އައިޖީީީއެމްޗްގައި މަސައްކަތް ކުރާ ބައެއް ޞިއްޙީ އެހީތެރިން
އައިޖީީީއެމްޗްގައި މަސައްކަތް ކުރާ ބައެއް ޞިއްޙީ އެހީތެރިން
މިހާރަކަށް އައިސް ސިއްހީ ޚިދުމަތްތެރިންނަށް ފުރައްސާރަ ކުރަމުން އަންނަ ކަމަށް ސިއްޙީ ހިދުމަތްތެރިން ތަމްސީލް ކުރާ މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ބުނެފި އެވެ.

އެ ޔޫނިއަނުން ކުރި ޓުވީޓެއްގައި ބުނީ، ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުން ދިރިއުޅެމުންދާ ގެއިން ނުކުންނަން ޢިމާރާތްތަކުގެ ވެރިން އަންގަމުންދާ ކަމަށާއި، އަދި އެންމެ ރަނގަޅީ ވަޒީފާ އަށް ނުދިއުން ކަމަށްބުނެ، ވަޒީފާ އަށް ނުދާން ވެސް ބައެއް މީހުން އަންގަމުންދާ ކަމަށެވެ.

އެމްއެޗްޕީޔޫ އިން ބުނީ، މިފަދަ އަމަލުތަކުގެ ސަބަބުން ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ނަފްސާނީ ދުޅަހެޔޮކަމަށްވެސް އަސަރު ކުރާނެ ކަމަށެވެ. ރާއްޖޭގެ ސިއްހީ ދާއިރާގެ ބޮޑު ޕަސެންޓެއް މިހާރު އިސްކަންދެނީ މިހާރު ފެތުރެމުން މިދާ ރޯގާ ބަލިމަޑުކަމުން ދިވެހިން ސަލާމަތްކޮށް، އެ ވައިރަސް ފެތުރުނަ ނުދިނުމަށް ކަމަމުގައިވެސް އެޔޫނިއަނުން ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން ސއްހީ ދާއިރާގައި މަސައްކަތް ކުރާ ޔޫނިއަނުން ވަނީ ސިއްހީ ޚިދުމަތްތެރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގޮވާލާފައެވެ. އަދި ސިއްޙީ ޚިދުމަތްތެރިން މުޖުތަމައުގެ ރައްކާތެރިކަމަށްޓަކައި، އެތަކެއް ޤުރުބާނީއެއް ވަމުންދާއިރު، މިފަދަ ކަންކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށްވެސް އެމްއެޗްޕީޔޫ އިން ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން