިގަނޑެއް ވެސް އެކަކަށް ފޮނުވިދާނެއެވެ. އެކަަމަކު ކޮންމެ މަތިގަނޑަކާއެކު ވެސް އަމިއްލައަށް ތައްޔާރުކުރަށްވާ އެއްކަލަ ނަން ކަރުދާސްކޮޅު ހިމަނުއްވާން ވާނެއެވެ.

މި ޕްރަމޯޝަންގައި އެއްވަނަ އިނާމަކަށް ހުށައަޅާފައި ވަނީ 100000 ރުފިޔާއެވެ. ދެ ވަނަ އިނާމަކަށް ޖީއެން ސައިކަލެކެވެ. އަދި ތިންވަނަ އިނާމަކަށް ރަށު ޕިކަޕެކެވެ. މީގެއިތުރުންވެސް 10 ފަރާތަކަށް މައުންޓެއިން ބައިސްކަލެއް މި ޕްރަމޯޝަންގައި ދޭނެއެވެ.

ލެވިސްޓާ ކޮފީއަކީ މިހާރު ރާއްޖޭގެ ބާޒާރުގައި ލިބެން ހުރި ކޮފީގެ ބާވަތްތަކުގެ ތެރެއިން ފެންވަރުގެ ގޮތުން އެންމެ މޮޅު އަދި ކޮފީގެ ވަރަށް ޚާއްޞަ އުފެއްދުމެކެވެ. އަސްލު މުއްސަނދި ކޮފީގެ ރަހަ ބައްލަވަން ބޭނުންފުޅު ނަމަ ލެވިސްޓާ ކޮފީ ބޭނުން ކުރަށްވާށެވެ. މިއީ އެންމެ މޮޅު ކޮފީ ބީންސް ޚާއްޞަ ގޮތަކަށް ރޯސްޓްކޮށްގެން އަސްލު ކޮފީގެ ރަހަ ނުގެއްލޭ ގޮތަށް އުފައްދާފައިވާ މޮޅު ކޮފީއެކެވެ.

ލެވިސްޓާ ކޮފީ ބައްލަވައިފި ނަމަ އެހެން ކޮފީއެއް ދެން ނުބައްލަވާނެހާ ވެސް މި ކޮފީގެ ރަހަ މީރުވާނެ ކަމުގެ ޔަގީންކަން މި ކޮފީގެ ރަހަ ބައްލަވާފައިވާ ކޮފީއަށް ލޯބިކުރަށްވާ އެތައް ބޭފުޅުންނެއް ވަނީ ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން