ރައީސް ޞާާާލިިިޙް
ރައީސް ޞާާާލިިިޙް
ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ ސިއްހީ ދާއިރާއަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މަޝްވަރާ ކުރައްވައިފި އެވެ.

ރައީސް އޮފީހުގެ ސްޕޯކްސްޕަރސަން އިބްރާހިމް ހޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19 ގެ ބަލިމަޑުކަމާ ގުޅޭގޮތުން ރައީސް ޞާލިޙާއި، ބޮޑުވަޒީރު މޯދީ ފޯނު މެދުވެރިކޮށް މަޝްވަރާކުރަށްވާފައިވާ ކަމަށެވެ.

މިފޯނުކޯލްގައި ދެޤައުމުގެ މިހާރުގެ ޙާލަތާ ގުޅޭގޮތުން ދެލީޑަރުން މަޝްވަރާ ކުރަށްވާފައިވާ ކަމަށާއި، އަދި އިންޑިއާއިން މި ދަނޑިވަޅުގައި ރާއްޖެއަށް ފޯރުކޮށްދެވޭނެ އެހީތެރިކަމާމެދު މަޝްވަރާ ކުރެއްވި ކަމަށް ހޫދު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު މޯދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮރޯނާވައިރަސްގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ ސިއްހީ ދާއިރާ އާއި އިގްތިސާދަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ރައީސް ޞާލިޙާއެކު ފޯނުން މަޝްވަރާ ކުރައްވާފައިވާކަމަށެވެ.

ކޯވިޑް-19 އާ ގުޅިގެން އިންޑިއާއިން ވަނީ ތަފާތު ގިނަ އެހީތަކެއް ރާއްޖެއަށް ފޯރުކޮށްދީފައެވެ. އެގޮތުން ރާއްޖެއަށް ބޭނުންވާ ބޭސްތަކުގެ ތެރެއިން ތިން މަހަށް ބޭނުންވާ ޒަރޫރީ ބައެއް ބޭސް އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކޮށްފައިވާއިރު، އެގައުމުން އެކްސްޕޯޓު ކުރުން ހުއްޓާލާފައިވާ ބޭހާއި ބައެއް ކާބޯތަކެތި ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ވެސް ވަނީ ދީފައެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް-19 އަށް 52 މީހަކު ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭގައި އިންޑިއާގެ ދެ މީހަކުވެސް ހިމެނެ އެވެ. އިންޑިއާ އިން މިހާތަނަށް ވަނީ 17,615 މީހަކަށް މިބަލި ޖެހި 559 މީހަކު ބަލީގައި މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން